A wide advertisement which will be shown on all devices. (700 x 100)

ކުރީގެ އަބޫބަކުރު ސްކޫލުއި ވޮކޭޝަނަލް ކޯސްތައް ހިންގަނީ

ކަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޗަބީ އާއި 3 އެމްޕީން އަދި ސިޓީ ކައުންސިލް މެމްބަރުން

ހޯދަޑު އަވަށުގައި ހުންނަ ކުރީގެ އަބޫބަކުރު ސްކޫލް ހިންގި އިމާރާތުގައި ވޮކޭޝަނަލް ޓްރެއިނިންގ ކޯސްތަކެއް ހިންގުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފި ކަމަށް  ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. އެކައުންސިލުން އާއްމު ކުރައްވާފައިވާ ގޮތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާޙިމް ހަސަން (ޗަބީ) އާއި ފުވައްމުލަކު 3 ދާއިރާގެ މަޖުލިސް މެންބަރުންނާއި އެކު ސިޓީ ކައުންސިލުން އިއްޔެ ބައްދަލުވުމެއް ބާއްވައި އެކަމަށް ވަނީ މަޝްވަރާކޮށްފައެވެ.

ސިޓީ ކައުންސިލްގެ އެދުމުގެ މަތިން މި އިމާރާތުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މޯލްޑިްވްސް ޕޮލިޓެކްނިކްގެ ވޮކޭޝަނަލް ޓްރެއިނިން ކޯސްތަކެވެ. މިއަހަރު ނިމުމުގެ ކުރިން އެތަނުގައި ކޯސްތައް ފައްޓަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެތަނުގައި ހިންގާނީ ސީދާ ކޮން ކޯސްތަކެއް ކަމެއް އަދި ހާމައެއް ނުކުރައްވައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރާއެކު އެމްޕީން ވަނީ އެއިމާރާތް ބައްލަވާލައްވާފައެވެ.

ފަހަކަށް އައިސް ގިނަ އަތޮޅުތަކެއްގައި މޯލްޑިވްސް ޕޮލިޓެކްނިކުގެ ކޯސްތަކެއް އަންނަނީ  ފައްޓަމުންނެވެ.

މީގެ އިތުރުން ހަޔަރ އެޑިއުކޭޝަން ދާއިރާގެ އިތުރު ފުރުސަތުތަކެއް ފުވައްމުލަކުގައި ހުޅުވާލުމަށް ސިޓީ ކައުންސިލުން ވަނީ  ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ގާތުން އެދިފައެއެވެ.

މިސްޓަރ ވިދާޅުވެފައި ވަނީ ގައުމީ ޔުނިވަރސިޓީގެ އައިސީޓީ ކެމްޕަސް ގާއިމުކުރުމުގެ މަސައްކަތް އަވަސްކޮށް ދެއްވާނެ ކަމަށެވެ. އަދި ޓެކްނިކަލް ދާއިރާގެ އިތުރު ފުރުސަތުތަކެއް ފުވައްމުލައް ސިޓީގައި ހުޅުވާލާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

ޕޮލިޓެކްނިކްގެ ސީއީއޯއަކީ ފުވައްމުލަކު މެދުދާއިރާ އަށް ނިސްބަތްވާ  އަހުމަދު ނާސިރެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނާސިރު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ހަމަދު

    ޑރ. ޗަބީ؟