A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީއިން ފުރަތަމަ ބުރުން ބަލިވެއްޖެކަމަށް ގަބޫލުކޮށްފި، ނަމަވެސް ޒިންމާނަގާނެ މީހަކުނެތް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިއާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނިކުތީ ގިނަ ބަޔަކަށް ސިހުން ލިބުނު ނަތީޖާއަކަށެވެ. ޚާއްސަކޮށް އެމްޑީޕީގެ ލީޑާޝިޕަށެވެ. އެއްބުރުން ހޮވޭނެކަމަށް ގިނަ ޕޯޑިއަމްތަކެއްގައި އިތުބާރާއިއެކު ބުނަމުންދިޔަ އެމްޑީޕީގެ ލީޑާޝިޕަށް އެނަތީޖާވެގެން ދިޔައީ ސިހުން ގެނުވި ނަތީޖާއަކަށެވެ. އެހެންނަމަވެސް، މާގިނަ ވަގުތެއް ނުނަގާ ބަލި ގަބޫލުކޮށްފިއެވެ. އެކަންތައްތައް ރަގަޅަށް ދިރާސާކޮށް ގޯސްކޮށް ގޮސްފައިހުރި ކަންތައްތައް ރަގަޅުކުރާނެ ކަމަށް އެމްޑީޕީގެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ. އެއަށްފަހު އިއްޔެރޭ އެމަނިކުފާނު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިވާން ކެމްޕޭންގައި ހެދުނު ގޯސްތައް ދެނެގަނެވިއްޖެ ކަމަށާއި ހިތްވަރާ އެކު އެންމެން އެކުގައި 17 ދުވަހުން ނަތީޖާ ބޮޑުތަނުން އަނބުރާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

އެހެންކަމުން، އެމްޑީޕީގެ ލީޑާޝިޕުން ގޮސްކޮށްކަންތައްތަކެއް ގޮސްފައިހުރިކަން ގަބޫލުކުރާކަން ސާފުވެއްޖެއެވެ. ނަމަވެސް އެކަންކައްތަކަށް ޒިންމާވާ ފަރާތެއްނެތެވެ. ޒިންމާވުމަކީ ގޯސްކޮށް ކަމެއްގޮސްފައިވާނަމަ އެކަމެއް ރަގަޅުކުރުމާއިއެކު އެކަމަށް ޒިންމާވާފަރާތުން އެހެންފަރާތަކާއި އެޒިންމާ ހަވާލުކުރުމެވެ. އެކަމާއި ދުރަށް ޖެހިލުމެވެ. މިއީ ކޮންމެހެންވެސް ކުރަންޖެހޭކަމެކެވެ. ސަބަބެއް ނެތިއެއްނޫނެވެ. އާންމުންގެ އިތުބާރު ހޯދުމަށެވެ. ގޯސްކޮށް ކަމެއް ގޮސްފައިހުރި ކަމަށް އެއްބަސްވުމަކުން ނިމުނީކީނޫނެވެ. އެކަމެއް އިސްލާހުކުރުން މުހިންމެވެ. އަދި ހަމައެއާއިއެކު އެޒިންމާ އިތުބާރުހުރި ފަރާތަކާއި ހަވާލުކުރަންޖެހެއެވެ. އެހެންނޫނީ އިތުބާރު ހޯދަން ފަސޭހައެއްނުވާނެއެވެ. އޮތީ އެންމެ 16 ވަރަކަށް ދުވަހެެވެ.

ފާއިތުވީ 15 ވަރަކަށް އަހަރަށް ބަލާލާއިރުވެސް ސިޔާސީ ވަރުގަދަ ކެންޕޭނުތަކުގައި ބަލިވި އެއްވެސް ފަރާތެއް އެކަމަށް ޒިންމާ ނަގާފައެނެތެވެ. ފަހަތަށްޖެހި އާފަރާތަކަަކަށް ފުރުސަތު ދިނުމެއްނޯވެއެވެ. މިއަހަރުގެ ފުރަތަމަ ބުރަކީ ރާއްޖޭގެ ފަހުގެ ތާރީޚުތަކުގައި ރިއާސީ އިންތިާޚާބެއްގައި އެންމެ މަދުން ވޯޓުލާން މީހުން ނިކުތް ފަހަރަށްވުމަކީ ދުރުކަމެއްނޫނެވެ. ސަބަބެއް ނެތިގެނެއްނޫނެވެ. އެސަބަބުތައް ހޯދަން އެބަޖެހެއެވެ. ސިޔާސީ އާމޫނުތައް ފެންނާން އެބަޖެހެއެވެ. އާފަރާތްތަކަށް ފުރުސަތު ލިބެން ޖެހެއެވެ. ބަލިވުމުން ލީޑާޝިޕުން އާ ލީޑާޝިޕެއް ހޮވަން ޖެހެއެވެ. ބައްޔާއިއެކު ފަހަތަށް ޖެހެން އެބަޖެހެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !