A wide advertisement which will be shown on all devices. (700 x 100)

ރިއާސީ އިންތިޚާބު 2023: ދެވަނަ ބުރުގައި އަލަށް ވޯޓުލުމުގެ ހައްގު 13 މީހަކަށް

މިމަހު 30 ވަނަ ދުވަހު ބޭއްވުމަށް ރޭވިފައިވާ ރިއާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަލަށް ވޯޓުލުމުގެ ޝަރުތު ފުރިހަމަވި 408 މީހުންގެ ތެރޭގައި ފުވައްމުލަކު 13 ފަރާތެއް ހިމެނެއެވެ. އިލެކްޝަންސްއިން މިއަދު އާންމުކުރި އެލިސްޓަށް  ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވަނީ  2023 ސެޕްޓެންބަރު 15 އިން 2023 ސެޕްޓެންބަރު 17 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

 މިމަހު 30 ވަނަ ދުވަހު ބާއްވާ ރިއާސީ އިންތިޚާބުގެ ދެވަނަބުރަށް އަލަށް އިތުރުވި 13 ފަރާތާއިއެކު ވޯޓުލުމުގެ ހައްގުލިބިފަިއވާ 9518 ފަރާތެއް ފުވައްމުލަކުގެ ވޯޓުލާމީހުންގެ އާބާދީގައި ވެއެވެ. މުޅި ރާއްޖެއަށް ބަލާއިރު، ދެވަނަ ބުރުގައި އަލަށް ވޯޓުލާ 408 މީހުންނާއެކު ޖުމްލަ 282،807 ފަރާތެއް ވޯޓުލާމީހުންގެ އާބާދީގައި ހިމެނެއެވެ.

+1
2
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !