A wide advertisement which will be shown on all devices. (700 x 100)

ފިތުރު އީދާއި ދިމާކޮށް ދިރާދުގެ ގުޑި ފެސްޓިވަލެއް

ދިރާގު ގުޑިއެރުވުމުގެ ފެސްޓިވަލް 2023 - ފުވައްމުލައް ސިޓީ، ތޫޑު

މި އަހަރު ފިތުރު އީދާއި ދިމާކޮށް ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން ދިރާދުއިން ފުވައްމުލައް ސިޓިގައި ގުޑި ފެސްޓިވަލެއް ބައްވަން ތައްޔާރުވެއްޖެއެވެ.

މި ގުޑި ފެސްޓިވަލް އޮންނާނީ މި އޭޕްރީލް 22 ވާ ހޮނިހިރު ދުވަހުގެ ހަވީރު 5-6 އަށްފުވައްމުލަކު ތުނޑީގައެވެ. މި ފެސްޓިވަލް ބައްވަނީ ފުވައްމުލަކު ތުނޑިން ޕެބްލްސް ރެސްޓޯރެންޓާއި ދިމާލުގައެވެ.

މިފަހަރުގެ ފިތުރު އީދު ދިމާވާނީ މި އޭޕްރީލް މަހުގެ 21 ނުވަތަ 22 ވަނަ ދުވަހާއެވެ.

މިއީ އާއްމުކޮށް ހުޅުވާލައިގެން ކޮންމެ މީހަކަށްވެސް ބައިވެރިވެ ގޮތަށް އީދު ފާހަގަކުރުމުގެ ތެރެއިން ކުރިޔަށްގެންދާ ގުޑިއެރުވުމުގެ ހަރަކާތެއްކަމަށް މައުލޫމާތު ލިބެއެވެ. ބައިވެރިވާން ބޭނުންވާ އެންމެން ވެސް އެދުވަހު ގުދިހިފައިގެން އެތަނަށް ގޮސް އަރުވައި މި ހަރަކާތުގައި ބައިވެރިވުމަށް ވަނީ ހުޅުވާލާފައެވެ.

ގުޑި އެރުވުމުަކީ ކުރިން ފުވައްމުލަކުގައި އިރުވައި މޫސުމުގައި ވަރަށް ގިނައިން ކޮށްއުޅުނު ކަމެކެވެ. ފުވައްމުލަކުގައި ކުރިން ގުޑި ހަދާ އުޅުނީ ހިމަ ކީރަތް ގަހުގެ ދަނޑިން ގިޑޫގެ އޮންގަނޑު ހަދައި އެގޮނގަނޑުގައި ނޫސް ކަރުދާސް، އަދި ފަހުން ‘ވައިކަރުދާސް’ ބޭނުންކޮށް ގެންނެވެ. ގުޑި އަރުވައި ކޮންޓްރޯލްކުރުމަށް ބައިނުގައި ޖަހަނީ ބަރަނި ނުވަތަ ހިމަ ކަންވާރެވެ. މިހާރު ގެންގުޅޭ ފަދަ ރެޑީ މޭޑް ގުޑި ތަކެއް އެރު ރައްޖޭގައި ވެސް ނުހުރެއެވެ. ކޮންމެ ބަޔަކު ވެސް ގުޑި ހަދައި އުޅުނީ އަމިއްލަ އަށެވެ.

ނަމަވެސް މިޙާރު އެކިސިަފަސިފާގައި ހުންނަ ގުޑި ރާއްޖެއިން ބޭރުން ގެނެސްގެން ފޫހިފިލުވުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް އަރުވާ އުޅެއެވެ. ފަހަކަށް އައިއިސް ފުވައްމުލަކާއި މުޅި ރާއްޖެއިން ވެސް މިއާދަ ވަނީ ވަރަށް ބޮޑަށް ނެތިގެން ގޮސްފައެވެ.

މާލެއާއި ތަފާތުކޮށް ފުވައްމުލަކު މީހުން ގޫޑި އަރުވާއިރު “ތޯޅުވުމެއް” ނޯވެއެވެ. އަދި ބަރަނީގައި ފުޅިތޮށި ޖެހުމެއް ވެސް ނޯވެއެވެ. ބަލަނީ އެނެމް މައްޗަށް ގުޑިއެރުވުމާއި އެންމެ ގިނައިރު ގުޑިއަރުވައި ކޮންޓްރޯލްކޮށްގެން ގުޅުމަކީ ގުޑިއެރުވުމުގެ އެނެމް މޮލު ހުނަރުގެ ގޮތުގައެވެ.

ނަމަވެސް މާލޭގައި ކުރިން ގުޑި އެރުވި އިރު ތޯޅުވައެވެ. ތޯޅުވުމަކީ ވައިގެ ތެރޭގައި އެއް ގުޑިން (މަޑި) އަނެއް ގުޑިއަށް ހަމަލާދީ އަނެއް މީހާގެ ގުޑި ވައިގެ ތެރޭގައި ކަނޑާލުމަށް މަސައްކަތް ކުރުމެވެ. އެގޮތުން އަނެއް މީޙާގެ ގުޑި ފަސޭހައިން ކަނޑަލުމަށް ގުޑިއަރުވާ ބަރަނީގައި ހިމުންކޮށ ްފުޅިތޮށި ފުނޑާފައި ފުށާއި އެއްކޯށް ކައްކައިގެން ބަރަނީގައި ލައި ބަރަނި ހިއްކައެވެ. އެގޮތުން އެހެންމީހުންގެ ގުޑު ކަނޑާލަން ފަސޭހަވެއެވެ.

މާލޭ މީހުން ގުޑިއަށް ކިޔައި އުޅެނީ މަޑި އެވެ. މަޑި އެރުވުމުވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !