ފުވައްމުލަކު ސިޓީގައި ގާއިމުކުރުމަށް މިސަރުކާރުން ވައުދުވެފައިވާ އެމްއެންޔޫ އައިސީޓީ ކެންޕަސް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ. މިއީ މިއިމާރާތްކުރުމަށް ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ އިއުލާންކަމަށްވެސް އެއިއުލާން ކޮށްފައިވާ މިނިސްޓްރީ އޮފް ފިނޭންސް އިން ހާމަކޮށްފައިވެއެވެ.
މި މަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިން 21 އޮގަސްޓު 2023ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި އަދި މިބިޑާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. ބިޑުތައް ހުޅުވުން އޮންނާނީ 4 ސެޕްޓެންބަރު 2023 ވާ ހޯމަ ދުވަހުގެ 11:00:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށްވެސް ފިނޭންސް މިނިސްޓްރީއިން ހާމަކުރެއެވެ
ފުވައްމުލަކު ސިޓީގައި ގައުމީ ޔުނިވާސިޓީގެ އައިސީޓީ ފެކަލްޓީއެއް ގާއިމުކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި މިކަމަށް ވާހަކަދެކެވެމުންދާ ގިނަ ދުވަސްތަކެއް ވުމަށްފަހު މީގެ ދެއަހަރު ކުރިން އެއިމާރާތް ފަރުމާ ކުރުމަށާއި ބީއޯކިއު ހެދުމަށް ރިއަން ކުންފުންޏާއި ހަވާލުކުރެވުނެވެ.
ޚިޔާލުތައް