A wide advertisement which will be shown on all devices. (700 x 100)

ރޭޑިއޯގްރަފީ ދާއިރާއިން ތަމްރީނުވުމުގެ ފުރުސަތު އެސްޓީއޯ އިން ހުޅުވާލައިފި

ރޭޑިއޯގްރަފީ ކޯހުގައި ކިޔެވުމުގެ ފުރުސަތު ހިލޭ

ރޭޑިއޯގްރަފީ ދާއިރާއިން ތަމްރީނުވުމުގެ ފުރުސަތު އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓުން ހުޅުވާލައިފިއެވެ.

މި ފުރުސަތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ރޭ ފުވައްމުލައް ސިޓީ ކުރުނދުމާ މާލަމުގައި ބާއްވާފައި ވެއެވެ.

މިކޯހުގައި ބައިވެރިވުމުގެ މުއްދަތު މިހާރު ވަނީ މި އޮގަސްޓް މަހުގެ ނިޔަލަށް އިތުރުކޮށްފއެވެ.

މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ފަރާތުން ވިދާޅުވީ އެކުންފުނީގެ ޓްރެއިނިން އިންސްޓިއުޓުގައި ޑިޕްލޮމާއިން ރޭޑިއޯގްރަފީ އަށް ކިޔެވުމުގެ ފުރުސަތު ހިލޭ ހުޅުވާލާފައިވާ ކަމަށެވެ.

މިކޯހުގައި ކިޔަވާ ދަރަިވަރުންނަށް ޖީބުފައިސާ ގޮތުގައި މަހު 2300 ރުފިޔާ ދިނުމަށް ކަނޑައަޅާފައި ވެއެވެ. މިކޯހުގެ މުއްދަތުގައި 6 މަސް ދުވަހުގެ އިންޓާންޝިޕެއް ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތަކުގައި ހަމަޖައްސައި ދެވޭނެ ކަމަށް ވިދާޅުވިއެވެ.

މިކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ދާއިރާއިން ރާއްޖޭގެ ކަމާއި ގުޅޭ މުއައްސަސާތަކުން ވަޒީފާގެ ފުރުސަތު ގެރެންޓީވެފައިވާ ކަމަށް ވެސް މައުލޫމާތު ދެއްވިއެވެ.

މިކޯހުގައި ކިޔެވުން ކުރިޔަށް ގެންދަނީ މާލޭގައި ހުންނަ އެސްޓީއޯގެ ޓްރެއިންިން އިންސްޓިޓިއުޓުގައެވެ. މިކޯސް ފުރިހަމަ ކުރުމުން ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ރޭޑިއޯގްރފީ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެއެވެ. އެގޮތުން އެކްސްރޭ ނެގުމާއި، ސީޓީ ސްކޭން ހެދުމާއި އެމްއާރުއައި ފަދަ މެޝިންތައް ބޭނުންކޮށްގެން ސްކޭންތައް ހެދުމުގެ މަސައްކަތަށް އަހުލުވެރިކޮށްދޭނެއެވެ.

ރޭޑިއޯ ގްރފީގެ ދާއިރާގެ ރާއްޖޭގެ ވަޒިފާތަކުގައި މިވަގުތު ގިނައިން ތިބީ އިންޑީއާގެ ޓެކްނީޝަނުން ނެވެ. ވުމާއެކު ވަޒީފާ ލިބުމުގައި މީއީ ފަސޭހަ ދާއިރާއަކަށް ވެގެންދާނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !