ފުވައްމުލަކު ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުގެ ތެރެއިން ފުވައްމުލަކުގެ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފައްޓަވައި ދެއްވުމުގެ އިތުރުން ތަރައްގީގެ އިތުރު 9 މަޝްރޫއެއްގެ އެއްބަސްވުމުގައި ވެސް ސޮއެކުރައްވައިފިއެވެ. ފުވައްމުލަކުގައި ފައްޓަވައިދެއްވި މަޝްރޫއުތަކުގެ ތެރޭގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތާއި، ގައުމީ ކުތުބުޚާނާގެ ފުވައްމުލަކު ގޮފީގެ އަމަލީ މަސައްކަތް ފެއްޓެވުމާއި، ވޭސްޓް މެނެޖްމެންޓް ސެންޓަރު ތަރައްޤީކުރުމުގެ މަޝްރޫޢުއާއި، އަތޮޅު ތައުލީމީ މަރުކަޒު 5 ބުރީގެ އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ރޭ ސޮއެކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ފުވައްމުލަކުގެ މަގުތައް ތަރައްގީކުރުމުގެ 3 ވަނަ ފޭސްގެ އިތުރުން ބަދަރު ތަރައްގީކުރުމާއި 75 ހައުސިން ޔުނިޓް އެޅުމާއި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނެއެވެ. ރޭ ސޮއިކުރެވުނު 9 އެއްބަސްވުމަކީ؛
1- ފުވައްމުލަކު ސްކޫލުގައި 16 ކްލާސްރޫމާއި ލެބް ގާއިމުކުރުމަށް އެމްޓީސީސީއަށް
2- ޔޫތު ތާޑް ސްޕޭސް ތަރައްގީކުރުމަށް ސެންޓަލޭންޑް ޕްރައިވެޓް ލިމިޓެޑަށް
3- ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް އެމްއޭސީއެލްއަށް
4- އިސްލާމިކް ސެންޓަރެއް އެޅުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
5- އޮފީސް ކޮމްޕްލެކްސް އިމާރާތެއް އެޅުމަށް އެމްޓީސީސީއަށް
6- ފުވައްމުލަކުގެ ބަނދަރެއް ތަރައްގީކުރުމަށް އެމްޓީސީސީއަށް
7- މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް
8- ހައުސިން ޔުނިޓް އެޅުމަށް ގްލަޓް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް
9- ސްކޭޓް ޕާކެއް ތަރައްގީ ކުރަން އެމްޓީސީސީއަށް
މި އެއްބަސްވުންތަކުގެ އިތުރުން ފުވައްމުލަކުގައި ވަގްފް އިމާރާތެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ޟީގެ އިތުރުން، އިންޑިއާގެ އެލްއޯސީގެ ތެރެއިން ސިންތެޓިކް ޓްރެކް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ޚިޔާލުތައް