A wide advertisement which will be shown on all devices. (700 x 100)

ރިއާސީ އިންތިޚާބު 2023: ފުވައްމުލަކުގައި ބަހައްޓާ ފޮށިތަކަށް 6379 މީހުން، މާލޭގައި ބަހައްޓާ ފޮށިތަކަށް 1903 މީހުން

ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ލުން 2021، ފޮޓޯ: ކެޑޭޓް

އަންނަމަހު 9 ވަނަ ދުވަހު ބާއްވާ ރިއާސީ އިންތިޚާބަށް ވޯޓުލުމަށް ފުވައްމުލަކުގައި ބަހައްޓާ 10 ވޯޓު ފޮށްޓާއި މާލޭގައި ބަހައްޓާ 3 ވޯޓުފޮށްޓަށް ވޯޓުލުމަށް 8282 މީހުން ރަޖިސްޓްރީވެއްޖެއެވެ. އެއީ ފާއިތުވީ 2018 ވަނަ އަހަރު އެފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓްރީވި 7426 މީހުންނަށްވުރެ 12 އިންސައްތަ އިތުރު އަދަދެކެވެ. މިއަދަދުތަކަށް ބަލާއިރު މިފޮށިތަކަށް ވޯޓުލުމަށް އިތުރި ނިސްބަތް އުޅެނީ އަހަރަކު 2.4 އިންސައްތާގައެވެ. މިފޮށިތަކުގެ ތެރެއިން އެންމެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ ދަޑިމަގު ވޯޓުފޮށްޓަށެވެ. އެފޮށްޓަށް ރަޖިސްޓްރީވެފައިވަނީ 881 މީހުންނެވެ. މި 13 ފޮށްޓަށް 8282 މީހުން ވޯޓުލުމަށް ރަޖިސްޓްރީވެފައިވީ ނަމަވެސް ފުވައްމުލަކުގެ ވޯޓުލެވޭ މީހުންގެ އާބާދީއަކީ 9505 ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން އާންމުކުރި މައުލޫމާތުގައިވެއެވެ.

ކުރީ އަހަރާއި ޚިލާފަށް މިފަހަރު މާލޭގައި 3 ވޯޓު ފޮށި ބަހައްޓައެވެ. އެއީ ފުވައްމުލަކުގެ ކޮންމެ ދާއިރާއަކަށް ވޯޓުފޮށްޓެކެވެ.

ފާއިތުވީ  2018 ވަނަ އަހަރު ރިއާސީ އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު ފުވައްމުލަކުން ތަފާތުކުޑަ ނަތީޖާއަކުން ކުރި ހޯދީ އޭރުގެ އިދިކޮޅު ކެންޑިޑޭޓް މިހާރުގެ ރައީސް  އިބްރާހިމް މުހައްމަދު ސާލިހުއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް 56 އިން ސައްތަ ލިބުނު އިރު ރައީސް ޔާމީނަށް ލިބިވަޑައިގަތީ 44 އިންސައްތައެވެ

 

ރިއާސީ އިންތިޚާބު 2018 ގެ ނަތީޖާ

ޛ

+1
2
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !