A wide advertisement which will be shown on all devices. (700 x 100)

ހަކުރުބަލީގެ ދުވަހުގެ ރަސްމީ ޖަލްސާ ފުވައްމުލައް ސިޓީ ގައި ނިންމާލީ ވަރަށް ފުރިހަމައަށް

ހަކުރުބަލީގެ ދުވަހުގެ ރަސްމީ ޖަލްސާ ފުވައްމުލައް ސިޓީ ހާފިޒް އަހުމަދު ސްކޫލުގައި 2021

ގިނަ އަދަދެއްގެ ބައިވެރިންނާއެކު މި އަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާ ރޭ (14 ނޮވެންބަރ 2021) ދުވަހުގެ ފުވައްމުލައް ސިޓީ ހާފިޒް އަޙުމަދު ސްކޫލްގެ ހޯލުގައި ބާއްވައިފިއެވެ.

ރޭގެ ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ. އިސްމާއީލު ރަފީގުގެ އިތުރުން ފުވައްމުލައް ސިޓީއަށް މިދުވަސް ފާހަގަކުރުމަށް ވަޑައިގެންނެވި ދާއިރާގެ ފަންނީ ބޭފުޅުންނާއި، ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރުންނާއި ރަށުގެ އިސްމަގާމުތަކުގައި ތިއްބެފި ބޭފުޅުންގެ އިތުރުން ގިނަ ޓީޗަރުންނާއި އާއްމުގެ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.

ހަކުރުބަލީގެ ދުވަހުގެ ރަސްމީ ޖަލްސާ ފުވައްމުލައް ސިޓީ ހާފިޒް އަހުމަދު ސްކޫލުގައި 2021

ރޭގެ ޖަލްސާގައި 9 އައިޓަމެއް ހިމަނާފައި ވެއެވެ. އެގޮތުން ދުވަހާއި ގުޅޭ މައުލޫމާތު ދިނުމުގެ ޚާއްސަ ބައިތަކަކާއި ފުވައްމުލައް ސިޓީއި ހަކުރުބަލީގެ މީހުންނަށް ޚިދުމަތް ދެމުންދާގޮތުގެ އިތުރުން އެސްޓީއޯއިން ހަކުރުބަލިގެ ބޭސް ފޯރުކޮށްދެމުން އަންނަގޮތާއި ހަކުރުބަލީގެ ކަންކަމާއި ގުޅޭ ތަމްރީނުތައް ކުރިޔަށްގެންދާ ގޮތުގެ މައުލޫމާތު ވެސް ހުށަހަޅާދީފައި ވެއެވެ.

މިޖަލްސާ ފެއްތުމުގެ ގޮތުން ގުއުރާއާންގެ ކިޔެވީ ހާފިޒް އަހުމަދު ސްކޫލްގެ ދަރިވަރު ރާޔާ ހަސަން އެވެ. މިޖަލްސާ ތައާރަފުކޮށްދެއްވީ ނެޝަނަލް ޑައިބެޓިސް ސެންޓަރުގެ މެޑިަކލް އޮފިސަ ޑރ. ނިހުލާ އަލީ ރަޝީދުއެވެ.

މުޅި ދުނިޔާގައި ފާހަގަ ކުރާ ‘ވޯލްޑް ޑައިބެޓިސް ޑޭ’ އާއި ގުޅޭ ގޮތުން ގައުމީ ޑައިބެޓިސް ސެންޓަރުގެ ކޮންސަލްޓެންޓް އަދި ސަބް-ސްޕެޝަލިސްޓް އިން އެންޑޯކްރިނޮލޮޖިސްޓް ޑރ. މުހައްމަދު ސިރުހާނު ވާހަކަ ދެއްކެވިއެވެ.

މިޖަލްސާގައި ފުވައްމުލަކު ހޮސްޕިޓަލުން ޑިބެޓިސް އާއި ނަން-ކޮމިއުނިކަބްލް ޑިޒީސް (އެންސީޑީ)ގެ ޚިދުމަތް ދެމުން ދާގޮތާއި ގުޅޭގޮތުން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ޟިރާރު ވާހަކަފުޅު ދެއްކެވިއެވެ.

ރަސްމީ ޖަލްސާގައި ހަކުރުބައްޔާއި ގުޅޭގޮތުން މައުލޫމާތު ހިމެނޭ ޅެން-ފަރިހީގެ އައިޓަމެއް ހާފިޒް އަހުމަދު ސްކޫލުގެ ދަރިވަރުން ހުށަހަޅާދީފައި ވެއެވެ. ހަކުރުބަލީގެ ބޭސް ފޯރުކޮށް ދިނުމުގައި އާއި މީހުން ތަމްރީނުކޮށް ދިނުމުގައި އެސްޓީއޯގެ ދައުރު ރޭގެ ޖަލްސާގައި ހާމަކޮށްދެއްވީ އެސްޓީއޯ މެޑިކަލް ސާވިސްގެ ކްލައަންޓް ރިލޭޝަން މެނޭޖާ ޖީޒާ ޚަލީލު އެވެ.

ކުރުބަލީގެ ދުވަހުގެ ރަސްމީ ޖަލްސާ ފުވައްމުލައް ސިޓީ ހާފިޒް އަހުމަދު ސްކޫލުގައި 2021

ހަކުރުބަލިގެ ކަންކަމުގައި ނެޝަނަލް ޑައިބެޓިސް ސެންތަރުގެޚިދުމާތް ފޯރުކޮށްދޭ ގޮތާއި އަދި ޚިދުމަތް ހޯދާނެ ގޮތުގެ މައުލޫމާތު އެސެންޓަރުގެ އަދި އައިޖީއެމްއެޗްގެ ޑިރެކްޓަ، ސީނިއާ ޑޮކްޓަ އަލީ ލަތީފު ރޭ ހާމަކޮށްދެއްވިއެވެ. އެއިގެ ފަހުން ޗީފްގެސްޓް މޭޔަރު އިސްމާއިލު ރަފީގުގެ ވާހަކަ ފުޅަށްފަހު  ޖަލްސާ ނިންމާލި އައިޖީއެމްއެޗްގެ އިންޓާނަލް މެޑިސިން ޑިޕާޓްމެންޓްގެ އެޗްއޯޑީ، ސިނިއާ ޑޮކްޓަ ޑރ.މޫސާ މުރާދުގެ ޝުކުރު ދެންނެވުމުންނެވެ.

މިފަދަ ގައުމީ އިވެންޓެސް ފުވައްމުލައް ސިޓީގައި ބޭއްވިގެން ދިއުމުގެ އުފަލާއި ހިތްހަމަޖެހުން ގިނަބަޔަކު ފާހަގަ ކުރެއެވެ. އަދި ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުން ތަފާތު ގިނަ ހަރަކާތްތަކެއް ފުވައްމުލަކު ހޮސްޕިޓާލާއި ސިޓީ ކައުންސިލް އަދި އެސްޓީއޯ އާއި ނެޝަނަލް ޑައިބެޓިސް ސެންޓާރު ގުޅިގެން ހިންގުނުލެއް ފުރިހަމަކަން ފާހަގަކޮށް މިހާރަކާތުގައި ރަށުން ބޭރުންނާއި ފުވައްމުލައް ސިޓީއިން ބައިވެރިވި ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ހަކުރުބަލީގެ ދުވަސް މިފަހަރު ފުވައްމުލައް ސިޓީގައި ފާހަގަ ވެގެން ދިޔައި ގިނަހަރަކާތްތަކާއެ ވެސް އެކުގައެވެ. އެއގެ ސަބަބުން ގިނަ ރައްޔިތުންގެ ބައިވެރިވުން މިހަރަކާތްތަކުގައި ހިމެނިގެން ދިޔަކަން ފާހަގަ ކުރެވެއެވެ. އެގޮތުން ދެ ދުވަހުގެ މެޑިކަލް ކޭމްޕާއި، ދުވަހާއި ގުޅިގެން ބޭއްވި ޚާއްސަ ދުވުމަކީ ގިނަބަޔަކަށް މިހަރަކާތުގައި ބައިވެރިވުމަށް ފުރުސަތުލި ލިބިގެންދިޔަ ދެ ހަރަކާތެއްކަން ފާހަގަވެގެން ދިޔައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !