ޕީޕީއެމް ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާއަށް ހޮވިވަޑައިގަތް އަލީ ފަޒާދުގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑީ ގެއްލިއްޖެއެވެ. އަލީ ފަޒާދުގެ ގޮނޑީ ގެއްލިފައިވަނީ، ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން އަލީ ފަޒާދު މައްސަލަ ބެއްލެވުމަށްފަހު އެޕާޓީއިން ވަކިކުރުމާއި ގުޅިގެނެވެ. ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން އަލީ ފަޒާދުގެ މައްސަލަ ބައްލަވާފައިވަނީ ސެޕްޓެމްބަރު މަހު 6 ވަނަ ދުވަހުގައެވެ. އަލީ ފަޒާދުގެ މައްސަލަ ޕީޕީއެމް އިން ބަލާފައިވަނީ ރިޔާސީ އިންތިޚާބަށް ދެ ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އަމަލުތައް ގޯސް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން، ރައްޔިތުންގެ މަޖިލިހަށް އިއްޔެ ފޮނުވާފައިވާ ސިޓީގައިވާ ގޮތުން، ފަޒާދުގެ ނަން ޕީޕީއެމްގެ ދަފްތަރުން އުނިކުރުމާ ގުޅިގެން އޭނާގެ ގޮނޑި ވަނީ ގެއްލިފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ ސިޓީއާ ގުޅިގެން، މަޖިލިހުގެ ސައިޓުން ވެސް ފަޒާދުގެ ނަން ވަނީ އުނިކޮށްފަ އެވެ.
ފަޒާދަކީ ފުވައްމުލަކުގެ ތިން މެމްބަރުންގެ ތެރެއިން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ދެވަނަ މެމްބަރެވެ. ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވަނީ މިދިޔަ އަހަރު ޕީޕީއެމުން ވަކިވެފައެވެ. އޭގެ ފަހުން އަހަރެއްހާ ދުވަސް ފާއިތުވީ އިރުވެސް ފުވައްމުލަކު އުތުރު ދާއިރާ ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުނުކުރެވިއެވެ. އަލީ ޝާހު މަޖިލީހުން ވަކިވިކަމަށް ނިންމި ނަމަވެސް، ބައި އިލެކްޝަނެއްވަނީ ނުބޭއްވިފައެވެ.
ފުވައްމުލަކުގެ މެމްބަރުންގެ ތެރެއިން މިހާރު ޕީޕީއެމްގައި ހުންނެވީ ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އެކަންޏެވެ.
ޚިޔާލުތައް
ފަޒާދު މޮޅުގޮތްހޯދަން އުޅުނީމަ މިލިބުނީ ލަނޑެއް. ދެވަނަ ދައުރަކަށް ތައްޔާރުވޭ، ހޮވާނަން ޕީޕީ ނޫނީ ކޮންމެ ޕާޓީއަކުން އަޔަސް