A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ޑިވެލޮޕްމަންޓް ޕްލޭން 2022-2026 ފައިނަލް ކުރުމުގެ ފަހު މަރުހާލާތައް ކުރިޔަށް ގެންދަނީ

ފުވައްމުލައް ތަރައްގީގެ ޕްލޭން 2022-2026 އަށް މަޝްވަރާ ކުރުމުގެ ވޯކްޝޮޕް 2021 ނޮވެ

ފުވައްމުލައް ތަރައްގީގެ ޕްލޭން 2022-2026 ފައިނަލް ކުރުމަށް އާއްމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަސައްކަތު ބައްދަލުވުމަކަށް ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ. ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭނަށް މަޝްވަރާކުރުން މާދަމާ، (ހޮނިހިރު ދުވަހު) ކުރުނދުމާ މާލަމުގައި ކުރިޔަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ އެކި ދާއިރާތަކުގެ މީހުން ހުޅުވާލާއިގެންނެވެ.

މާދެމާ ހެނދުނު 9:00-12:00 އަށް 1:30 އިން ހަވީރު 5:00 އަށް ތާވަލް ކުރެވިފައިވާ މިބައްދަލުވުމުގައި ބައިވެރިވެ ވީހާވެސް ގިނަ ދާއިރާއެއްގެ ބޭފުޅުން، އެހޯލަށް ހާޒިރުވެ ވަޑައިގެން ބައިވެރިވެ ދެއްވުމަށް ސިޓީ ކައުންސިލުން އެދެއެވެ. ގިނަ ބައެއްގެ އެއްބާރުލުމާއެކު ތަރައްގީގެ ޕްލޭން ފުރިހަމަ ކުރުމަށް އެބޭފުޅެއްގެ ވިސްނުން ހިއްސާކުރުމަށް ލިބޭ މިއީ ފަހު ފުރުސަތެވެ.

ފުވައްމުލައް ތަރައްގީގެ ޕްލޭން 2022-2026 އަށް މަޝްވަރާ ކުރުމުގެ ވޯކްޝޮޕް 2021 ނޮވެމްބަރު

ނިމުނު އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ސިޓީ ކައުންސިލުން އަންނަނީ ތަފާތުއެކި ފަރާތްކާއެކު ތަރާއްގީގެ ޕްލޭނަށް މަޝްވަރާކުރުމުގެ ބައްދަލުވުންތައް ބާއްވަމުންނެވެ. ނަމަވެސް މިއީ އާއްމުނަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާ ފަހު ފަހަރު ކަމަށް ވެއެވެ.

ހޮނިހިރު ދުވަހުގެ ވޯކްޝްޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީވުމަށް މިފޯމް ފުރިހަމަ ކުރުމަށް ދަންނަވަމެވެ.

ފުވައްމުލައް ތަރައްގީގެ ޕްލޭން 2022-2026 އަށް މަޝްވަރާ ކުރުމުގެ ވޯކްޝޮޕް 2021 ނޮވެމްބަރު

މިހާރު ކުރިޔަށްގެންދާ ވޯކްޝޮޕްތަކަކީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފެސިލިޓޭޓް ކޮށްދީގެން ބާއްވަމުން އަންނަ ވޯކްޝޮޕްތަކެވެ. މިވޯކްޝޮޕްތަކުގައި އެލްޖީއޭގެ ފަރާތުން ކޮންސަލްޓެންޓެގެ ގޮތުގައި ސަލްމާ ފިކުރީ އަންނަނީ ސިޓީ ކައުންސިލަށް ޓެކްނިކަލް އެހީތެރިކަން ދެއްވަމުން ކަމަށް ސިޓީ ކައުންސިލުން ކުރިން ހާމަކުރައްވާފައި ވެއެވެ.

ފުވައްމުލައް ތަރައްގީގެ ޕްލޭން 2022-2026 އަށް މަޝްވަރާ ކުރުމުގެ ވޯކްޝޮޕް 2021 ނޮވެމްބަރު

މީގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ 5 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން ހެދުމަށް އާއްމުންގެ ޚިޔާލު ހޯދުމަށް ކްލަބްހައުސް މެދުވެރިކޮށް ގިނަބަޔަކާއި އެކު މަޝްވާރާކޮށްފައެވެ. އަދި އެބައްދަލުވުންތަކުން ލިބުނު މައުލޫމާތު ދިރާސާކޮށް އާއްމުގެ ފަރާތުން ހުށަހެޅިފައިވާ ކަންތަތައްކަށް ފަންނީ ލަފާ އެލްޖީއޭއިން ވެސް ހޯދާފާވާކަމަށް މައުލޫމާތު ލިބެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !