A wide advertisement which will be shown on all devices. (700 x 100)

ސިޓީތަކުން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި – އިމިގްރޭޝަން

ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީއިން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ހުންނަ ހަތަރު އަތޮޅަކުން މިއަދުން ފެށިގެން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސަން އާ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ނިންމަވާފައިވާ ކަމަށެވެ. އެ އިދާރާއިން އިތުރަށް ބުނެފައިވަނީ އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ހުންނަ ކުޅުދުއްފުއްޓާއި ތިނަދު އާއި ފުވައްމުލައް އަދި އައްޑޫ އިން ޕާސްޕޯޓް ދޫކުރުން މިހާރު ދެގުނަ އަވަސްކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުން ފުވައްމުލަކު ސިޓީއިން މީގެ ކުރިން ޕާސްޕޯޓް ހެދުމަށް ޕާސްޕޯޓު ފުވައްމުލަކު ސިޓީއަށް ފޮނުވާފައިވަނީ ހަފުތާއަކު 1 ފަހަރުއެވެ. މިގެނައި ބަދަލާއިއެކު ކޮންމެ ހަފުތާއަކު 2 ފަހަރު ޕާސްޕޯޓު ފޮނުވަމުންދާނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

+1
2
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !