A wide advertisement which will be shown on all devices. (700 x 100)

ރިއާސީ އިންތިޚާބް 2023: ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް

ގަޑި 16:30 މާދަޑު އަދި ފުނާޑު ފޮށްޓަށް 85 އިންސައްތަ މީހުން ވޯޓުލައިފި . އިލެކްޝަންސް ކޮމިޝަނުން ހާމަކުރި މައުލޫމާތަށް ބަލާއިރު މިއަދު ހަވީރު 4 ޖެހިއިރަށް ރާއްޖޭގެ އާބާދީގެ 78 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ.

ގަޑި 16:00 ވޯޓުލުން ނިމެން ގަޑިއެއްހާ އިރަށްވީ އިރު ގިނަބަޔަކު ވޯޓުލައި ނިންމައިފިއެވެ. މާލޭގައި ބެހެއްޓިފައިވާ ފުވައްމުލަކު އުތުރު ދާއިރާގެ ފޮށްޓަށް 81 އިންސައްތަ  މީހުން ވޯޓުލާފައިވާއިރު ދެކުނު ފޮށްޓަށް 79 އިންސައްތަ މީހުން ވޯޓުލައިފިއެވެ. އަދި މާލެގަމު ވޯޓުފޮށްޓަށް 89 އިންސައްތަ މީހުން ވޯޓުލައިފިއެވެ.

ގަޑި 15:00 މުޅިރާއްޖޭގެ އާބާދީގެ 70 އިންސައްތަ މީހުން ވޯޓުލައިފި. މާލޭގައި ބެހެއްޓިފައިވާ ފުވައްމުލަކު މެދު ދާއިރާގެ ވޯޓު ފޮށްޓަށް 75 އިންސައްތަ މީހުން ވޯޓުލައިފި

ގަޑި 14:00 ފުނާޑް ފޮށްޓަށް 60 އިންސައްތަ މީހުން ވޯޓުލައިފި އަދި މާލޭގައި ބެހެއްޓުނު ފުވައްމުލަކު އުތުރު ދާއިރާގެ ފޮށްޓަށާއި ދެކުނު ދާއިރާގެ ފޮށްޓަށް 58 އިންސައްތަ މީހުން ވޯޓުލައިފި

ގަޑި:13:30 ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވޯޓުލައިފި، ކުރީ ބުރާ ޚިލާފަށް މިބުރުގައި ވޯޓުލުމަށް މިހާތަނަށް ނިކުތް މީހުން ބޮޑުތަނުން ކުރިއަށް ޖެހިލައިފިއެވެ. ފުނާޑު ފޮށްޓަށް މިހާތަނަށް 395 މީހުން ވޯޓުލާފައިވާ އިރު އެއީ ވޯޓުލާމީހުންގެ 50 އިންސައްތައެވެ.  އަދި ދޫޑިގަން 1 ނަމްބަރު ވޯޓުފޮށްޓަށް 252 މީހުން ވޯޓުލާފައިވާއިއރު އެއީ ވޯޓުލާ އާބާދީގެ 50 އިންސައްތައެވެ. އަދި ދޫޑީގަން 2 ނަމްބަރު ވޯޓު ފޮށްޓަށް 228 މީހުން ވޯޓުލާފައިވާއިރު އެއީ ވޯޓުލާމީހުންގެ 46 އިންސައްތައެވެ. މާލޭގައި ބެހެއްޓުނު ފުވައްމުލަކު ދެކުނު ދާއިރާގެ ފޮށްޓަށް 314 މީހުން ވޯޓުލާފައިވާ އިރު އެއީ ވޯޓުލާމީހުންގެ 56 އިންސައްތައެވެ.

ގަޑި 12:00 މާލެގަން އަދި މާދަޑު ފޮށީގެ 53އިންސައްތަ މީހުން ވޯޓުލައިފި. މާދަޑު ފޮށްޓަށް މިހާތަނަށް 258 މީހުން ވޯޓުލާފައިވާއިރު އެއީ އެފޮށްޓަށް ރަޖިސްޓްރީވެފައިވާ އާބާދީގެ 53 އިންސައްތައެވެ. އަދި މާލެގަން ވޯޓުފޮށްޓަށްވެސް 279 މީހުން މިހާތަނަށް ވޯޓުލާފައިވެއެވެ. ރިއާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ޚިލާފަށް މިބުރުގައި ވޯޓުލާން ނިކުންނަ މީހުންގެ ނިސްބަތް އަދި އުޅެނީ ކުރީގައެވެ.

ގަޑި: 11:00 ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުކަމަށާއި އެފަރާތުގެ މައުލޫމާތު ސާފުކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި

މާލެގަން ފޮއްޓަށާއި ފުނާޑު ފޮށްޓަށް 30 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލައިފި، މާލެގަމު ފޮށްޓަށް މިހާތަނަށް 196 މީހަކު ވޯޓުލާފައިވެއެވެ. އެއީ އެފޮށްޓަށް ރަޖިސްޓްރީވެފައިވާ އާބާދީގެ 37 އިންސައްތައެވެ. އަދި ފުނާޑު ވޯޓު ފޮށްޓަށް 236 މީހަކު ވޯޓުލާފައިވާއިރު އެއީ އެފޮށީގެ އާބާދީގެ 30 އިންސައްތައެވެ.

ގަޑި 10:00 ވޯޓުލުން ފޯރިއާއިއެކު ކުރިއަށް،  މާލެގަމު ވޯޓު ފޮށްޓަށް 120 މީހުން ވޯޓުލާފައިވާ އިރު އެއީ އެފޮށްޓަށް ރަޖިސްޓްރީވެފައިވާ މީހުންގެ 23 އިންސައްތަ އަދި ފުނާޑު ވޯޓު ފޮށްޓަށް 146 މީހުން ފުވައްމުލަކު ދެކުނު ދާއިރާގެ 2 ނަމްބަރު ވޯޓު ފޮށި (ދޫޑިގަމް 1) އަށް 93 މީހުން އަދި މާލޭގައި ބެހެއްޓިފައިވާ ފުވައްމުލަކު ދެކުނު ދާއިރާގެ ވޯޓު ފޮށްޓަށް 107 މީހަކު ވޯޓުލާފައިވޭ، މާދަޑު ވޯޓު ފޮށްޓަށް 135 މީހަކު ވޯޓުލާފައިވޭ އެއީ އެފޮށްޓަށް ރަޖިސްޓްރީވެފައިވާ އާބާދީގެ 28 އިންސައްތަ.

ހާފިޒު އަހުމަދުގައި ބެހެއްޓިފައިވާ ވޯޓުފޮށްޓުލުމަށް ކިއޫ ހަދައިފައި،

ރިއާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު 8 އަށެއްޖެހިއިރު ފެށިއްޖެއެވެ. ދެވަނަ ބުރަށް ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ  ފޮށިބަދަލުވުމަށް ހުށަހެޅުނު ފުރުސަތުގައި ފުވައްމުލަކު ރައްޔިތުން ވޯޓުލުމަށް ޚާއްސަކުރެވުނު 13 ފޮށްޓަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދަށްވެސް ބަދަލުތަކެއްވަނީ އައިސްފައެވެ. އެގޮތުން، މި 13  ފޮށިން ޖުމްލަ 329 މީހެއްވަނީ މަދުވެފައެވެ. ފުވައްމުލަކު ބެހެއްޓުނު 10 ފޮށިން 360 މީހަކު މަދުވިއިރު މާލޭގައި ބެހެއްޓުނު 3 ފޮށްޓަށް އިތުރުވެފައިވަނީ 31 މީހެކެވެ. ފުވައްމުލަކު އާބާދީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 9518 މީހަކަށެވެ. އެހެންކަމުން ބާކީ ތިބި 1565 މީހަކުވަނީ އެހެނިހެން ފޮށިތަކަށް ރަޖިސްޓްރީވެފައެވެ.

+1
1
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !