A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ތިން މީހަކު ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އައްޔަންކޮށްފި

މި ނޮވެންބަރު މަހު 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރެއްވި ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތިން ވުޒާރާއަކަށް ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ފުވައްމުލަކަށް ނިސްބަތްވާ 3 ފަރާތެއް އައްޔަންކޮށްފިއެވެ. ވަޒީރުންގެ މަޖިލީހުން ފުވައްމުލަކު ފަރާތްތަކެއް ނުފެނުމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ފުވައްމުލަކު ޒުވާނުންތައް ފާޅުކޮށްފައިވަނިކޮށް އަލަށް އައްޔަންވި ސްޓޭޓް މިނިސްޓަރުންނަކީ؛

  1. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް- ފުވައްމުލަކު ރިހިވިލާގެ، މުޙައްމަދު ފަހުމީ ޙަސަން
  2. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް – ފުވައްމުލަކު މާވޭދެ މުންޢިމް އަނީސް
  3. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް – ފުވައްމުލަކު ދެކުނުގެ މުޙައްމަދު ރަފީޤު ޙަސަން އެވެ.

މުހައްމަދު ފަހުމީ ހަސަން އަކީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ފޮރިން މިނިސްޓްރީގެ މެލޭޝިއާ އެންބަސީގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ރަފީގަކީ މިނިސްޓްރީ އޮފް ހެލްތް ގެ ކުރީގެ ސްޓޭޓް މިނިސްޓަރެކެވެ.

މީގެ އިތުރުން މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ލީގަލް އެފެއާޒްގެ މަގާމަށް ފުވައްމުލު މާވައި އަލްއުސްތާޛު އަޙްމަދު ޙިޝާމް ވަޖީހު ވަނީ މީގެ ކުރިން އައްޔަންކޮށްފައެވެ.

މިފަހަރުގެ ރިއާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބުނު އެއްރަށަކަށް ފުވައްމުލައް ވެފައިވާއިރު މިސަރުކާރުގެ ގިނަ މަގާމުތަކަކަށް މީހުން އައްޔަންކޮށްފައިވާއިރު ފުވައްމުލަކަށް ނިސްބަތްވާ މީހުން މަދުވުމަކީ ފުވައްމުލަކު ގިނަ ޒުވާނުންގެ ޝަކުވާއެކެވެ.

+1
5
+1
5


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޙަސަނާ

    މޭޔަރކަމަށް ޕީޕީއެމުން ވާދަކުރި މީހާއަށް ވެސް ސްޓޭޓް މިނިސްޓަރކަން ދެއްވައިފިއެއްނު.