A wide advertisement which will be shown on all devices. (700 x 100)

‘ފުވައްމުލައް ޕްލޭން 22022-2026’ ބައްދަލުވުންތައް ނިންމާލައިފި

ތައްރައްގީގެ ޕްލޭންގެ މަޝްވަރާ ބައްދަލުވުންތައް ރޭ ނިންމާލައިފި.

‘ފުވައްމުލައް ޕްލޭން 2022-2026’ ނަމުގައި ފުވައްމުލައް ސިޓީގެ ތަރައްޤީގެ 5 އަހަރު ދުވަހުގެ ޕްލޭން އެކުލަވާލުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ސިލްސިލާ ބައްދަލުވުންތައް ރޭ ނިންމާލައިފިއެވެ.

މި މައްދަލުވުން ތައް ނިންމާލި އިރު ކުރިން ޕްލޭންކޮށް ތާވަލް ކުރެވުނު 13 ބައްދަލުވުމުގެ އިތުރަށް 2  ބައްދަލުވުމާއެކު ޖުމަލް 15 ބައްދަލުވުން ބާއްވާފައި ވެއެވެ. އޮންލައިންކޮށް ކްލަބްހައުސް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކު ފުވައްމުލައް ސިޓީ ކައުނސިލްގެ ފޭސްބުކު ޕޭޖުން ލައިވްކޮށް ފައި ވެއެވެ.

ތައްރައްގީގެ މަޝްވަރާ ބައްދަލުވުމުގެ ބައިވެރިންނާއެކު ކުރިޔަށް

ތާވަލަށް އިތުރު ކުރެވުނު ދެ ބައްދަލުވުމަކީ ‘ދީނާއި މުޖުތަމައު’ އަދި ‘ސަގާފަތާއި ތަރިކަ’ އެވެ. އެނެމް ފަހުން ރޭގައި ކުރިޔަށްގެންދިޔައީ ސަގާފަތާއި ތަރިކައިގެ ބައްދަލުވުމެވެ.

ރޭ (27 ޖުލައި 2021) ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ހުޅުވާލި ފުރަތަމަ މައުޒޫ އާކީ ‘ހައުސިން އަދި ލިވަބްލ ސިޓީ، އާއި ރޭގެ ދެވަނަ މައުޒޫ ސަގާފަތާއި ތަރިކަ އެވެ.

ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި ވަނީ ގިނަ ބަޔަކަށް ބައިވެރިވެވޭނެ ވަގުތަށް ބަލއިގެން ރޭގަނޑު  8:30-9:45 އަށް އަދި 10:00-11:15 އަށެވެ. ނަމަވެސް ކޮންމެ ސެޝަނެއްގައި ވެސް ގިނަ ބަޔަކު ޝުއޫރު ފާޅުކުރުމާއި ޚިޔާލުތައް ހުށަހެޅުމުގައި ވަގުތު އިތުރުކުރން ޖެހުން ކަން ފާހަގަ ކުރެވުނެވެ.

ވުމާއެކު ފުވައްމުލައް ސިޓީ ކައުންސިލުން ކުރިޔަށް ގެންދިޔަ މިބައްދަލުވުންތައް ވެގެން ގޮސްފައި ވަނީ ގިނަބައެއްގެ ބައިވެރިވުން ލިބިގެންދިޔަ ކާމިޔާބު ބައްދަލުވުން ތަކަކަށެވެ. މިބައްދަލުވުން މޮޑަރޭޓްކޮށް ބަލަައްޓާވާ ދެއްވި ފަރާތްތަކުގެ ތެރޭގައި އަބްދުﷲ ނާފިޒު /މަގިވަޑޮދޮރޮ، ނަސްރުﷲ އަލީ ގަޖުރާގެ، އަބްދުﷲ މުހައްމަދު ހުނުބޮލި، އަހުމަދު ފާތިހު ނިއުލައިޓް، އިޔާޒު ވަހީދު، ވިކްޓްރީ ހިމެނެއެވެ.

މީ ބައްދަލުވުންތަކުގެ އިތުރުން ވެސް ފުވައްމުލައް ސިޓީގެ ތަރައްގީގެ ޕްލޭނަށް ޚިޔާލު ހުށަހަޅަން އެދޭ ފަރާތްތަކަށް އެކަމަށް އިތުރު ފުރުސަތުދިނުމުގެ ގޮތުން މައިވޮއިސް ފުވައްމުލައް ސިޓީގެ ނަމުގައި ވެބްޕޯޓަލް އެއް ގާއިމުކޮށް ފުވައްމުލައް ސިޓީގެ އެކިއެކި ސަރަހައްދުތައް ތަރައްގީ ކުރުމުގައި ރައްޔިތުންގެ ޚިޔާލު ލިޔުމުންނާއި ކުރެހުމުން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ތައްރައްގީގެ ޕްލޭންގެ މަޝްވަރާ ބައްދަލުވުންތައް ރޭ ނިންމާލައިފި.

ފުވައްމުލައް ސިޓީގެ ތައްރައްގީގެ ޕްލޭނެއް އެންމެ ފަހު އެކުލަވާލީ 2019-2023 އަށެވެ. އައު ޕްލޭނެއް އެކުލަވާލާއިރު ކުރީގެ ޕްލޭނުން ހާސިލު ކުރެވިފައި ވަނީ ކިހާ މިންވަރެއްތޯ އާއި ހާސިލުނުވި ކަންކަމަށް ދިމާވި ގޮތޮންޖެހުންތަކަކީ ކޮބައިތޯ ވެސް ބަލައި މަޝަވަރާތަކުގައި ހިމެނުނުނަމ އިތުރަށް ފުރިހަމަވާނެ ކަމަށް މިފޯރަމްތަކުގެ ބައެއް ބަިއވެރިން ބުނެއެވެ. ތަރައްގީގެ ޕްލޭނުގައި ހިމަނާ ހުރިހައި ކަމެއް އެ މުއްދަތުގައި ހާސިލު ނުވެދާނެ ކަންވެސް ގަބޫލުކުރަން ޖެހެއެވެ. އަދި އެކަންތައްތައް ހާސިލުނުވުމަށް މެދުވެރިވި ސަބަބުތައް ވެސް ކައުންސިލް ދައުރު ނިމޭއިރު އެ ކައުންސިލްކުން ހާމަކުރުމަކީ ރައްޔިތުންނަށް ކަންކަން ސާފުވެގެން ދާނެ މަގެކެވެ.

މިއީ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނު 7/2010 ގެ ދަށުން އެކުލަވާލަން ޖެހޭ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ކުރިޔަށް ގެންދާ ބައްދަލުވުންތަކެއް ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މާދަމާ ރެއަށް ވެސް އޮންލައިންކޮށް އާއްމު ބައްދަލުވުމެއް ބޭއްވުމަށް ސިޓީ ކައުންސިލުން ތާވަލް ކޮށްފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !