ފުވައްމުލައް ސިޓީގެ ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން ފާސްކޮށްފި

ކުރިޔަށް އޮތް 5 އަހަރުގެ ތަރައްގީގެ ޕްލޭން ފާސްކުރުން 2021
Share on facebook
Share on twitter
Share on google

ކުރިއަށް އޮތް 5 އަހަރަށް ފުވައްމުލައް ސިޓީގެ ތަރައްޤީގެ ޕްލޭން މިއަދު ފުވައްމުލައް ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. ތަރައްގީގެ މިޕްލޭނާއެކު އާބަން ޑިވެލޮޕްމެންޓް ޕްލޭނާއި ފައިނޭންޝަލް ޕްލޭން ވެސް ފާސްކޮށްފައި ވެއެވެ.

މިއީ އަލަށް ހޮވޭ ކޮންމެ ކައުންސިލަކުން ވެސް 6 މެސް ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ މަސައްކަތެވެ. ނަމަވެސް މިފަހަރަގެ ކައުންސިލަރުން ހުވައިކުރުމާއި ހަމައިންވެސް ކޮވިޑް-19ގެ ދަތިތަކާއި ހެދި މި މަސައްކަތް ފުރިހަމަ ކުރުމުގެ މުއްދަތު ލޯކަލް ގަވާމެންޓް އޮތޯރިޓީއިން ވަނީ އިތުރު ކޮށް ދީފައެވެ.

މިއަދު ފުވައްމުލައް ސިޓީ އިދާރާގެ ޖަލްސާ ކުރާ ކޮޓަރީގައި ކުރިޔަށްދިޔަ މިބައްދަލުވުން ވަނީ ކައުނސިލްގެ ފޭސްބުކް ޕޭޖުން ލައިވްކޮށް ދައްކާފައެވެ. މިޖަލްސާގައި ސިޓީ ކައުންސިލް މެމްބަރުންނާއި ސިޓީ ކައުންސިލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑަގެންފައި ވެއެވެ.

ކުރިޔަށް އޮތް 5 އަހަރުގެ ތަރައްގީގެ ޕްލޭން ފާސްކުރަން މިއަދު ބޭއްވި ޖަލްސާ 2021

ފުވައްމުލައް ސިޓީ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމުގައި ބަލާފައިވާ ތަރައްޤީގެ މައިގަނޑު އަސާސްތަކަކީ:

  • ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުން.
  • ސިއްހީގޮތުން ދުޅަހެޔޮ އާބާދީއެއް ބިނާކުރުން
  • އަމާންކަމާއި ރައްކާތެރިކަން ހޯދައިދިނުން
  • ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމާއި ތިމާވެށި ހިމާޔަތްކޮށް ރަށުގެ ފެހިކަން ދެމެހެއްޓުން،
  • އެއްބަޔަކު އަނެއްބަޔަކަށް އަޅާލާ ގުޅުން ބަދަހި މުޖުތަމައެއް ބިނާކޮށް، ހަމަހަމަކަން ގާއިމުކޮށް، ގެދޮރު ވެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ހޯދައި ދިނުން،
  • އިސްލާމްދީނުގެ އަޤީދާ ވަރުގަދަކޮށް، ރަށުގެ އާދަކާދައާއި ސަގާފަތް ކުރިއެރުވުން،
  • ކަންކަން ނިންމުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުން އަދި
  • ޒިންމާދާރު ހިދުމަތްތެރި ކައުންސިލެއް އުފެއްދުން

ކަމަށް މިއަދުގެ ބައްދަލުވުމުގައި މޭޔާރު އިސްމާލީއލު ރަފީގު ފާހަގަ ކުރެއްވިއެވެ.

ކުރިޔަށް އޮތް 5 އަހަރުގެ ތަރައްގީގެ ޕްލޭން ފާސްކުރަން މިއަދު ބޭއްވި ޖަލްސާ 2021

މިއަދު ފާސްކުރެވިގެންދިޔަ އާބަން ޑިވެލޮޕްމެންޓް ޕްލޭން ނުވަތަ ލޭންޑްޔޫޒް ޕްލޭނަކީ އެންމެ ފުރިހަމައަށް ތައްޔާރުކުރެވިފައިވާ ޕްލޭނެއް ނޫންކަމަށް ވިޔަސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިމަސައްކަތް ފުރިހަމަކުރަން ޖެހެތީ މިވަގުތަށް ލޭންޑް ޔޫޒް ޕްލޭން ފާސްކުރަނީ ކަމަށް މޭޔާރު އަދި ޑެޕިއުޓީ މޭޔާރުގެ ވާހަކާއިގައިވެސް ފާހަގަ ކުރެއްވިއެވެ. އަދި ކުރިޔަށް އޮތް 2022 ވަނަ އހަރު ޚާއްސަ އިސްކަމެއް ދީގެން ފަންނީ މާހިރުން ބޭނުންކޮށްގެން ފުވައްމުލައް ސިޓީގެ ލޭންޑް ޔޫޒް ޕްލޭން އަލުން އަކުލަވާލައި ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

ފުވައްމުލައް ސިޓީ ޑިވެލޮޕްމެންޓް ޕްލޭނަށް ފުޅާދާއިރާއި އެއްގައި ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދާފައި ވެއެވެ. ފުވައްމުލައްސިޓީގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަނޑައަޅާފައި ވަނީ ފްލެޓް އިމާރާތްކުރުމަށެވެ. ރަށުގައި ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް އޮތީ ވަރަށް ކޫދަ ހުސްޖާގައެއް ކަމަށް މިއަދުގެ ބައްދަލުވުމުގައި ފާހަގަ ކުރެވިގެން ދިޔައެވެ.

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments