A wide advertisement which will be shown on all devices. (700 x 100)

މުޅި ރާއްޖޭގެ ތަރައްގީކުރާނެ ގޮތުގެ ގާނޫނެއް ހެދުން އަވަސްކުރަން ޖެހޭ – އެމްޕީ ހުސޭން

ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ހުސޭން މުހައްމަދު ދީދީ. މިއަދުގެ މަޖުލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ

ދިވެހިރާއްޖޭގެ ސަރަހައްދީ ތަރައްގީގައި މަޖުލިސް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މިދުވަސްވަރުގައި، މުޅި ރާއްޖޭ ތަރައްގީކުރާނެ ގޮތުގެ ގާނޫނެއް ހެދުން އަވަސްކުރަން ޖެހޭ ކަމަށް ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ހުސޭން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖުލީހުގެ ތަޅުމުގައި 2021 ވަނަ އަހަރުގެ ބަޖެޓަށް ވާހަކަ ދައްކަވަމުން އެމްޕީ ހުސޭން ވިދާޅުވީ “ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދާއިރާ ތަރައްގީ ކުރުމުގެ ކުރު ވިސްނުމެއް ގެންގުޅޭތަން އަޅުގަނޑަށް ފެންނަނީ. … ސަރުކާރުން އެބަޖެހޭ، ވަރަށް އަވަހަށް މިމަޖުލީހަށް އަންނަން. މިރާއްޖެ އޮންނަން ޖެހެނޭނެ ގޮތަކީ ކޮބައިތޯ؟ ތަސައްވުރަކީ ކޮބައިތޯ؟” އެވެ.

އެގޮތުން “ހއ.ގައި ކޮންކަމެއްތޯ އޮންނާނީ؟ ހދ. ގައި ކޮންކަމެއްތޯ؟ ގދ.ގައި ކޮންކަމެއްތޯ؟ ޏ.ގައި ކޮންކަމެއްތޯ އަދި އައްޑޫ ގައި ކޮންކަމެއްތޯ؟ ދެން މެދުރާއްޖެތެރޭގެ ރަށްރަށުގައި ވެސް ކިހިނެތްތޯ އެކަންތައް ކުރާނީ؟” ހުސޭން ހާމަކުރެއްވިއެވެ.

ތަރައްގީގެ ގޮތުން ކުރާ ކަމަކީ ހޮސްޕިޓަލެއް ހުރުން އެކަންޏެއް ނޫން ކަމަށާއ،ި ނޫނީ ހަމައެކަނި ބަނދަރު އެކަނީ ނޫންކަމަށާއި ނޫނީ އެއާރޕޯޓް ނޫންކަމަށާއި ކަމަށެވެ. އެގޮތުން ބަލާއިރު ފުވައްމުލަގައި ކުރާނީ ކޮންކަމެއްތޯ؟ ފުވައްމުލަކުގައި ހުންނާނީ ކޮންކަހަލަ ސަބް-ސްޕެޝަލިޓީ ހޮސްޕިޓަލެއް ތޯ؟ ނޫނީ ފުވައްމުލަކުައގި ހުންނާނީ ކޮންކަމެއްތޯ؟ އަދި ކޮންމެ ރަށެއްގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮންނަޖެހޭ ކަމަށް އަދި ކޮންމެ އަތޮޅެއްގައި އިންޓަރނޭޝަނަލް ބަނދަރެއް އޮންނަން ޖެހޭ ކަމަށް ދެކިވަޑައިނުގަންނާވާ ކަމަށް ހުސޭން ޙާމަކުރެއްވިއެވެ.

ދެކުނުގެ ސަރަހައްދު ވެސް ތަރައްގީ ކުރަންޖެހެނީ އައްޑޫ އަތޮޅާއިި ފުވައްމުލަކާއި ހުވަދޫއަތޮޅު ގުޅިގެން 3 އަތޮޅަ ވެސް އެއިގެ މަންފާ ލިބޭގޮތަށް، 3 އަތޮޅަށް އެއްގޮތް ވާގޮތަށް ކަމަށް އެމްޕީ ހުސޭން ވިދާޅުވުއެވެ. ހަމައެގޮތަށް އުތުރުގެ އަތޮޅުތައް ވެސް ތަރައްގީ ކުރެވެން ޖެހޭނީ އެގޮތަށް ކަމަށެވެ.

ޑިސެންޓަރަލައިޒް ކުރުމަކީ ކޮންމެހެން ކޮންމެ އަތޮޅަކަށް އެއާރޕޯރޓެއް އޮތުމެއް ނޫންކަމަށެވެ. ލާމަރުކަޒުކުރުމުގެ މާނާގައި މިހާރު މަސައްކަތް ކުރެވެނީ އެހާބޮޑަށް އިގުތިސާސިގޮތުން ފައިދާ ހުރިގޮތަކަށް ނޫންކަމަށް ދެކިވަޑައިގްނަންވާ ކަމަށް އެމްޕީ ހުސޭން ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަށް ލިބޭ ކުޑ ައާމްދަނީއާއި މެދު ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ސަރައްހދީ ތަރައްގީގެ ޚިދުމަތްތައް ހުރިހާ އަތޮލަޅެއްގައި ވެސް ހުންނަން ވާނެ.

ރާއްޖޭގެ އެއްވެސް އަތޮޅަކީ އެއަތޮޅެއް ވަކިން ،އެއަތޮޅެއް އެކަނި ދައުލަތެއް ހަދައިގެން ގައުމެއް ހިންގޭ ވަރުގެ އަތޮޅެއް ނޫން ކަމަށެވެ. ވަރަށް ކުޑަ ކުޑަ އާބާދީއެއްގެ މައްޗަށް ބިނާވެފައިވާއިރު އަދި އެހާމެ މަދު ވަސީލަތްތަކެއް ހުރިއިރު ރާއްޖެތަރައްގީ ކުރެވެނީ ހުރިހާ ރައްޔިތުންވެސް ގުޅިގެން އެކުގައި މަސައްކަތްކޮށްގެން ކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ ފައިސާއިން ޓެކްސް ނެގިގެން ގައުމުގެ ކަންތައްތައް ކުރެވިގެންދާ އިރު ކޮންމެ އަތޮޅެއްގެ ބަޔަކަށްވެސް އެމީހުންނަށް ކުރެވިގެންދާނީ ކޮންކޮން ކަންކަމެއްކަން ސާފުވެ އެނގެން އޮންނަ ޖެހޭ ކަމަށް ހުސޭން ވިދާޅުވިއެވެ. “މި ބަޖެޓް ހެދިގެންދާއިރު، ބަޖެޓްގެ އެލޮކޭޝަން، ޚާއްސަކޮށް މިބަޖެޓްގެ ޕްރޮޖެކްޓްތައް، ޕީއެސްއައިޕީ އާއި ތަރައްގީގެ އެހެން މަޝްރޫއުތައް ޕްލޭންކުރެވޭއިރު ގާނޫނެއް މިހާރު ހެދެން އެބަޖެހޭ” ކަމަށް ހުސޭން ވިދާޅުވިއެވެ.

އެއިރުން ރައްޔިތުންނަށް އެނގިގެންދާނެ، އެމީހުންގެ ޓެކްސް ފައިސާއިން މުސްތަގުބަލުގައި އެމީހުންނަށް ކުރެވިގެންދާނީ ކޮންކަމެއްކަން ސާފުވެފައި ފެންނަން އޮންނާނެކަމަށެވެ.

“އައްޑު އަތޮޅުގެ ތަސައްވުރަކީ ކޮބައިތޯ؟ ހުވަދޫއަތޮޅުގެ ތަސައްވުރަކީ ކޮބައިތޯ؟އަދި ފުވައްމުލަކުގެ ތަސައްވުރަކީ ވެސް ކޮބައިތޯ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިފައި އޮންނާން. ދައުލަތުން އެބަޖެހޭ މިގޮތަށް ޕްލޭނިންއެއް ހެދި ގާނޫނެއް މިމަޖުލީހުން ފާސްކުރެވި، މުސްތަގުބަލުގައި އަޅުގަނޑުމެން ކޮންމެ މީހަކު އެބޭނުންވާ އަމިއްލައަށް ނުވަތަ އަޅުގަނޑުުމެންގެ ގުރޫޕަކަށް އެވިސްނޭ ވިސްނުމަކަށް ގައުމުގެ ތަރައްގީ ނުގެންގޮސް ދުރުރާސްތާއަކަށް މުޅި ގައުމަށް ފައިދާ ކުރުވަނިވި ގޮތެއްގައި ގާނޫނެ ހެދި، ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ މިންވަރަށް މިކަންތަތައް ފެންނަން އޮތުން އެއީ މުހިންމު ކަމެއްކަމުގައި އަޅުގަޑު ދެކެން”. އެމްޕީ ހުސޭ ވިދާޅުވިއެވެ.

އެމްޕީ ހުސޭން މިއަދުގެ ޖަލްސާގައި މިމޭރުމުން ޥާހަކަ ދެއްކެވި އިރު އައްޑޫ ހިތަދޫ މެދުދައިރާގެ މެމެބަރު އަހުމަދު ރަޝީޑު ވަނީ އައްޑު ބަހުން އައްޑޫއަކީ ތަރައްގީ ލިބެންޖެހެ އަތޮޅުތަކަށް ދެއްކުމުގެ ހުއްޖަތުތައް ދައްކަވާފައެވެ. އެމްޕީ އަހުމަދު ރަޝީދު ވިދާޅުވީ ދެކުނުގައި އެންމެ މީހުންގިނަ އަތޮޅަކީ އައްޑޫ ކަމަށާއި އެންމެ ބޮޑަށް ތަރައްގީ ވެފައިވަނީ އައްޑު ކަމަށެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި އައްޑޫ ގަމުގައި އިންތަރނޭޝަނަލް އެއަރ ޕޯޓެއް އޮވެފައި އައްޑޫ ހިތަދޫގައި ސަރަހައްދީ ބަނދަރެއް އޮވެފައި ހުވަދޫ އަތޮޅުގައި އިންޓަރނޭޝަނަލް އެއަރޕޯރޓަކާއި އިންޓަރނޭޝަނަލް ބަނދަރެއް އޮތުމަކީ އައްޑޫ އަތޮޅުގެ މީހުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. އެމީހުން އެދެނީ އިނޓަރނޭޝަނލް ފްލައިތްތައް އައްޑޫ ގަމަށް އައިސްފައި ސީޕްލޭންގަިއ ނުވަތަ ޑޮމެޓިކް ފްލައިޓެއްގައި ހުވަދުއަތޮޅުގެ ރިޒޯޓުތަކަށް ދާގޮތަށް ދަތުރުފަތުރުގެ ނިޒާމު ބައްތަން ކުރުމެވެ. ނމަަވެސް ހުވަދޫއަތޮޅުގެ މީހުން ބޭނުންވާނީ ބޭރުގެ ފްލައިޓްތައް ސީދާ ހުވަދޫއަތޮޅުގެ އެއާރޕޯޓަކަށް އައުމަށެވެ. އަދި ތިނަދޫގައި ސަރަހައްދީ ބަނދަރެއް އޮތުމަށެވެ.

ފުވައްމުލައް ސިޓީ މިއޮތީ އައްޑޫއާއި ހުވަދޫއާއި ދެމެދު ތރައްގީގައި ތާށިވެފައިބާ؟

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !