ކޯލިޝަން ސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ފުވައްމުލަކު ދިގުވާނޑު، ނޫދުވާދީ އަލީ ނަޒީރަށް ްމިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިޙު ދެއްވައިފިއެވެ. އަލީ ނަޒީރަށް ލިބިވަޑައިގަތީ އަދާލަތު ޕާޓީގެ ފަރާތުން ކޯލިޝަންގައި ތަމްސީލުކުރާ މަގާމެއް ކަމަށް ވެއެވެ. އަލި ނަޒީރުއަކީ އަދާލަތު ޕާޓީގެ ސްޕޯކްސް ޕާސަންއެވެ.
އަލީ ނަޒީރުއަށް މިއަދު ސްޓޭޓް މިނިސްޓަރުކަން ހަވާލު ކުރެއްވުމާއެކު މިސަރުކާރުގައި ފުވައްމުލަކަށް ނިސްބަތްވާ 1 މިނިސްޓަރަކާއި، މިނިސްްޓަރުން ފެންވަރުގެ 1 ބޭފުޅެއްގެ އިތުރުން 3 ސްޓޭޓް މިނިސްޓަރުންނާއި 1 ޑެޕިއުޓީ މިނިސްޓަރު (ނާއިބު) ހިމެނިގެން ދިޔައީއެވެ.
ކޯލިޝަން ސަރުކާރުގެ އިސް ސަފުގައި ހިމެނޭ ފުވައްމުލަކަށް ނިސްބަތްވާ ފަރާތްތައް
ނާއިބު ރައީސް ފައިސަލް ނަސީމު، ނޫޑަލްހީ ، ފުނާޑު – ޖުމްހޫރީ ޕާޓީ
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އޮނަރަބްލް މުހައްމަދު މަލީހު ޖަމާލު، ކުނަހަނގާލިގެ، ދޫނޑިގަމު – ޖުމްހޫރީ ޕާޓީ
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް (މިނިސްޓަރު ފެންވަރުގައި) އަލްއުސްތާޒު އަލީ ޒާހިރު (އަލިޕީ) މިސްކިތްމަގުު – އަދާލަތު ޕާޓީ
މިނިސްޓްރީ އޮފް އެޑިިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ރަޝީދު ތިމާވެށި، މާދަޑު – އެމްޑީޕީ
މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު، ނޫރުވާދީ، ދިނގުވާނޑު – އަދާލަތު ޕާޓީ
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގަރިކަލްޗަރ ގެ ސްޓޭޓް މިނިސްޓަރ، އަހުމަދު މުހައްމަދު (މަނިކު) ވިނަފެހިގެ، ދަޑިމަގު – ޖުމްހޫރީ ޕާޓީ
މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓު ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ޚާލިސް ޝަރީފް، ސަވާ، ދިގުވާނޑު – އެމްޑީީޕީ
ޚިޔާލުތައް