A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ ތާރީހުގައި ވެސް އެންމެ ގިނަ މަޝްރޫއުތައް ހިންގަމުން ދަނީ މި ވެރިކަމުގައި

ފުވައްމުލައް ސިޓީގެ ތަރައްގީގެ މަސައ

ހަސަން ހައްސާމް

ފުވައްމުލަކުގެ ތާރީހުގައި ވެސް އެންމެ ގިނަ މަޝްރޫއުތައް ހިންގަމުން ދަނީ މި ވެރިކަމުގައި ކަމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކްޓިވް ހުޝާމް މުހައްމަދު ޑިރެކްޓަރ ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ކުރިއަށްދާ ޕްރޮޖެކްޓްތަކަށް އަލިއަޅުވާލަމުން ހުޝާމް ވިދާޅުވީ މި ސަރުކާރުން މުޅިން އަލަށް  ފުވައްމުލަކުގެ ސްކޫލްތަކަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލް އެޅުމާއި، ގުރުއާނާއި ބެހޭ މަރުކަޒެއް އިމާރާތް ކުރުމާއި އަދި ރައްޔިތުންގެ އެދުމަށް މިސްކިތްތައް ބިނާ ކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށެވެ. މީގެ އިތުރުން ޒުވާނުންނަށްޓަކައި ޓާރފް ފުޓުބޯޅަ ދަނޑުތައް ހަދާދީފައިވާ ކަން ހުޝާމް ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ފުވައްމުލަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސޯޝަލް ހައުސިން އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ޔަގީންކަން ހުޝާމް ވަނީ ދެއްވާފައެވެ.

އެމްޖޭއެސް މަލްޓިޕާޕަސް ހޯލު ނިންމަިއ ބޭނުންކުރަމުން އާދޭ.

މީގެ އިތުރުން ފުވައްމުލަކުގައި ވަޒީފާގެ ފުރުސަތު އުފެއްދުމަށްޓަކައި މި ސަރުކާރުން ވަނީ ޓްރޭޑްނެޓްގެ ނަމުގައި މުޅިން އާ ކުންފުންޏެއް އުފައްދައި ފުވައްމުލަކު ގިނަ އަދަދެއްގެ ޒުވާނުން ހިމަނައިގެން އެ ކުންފުނީގެ އޮފީސް ފުވައްމުލަކުގައި ގާއިމްކޮށްފައި ކަމަށާއި އޭގެ އިތުރުން އެޗްޑީސީގެ ކޯލް ސެންޓަރެއް ވެސް ފުވައްމުލަކުގައި ގާއިމްކުރެވި ހިންގަމުން އެބަދާ ކަމަށާއި އަދި މޯލްޑިވިއަންގެ ކޯލް ސެންޓަރެއް ފުވައްމުލަކުގައި ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ފުވައްމުލަކއުގައި މިސްކިތްތައް އިމާރާތް ކުރުމުެ މަސައްކަތް ކުރިޔަށް އެބަދޭ

ފުވައްމުލަކު ލޯކަލް ނިއުސް ޗެނަލް ‘އަފުން ނިއުސް’ގެ އަފުންވެށި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހުޝާމް ވިދާޅުވީ މި ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކާއި ކުރަމުންދާ މަސައްކަތްތަކުގެ ކްރެޑިޓް ކުރީ ސަރުކާރުގެ ފަރާތްތަކުން ނަގަން އުޅޭކަމަށެވެ. އަދި އެކަމަށް ހުޝާމް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެފަރާތްތަކަށް ރައްދު ދެއްވައި ހުޝާމް ވިދާޅުވީ އެކަންތައް ކޮށްނުދީ އޮތުމަކީ އެކަންކަން ކުރުމުގެ އިހްލާސްތެރިކަން އެމީހުންގެ ނެތުން ކަމަށާއި، ކުރީ ސަރުކާރުތަކަށް އޮތީ ކަންކަން ނުކުރެވިފައި ކަމަށެވެ. މިއަދުގެ ސަރުކާރުގެ ތަފާތަކީ ކަމެއް ކޮށްދޭނެ ކަމަށް ބުނެފި ނަމަ އެކަން ކޮށްދޭން މަސައްކަތްތައް ކުރުން ކަމަށާއި އަދި ސަރުކާރުން ކަންކަން ކޮށްދެމުންދާތަން ފެންނަމުންދާ ކަމަށެވެ.

ފުވައްމުލަކުގެ ރިންގް ރޯޑްގެ މަސައްކަތް ނިމި އެތެރޭގެ މަގުތައކުގައި ތާރުއެލުމުގެ މަސައްކަތް ކުރިޔަށްދޭ

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހުޝާމް އިތުރަށް ވިދާޅުވި ގޮތުގައި ހއ. ތުރާކުނުން ފެށިގެން އައްޑޫ އާއި ދެމެދުގައިވާ ކުޑަ ރަށެއް ބޮޑު ރަށެއް އަދި އާބާދީ އަކަށް ބެލުމެއް ނެތި މި ސަރުކާރުން ދަނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރަމުން، ޕްރޮޖެކްޓުތައް ހިންގަމުން ކަމަށެވެ. އެގޮތުން ފުވައްމުލަކުގައި ވެސް ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުން ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާ ކަމަށް ހުޝާމް ވިދާޅުވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !