ފުވައްމުލަކުގެ ސްކޫލް ކުދިންގެ މެދުގައި ބޭއްވި ދީނީ ކުއިޒް މުބާރާތް 1444، ރޭ ނިންމާލައިފިވެ. ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށްގެން ދިޔަ މި މުބާރާތުގައި 6 ސްކޫލަކުން ވާދަކުރިއެވެ.

ޏ.އޭއީސީގެ ދަރިވަރު – ދީނީ ސުވާލު މުބާރާތް
މިއީ ފުވައްމުލައް ސިޓީ ޑިވެލޮޕްމެންޓް ޕްލޭންގެ “ދީނީ އަގީދާ” ބައިގައި ހިމަނައިގެން، ފުވައްމުލަކު ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިޔަށް ގެންދިޔަ ދެ ދުވަހުގެ ޕްރޮގްރާމެކެވެ.

ދީނީ ސުވާލު މުބާރާތް 1444ހ. ސްކުލްތަކުގެ ޕްރިްނސިޕަލް.
މި މުބާރާތް ބާއްވާފައި ވަނީ ދެ ރެއަކަށް ބަހާލައިގެން، މި އޭޕްރީލް މަހު 9 އަދި 11 ވަނަ ދުވަހު، ކޮންމެ ރެއަކު ވެސް 9:30 ގައިއެވެ. މުބާރާތް ކުރިޔަށްް ގެންގޮސްފައި ވަނީ 4 ބުރަކަށެވެ. އެއީ ވަކިވަކި ދަރިވަރުންގެ ސުވާލު ބުރާއި ގްރޫޕް ސުވާލު ބުރާއި ބަޒް ރައުންޑް އަދި ސްޕީޑް ރައުންޑު ސުވާލުގެ ބުރުތަކެވެ.

އެމްޖޭއެސް ގެ ދަރިވަރުން 1444ހ
ދެ ބައަކަށް ބަހާލާފައި ވާ މި މުބާރާތުގައި ހިމެނެނީ ސީނިއާ ބަޔާއި ޖޫނިއާ ބައެވެ. ސީނިއާ ބައިގައި 4 ސްކޫލަކުން 28 ދަރިވަރުންގެ ބައިވެރިވެފައި ވެއެވެ.

ޒިކުރާ ސްކޫލްގެ ދަރިވަރުން 1444ހ
ސީނިއާ ބައިގައި ބައިވެރިވެފައިވާ ސްކޫލްތައް:
ޏ.އަތޮޅު ތައުލީމީ މަރުކަޒު،
ހާފިޒު އަހުމަދު ސްކޫލް،
މުހައްމަދު ޖަމާލުއްދީން ސްކޫލް އަދި
ފުވައްމުލަކު ސްކޫލެވެ.
އަދި ޖޫނިއާ ބައިގައި 5 ސްކޫލަކުން 35 ދަރިވަރުން ބައިވެރިވެފައި ވެއެވެ.

ހޭޒްގެ ދަރިވަރުން 1444ހ
ޖޫނިއާ ބައިގައި ބައިވެރިވި ސްކޫލްތައް
ޒިކުރާ ސްކޫލް،
ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލް،
ހާފިޒު އަހުމަދު ސްކޫލް،
މުހައްމަދު ޖަމާލުއްދީން ސްކޫލް އަދި
ފުވައްމުލަކު ސްކޫލެވެ.

އެފްއެސް ގެ ދަރިވަރުން 1444ހ
ސުވާލު މުބާރާތް ނިންމައި ބައިވެރިންނާއި، ބައިވެރިވި ސްކޫލްތަކަށް ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ވަނީ ދީފައެވެ. ނަމަވެސް މުބާރާތުގެ ނަތީޖާ އަދި ފާޅުކޮށްފައެއް ނުވެއެވެ.

ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް، ފުވައްމުލައް ގެ ދަރިވަރުން 1444ހ
ޚިޔާލުތައް