މިއަދަކީ ބައިނަލް އަގުވާމީ ނަރުހުންގެ ދުވަސް

ނަރުހުންގެ ދުވަސް- 12 ޖޫން 2022
Share on facebook
Share on twitter
Share on google

މިއަދު، 12 މެއި އަކީ ބައިނަލް އަގުވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މިދުވާހާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުން ފާހަގަ ކުރަމުން ދާ ނަރުހުންގެ ހަފުތާގެ ހަރަޚާތްތައް މިއަދުވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ނަރުހުންގެ ދުވަހާއި ގުޅުވައިގެން މިއަދު ކުރިޔަށްގެންދިޔައީ ވަރަށް ތަފާތު ހަރަކާތެކެވެ. އެއީ ނަރުހުން އެކި ގްރޫޕްތަކަށް ބަހާލައިގެން އެގްރޫޕްތަކުގެ މެދުގައި ބޭއްވި ވަގުތުން ކެއްކުމުގެ މުބާރާތެކެވެ. ފުވައްމުލަކު ހޮސްޕިޓަލުގެ ގޯތިތެރޭގައި ކުރިޔަށް ގެންދިޔަ މިހަރަކާތުގައި ނަރުހުންގެ ކެއްކުމުގެ ހުނަރުވެސް ފާހަގަ ކުރެވިގެން ދިޔައެވެ.

ނަރުހުންގެ ހަފުތާގެ ކެއްކުމުގެ މުބާރާތުގެ ތެރެއިން- 12 ޖޫން 2022

މިއހަރު ނަރުހުންގެ ދުވަހުގެ ޝިއާރަކީ “އަ ވޮއިސް ޓު ލީޑް – އިންވެސް އިން ނާސިން އެންޑް ރެސްޕެކްޓް ދަ ރައިޓްސް ޓު ސެކުއާ ގްލޯބަލް ހެލްތު’ އެވެ. މި އިބާރާތުން ދޭހަވަނީ ‘ނަރުހުންނަކީ އިސްނެގުމުގައި ހަރު އަޑެއް- ނަރުހުންގެ ދާއިރާއަށް ވުނަކޮށް ޢާލަމީ ދުޅަހެޔޮކަމުގެ ޙައްޤު ކަށަވަރުކުރުމަށް އިޚްތިރާމު ކުރައްވާ!’

ނަރުހުންގެ ހަފުތާގެ ކެއްކުމުގެ މުބާރާތުގެ ތެރެއިން- 12 ޖޫން 2022

މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލަކު ހޮސްޕިޓަލުން އަންނަނީ ނަރުހުގެ ދުވަހާއި ގުޅުވައިގެން ނަރުހުންގެ ހަފުތާގެ ނަމުގައި އެއް ހަފުތާގެ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން ފުވައްމުލަކު ހޮސްޕިޓަލުގެ ނަރުހުން އިސްނަގައިގެން ބަލިމީހުންގެ ގެތަކަށް “ހޯމް ވިޒިޓް” ޕްރޮގްރާމެއް ވެސް ހިންގާފައި ވެއެވެ.

ނަރުހުންގެ ހަފުތާގެ ކޮމިއުނިޓީ ވިޒިޓިންގެތެރެއިން- 12 ޖޫން 2022

އެޕްރޮގްރާމް އަމާޒު ކުރައްވާފައިވަނީ އުމުރުން 45 އަހަރުން މަތީގެ މީހުންގެ ތެރެއިން ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ ކުރައްވަމުން ގެންދަވާ މީހުންނަށް ޚިދުމަތް ދިނުމަށެވެ. އެޕްރޮގްރާމުގެ ތެރެއިން ގައިންގަޔަށް ނާރާ ބަލިތަކާއި ބެހޭ މަޢުލޫމާތު އެފަދަބަލިތަކުގެ މީހުންނާއި އެމީހުންގެ އާއިލާތަކަށް ދިނުމާއި އެކު ބައްޔާއި ގުޅޭ ގޮތުން ސާވޭ އެއް ކުރިއަށް ގެންގޮސްފައިވާކަމަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ.

ނަރުހުންގެ ހަފުތާގެ ކެއްކުމުގެ މުބާރާތުގެ ތެރެއިން- 12 ޖޫން 2022

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments