A wide advertisement which will be shown on all devices. (700 x 100)

އަދާލަތު މެންބަރުން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު މުއިއްޒަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް

އެމްޑީޕީއާއިއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ މެންބަރުން  ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު ފުވައްމުލަކު އެއާޕޯޓު ސަރަހައްދުން ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެވެ. ޕީޕީއެމް  އާއި ޕީއެންސީއަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކާއި  ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންގެ ގޮތުގައި މަޝްހޫރުވެފައިވާ ބައެއް ފަރާތްތަކުގެ އިތުރުން ފުވައްމުލަކު އަދާލަތު ޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނޭ ބަޔަކުވެސް މުއިއްޒަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓު ސަރަހައްދަށް ޖަމާވިއެވެ. އަދާލަތު ޕާޓީ   ރަމްޒުކުރުމުގެ ގޮތުން ފެހި ކުލައިގެ ޓީޝާޓު ގައި ތިބި އެފަރާތްތަކުން މުއިއްޒަށް ސަޕޯޓުއޮތްކަން ރަމްޒު ކުރުމަށް މުއިއްޒުގެ ނަން ޓީޝާޓު ފުރަގަހުގައި ޖަހައިފައިވެއެވެ.  ނަމަވެސް މިކަމާއި ގުޅިގެން އަދާލަތު ޕާޓީން ބުނެފައިވަނީ އަދާލަތު ޕާޓީގެ ފެހިކުލަ ބޭނުންކޮށްގެން ހިންގަނީ ސްކޭމެއްކަމަށެވެ. އަދާލަތު ޕާޓީގެ ކުލަ ރަމްޒުކުރުމަށް ފެހިކުލައިގެ ޓީޝާޓުލައިގެން ތިބި މީހުންގެ ތެރެއިން 9 މީހުންނަކީ އެޕާޓީގެ މެންބަރުން ނޫންކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ. ނަމަވެސް، ބާކީ ތިބި މެންބަރުންނާއި މެދު ވަކިއެއްޗެއް ބުނެފައިނުވާއިރު އެފަރާތްތަކަށް އަޅާނެ ފިޔަވަޅެއްވެސް ބުނެފައެއްނުވެއެވެ.

މުއިއްޒު ވަނީ އެއާޕޯޓުން ފެށިގެން ގޮސް، ދޫޑިގަމު ފުޓުބޯޅަ ދަނޑާއި ހަމައަށް ސަފު ހަދާލި މީހުންނާ ސަލާމް ކުރައްވައި ބައެއް މީހުންނާ އެކީގައި ފޮޓޯ ވެސް ނަންގަވައިފައެވެ. އެ ހުރިހާ އެންމެންނާ ސަލާމްކޮށް ފޮޓޯ ނެންގެވުމަށް މުއިއްޒު  30 މިނިޓަށްވުރެ ގިނައިރު ހޭދަކުރެއްވިކަމަށް ޕީޕީއެމްގެ ސަޕޯޓަރުން ހާމަކުރެއެވެ.

އިއްޔެ ފުވައްމުލަކު ވަޑައިގެން ރޭވަނީ މުއިއްޒުގެ ކެންޕޭނެ ޖަލްސާއެއްވެސް ފުވައްމުލަކުގައި ބާއްވާފައިއެވެ. އެޖަލްސާގައި ފުވައްމުލަކަށް ނިސްބަތްވާ ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުވެސް ވާހަކަފުޅު ދެއްކެވިއެވެ. ރޭގެ ޖަލްސާގައި މުއިއްޒުވަނީ ފުވައްމުލަކަށްވެސް ގިނަ ވައުދުތަކެއްވެފައެވެ.

މުއިއްޒު ފުވައްމުލަކަށް ވެވަޑައިގެންނެވި ބައެއް ވައުދުތައް

 ބަނދަރު ބޮޑު ކުރުން
ސިޓީ ހޮޓަލެއް ގާއިމު ކުރުން
ހޮސްޕިޓަލް ޒަމާނީ ހޮސްޕިޓަލަކަށް ހެދުން
ކުޑަކުދިންނާއި މާބަނޑު މީހުންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުން
ވަގްފު އިމާރާތެއް އެޅުން
މާލޭގެ ރަސްފަންނު ގޮތަށް ރީތި ބީޗެއް ހެދުން
އެކޮމޮޑޭޝަން ފެސިލިޓީއެއް ތަރައްގީ ކުރުން
ޒަމާނީ ލައިބްރަރީއެއް ގާއިމު ކުރުން
ގެދޮރުވެރިކަން ޔަގީން ކުރުން

+1
1
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !