ސިއްފުވައްމުލައް ސިޓީގައި ދިރިއުޅުއްވާ 16 އަހަރުން މަތީގެ މީހުންގައި ހަކުރު ބަލި ހުރިތޯ ބެލުމުގެ އަމަލީ މަސައްކަތް ފަށަން ފުވައްމުލައް ހޮސްޕިޓަލުން ތާވަލް ކޮށްފިއެވެ. ދުނިޔޭގައި ފާހަގަ ކުރާ ހަކުރުބަލީގެ ދުވަސް ނުވަތަ ޑައިބެޓިސް ޑޭ އަކީ 14 ނޮވެމްބަރު އެވެ.
އެގޮތުން ހަކުރު ބައްޔަށް ހަސްކްރީންކުރުމުގެ ޕްރޮގްރާމްގެ ދަށުން މިމަހު 3 ދުވަހު ފުވައްމުލައް ސިޓީގެ 3 ހިސާބެއްގައި ތިބެގެން ސާމްޕަލް ނަގައި ވަގުތުން ޓެސްޓް ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުމަށް ފުވައްމުލަކު ހޮސްޕިޓަލުން އެދިފައި ވެއެވެ.
ހަކުރު ބައްޔާށް ޓެސްޓް ކުރެވޭ ތަންތަން
ހުކުރު، 18 ނޮވެމްބަރު 2022- ހަވީރު 4:00 – 6:00 އަށް ފުވައްމުލަކު ބަނދަރު ސަރަހައްދުން
ހޮނިހިރު، 19 ނޮވެމްބަރު 2022- ހަވީރު 4:00 – 6:00 އަށް ފުވައްމުލަކު ނެރަގަނޑު ސަރަހައްދުން
ހުކުރު، 25 ނޮވެމްބަރު 2022- ހަވީރު 4:00 – 6:00 އަށް ފުވައްމުލަކު މާނޭރެ ސަރަހައްދުން
މިފަހަރު ހަކުރުބަލީ ގެ ދުވަހުގެ ޝިއާރަކީ “މާދަމާގެ ރައްކާތެރިކަމަށް އުގެނެމާ!” އެވެ. ހަކުރުބައްޔަކި އެއާއި މެދު ސަމާލުވެ އެކަމުގެ މައުލުޟާތު ދެނެގަނެވިއްޖެ ނަމަ މަދުކުރެވިދާނެ ބައްޔެއްކަމަށްމާހިރުން ގަބުލުކުރެއެވެ. އެހެން ވުޟާއެކު މިފަހަރުގެ ޝިއާރުގައިވެސް އަމާޒުކުރަނީ ހަކުރު ބައްޔާއި ބެހެގޮތުން އުނގެނިގެން ރައްކާތެރި ވެވޭނެކަން ހާމަކޮށްއެވެ.

ހަކުރުބައްޔަށް ހޭލުންތެރިވެގެން ރައްކާތެރިވެވިދާނެ.
ހަކުރުބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ވެސް ރާއްޖެގައި ކަންބޮޑުވާ ދަރަޖައެއް ގައި ހުރިބައްޔެކެވެ. މިބަލަި ޖެހެނީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ނޫނެވެ. ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ވެސް މިބަލި ޖެހެއެވެ.
ހަށިގަނޑުގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ނުކުރެވޭ ހާލަތްތަކުގައި މީހާގެ ފުރާނަށް ވެސް ނުރައްކާވެއެވެ.
މިބަލިގައި 500 މިލިޔަން މީހުން ދުނިޔޭގައި އެބަތިބި ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ.
ރަނގަޅު ކާނާ އާއި ކަސްރަތުން ނުވަތަ ހަރަކާތްތެރި ދިރިއުޅުމަކުން، ބަރުދަން އެކަށީގެންވާ މިންވަރުގައި ހިފެހެއްޓިއްޖެ ނަމަ ޓައިޕް 2 ގެ ހަކުރުބަލި މަދުކުރެވިދާނެއެވެ.
+1
+1
ޚިޔާލުތައް