A wide advertisement which will be shown on all devices. (700 x 100)

އީދު ފާހަގަކުރުމުގައި އިޖުތިމާއީ މިންގަޑުތަކާއި އެއްގޮތަށް އަމަލުކުރުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި

ދަޑިމަގު އީދު ކުޅިވަރު 1443

ފުވައްމުލައް ސިޓީގައި އީދު ފާހަގަކުރުމުގައި ދީނީ އަދި އިޖުތިމާއީ މިންގަޑުތަކާއި އެއްގޮތަށް އަމަލުކުރުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގެ މި އިލްތިމާސަކީ ކުރިޔަށް އޮތް ފިތުރު އީދުގައި އުފަލާއި މަޖާކުރުމުގައި އަމަލުތައް ބަހައްޓާންވީ ގޮތުގެ މައްޗަށް ދީފައިވާ އިރުޝާދެކެވެ. އެ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި އީދާއި ގުޅިގެން ފުވައްމުލަކު މީހުންގެ ތެރޭގައި އޮންނަ “ފެންކުޅި” އަދި ކުލަޖެހުން ފަދަ ކަންކަމަކީ މިފަހަކަށް އައިސް ވަރަށް ފޯރިއާ ޖޯޝާއެކު ރައްޔިތުން، ޚާއްސަކޮށް ޒުވާނުން ކުރަމުން އަންނަ ކަމަކަށް ވާތީ އެކަމުގައި އާއްމު މިންގަނޑުން ކަންތައްތައް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނެރެފައިވާ ބަޔަނެއް ކަމަށް ދޭހަވެއެވެ.

އީދު ކުޅިވަރުގެ ތެރެއިން އީދުގެ 3 ވަނަ ދުވަހަކީ ފެންކުޅި ކުޅުމަށް ޚާއްސަ ދުވަހެއްގެ ގޮތުގައި ބެލެވެމުން އައިސްފައި ވެއެވެ.

ސިޓީ ކައުންސިލްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އީދާއި ގުޅިގެން “ފެންކުޅި” ކުޅިކުޅުމުގައި އެކަކު އަނެކަކު ގަޔަށް ފެން އަދި ކުލަ ފަދަ ތަކެތި ޖަހާއިރު މީހުންގެ ކަރާމާތާއި، އިއްޒަތާއި އަބުރަށް އުނިކަން ނާއަންނަ ގޮތަށް އެކަން ކުރުމަށެވެ. މަގުން ހިނގާ ބިގާވެ އުޅޭ މީހުންނާއި މަގުން ދުއްވާ އުޅަނދުތަކަށް އަދި ޖުމްލަކޮށް މުޖުތަމައުގައި ދިރިއުޅޭ ކުދި ބޮޑު އެންމެންގެ ސިއްހަތަށް، ނުވަތަ މުދަލަކަށް ގެއްލުމެއް، ނުވަތަ އަނިޔާއެއް ކުރިމަތިވެދާނެ ފަދަ ގޮތަކަށް އެއްވެސް ރައްޔިތަކު އަމަލު ނުކުރުމަށާއި، ގެއްލުމެއް ލިބިދާނެފަދަ އެއްޗެއް ބޭނުން ނުކުރުމަށް ވެސް އިލްތިމާސް ކޮށްފައި ވެއެވެ.

އީދު ކޫލިވަރު- ފެންޖެހުން – އަވަސް

އީދުގައި ތަފާތު ކުޅިވަރުތައް ކުޅުނު ކަމުގައި ވިޔަސް ފެންކުޅިއަކީ މާބޮޑަށް ހުޅުވާލެވިގެން ކުރިޔަށްދާ ކުޅިވަރެކެވެ. އެކުޅިވަރުގައި ވަކިމީހަކު ބައިވެރިވޭތޯ ނުވަތަ ނުވޭތޯ ބެލުމެއް ނޯވެއެވެ. ފެން ޖަހާ މަގަކުން އެދުވަހު ދާ ކޮންމެ މިހަކީވެސް ފެން ޖަހައިފާނެ ކަމަށް ތައްޔާރުވެގެން ދާން ޖެހޭ މީހެކެވެ. ފެން ޖާހާ މީހާ ގިނަ ފަހަރަށް ފެންނާނީ ފެންޖާހާ ނިމޭ ފަހުންނެވެ. އެއީ ތިމާގެ ފަހަތުން ނުވަތަ އަރިމައްޗަކުން ނުވަތަ މާދުރުގައި ހުރެފައި ވެސް އެއްލާލާ ފެންކޮތަލަކުން ނުވަތަ ފެންބަޑިއެއް ތިމާއަށް އަމާޒުވުމަކީ ދަދި ގާތްކަމެކެވެ.

އީދު ފެން ޖެހުން މިހާރު މިވަނީ މާބޮޑަށް ވެސް ކުރި އަރާފައެވެ. އެގޮތުން ފެނާއި ކުލަ އެއްކޮށްގެން، ފެންބަޑިން ދުރުގައި ތިބެގެން ވެސް ގަޔަށް އަމާޒުކޮށް ފޮނުވާލުމަކީ މިހާރުގެ ޒުވާން ކުދިންގެ ހިތްހަމަޖެހުމެކެވެ.

އީދުގައި ފެންޖެހުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭކަމަށް ފުވައްމުލަކުގެ ޒުވާނުން ގަބޫލެއް ނުކުރެއެވެ. އީދު ދުވަހު ފެންކުޅި ކުޅޭ ހިސާބަކުން ދިމާވާ ކޮންމެ އުމުރެއްގެ ކޮންމެ މީހަކީ ވެސް ފެނުން ނުވަތަ ކުލަފެނުން ތެމިދާނެ މީހެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !