A wide advertisement which will be shown on all devices. (700 x 100)

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު 2019

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރާނެ ކަމަށް ބެލެވޭ ދެކުނު ދާއިރާގެ ބައެއް ކެންޑިޑޭޓުން

ކުރިޔަށް އޮތް 2019 ވަނަ އަހަރަށް ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމެޓީގެ އިންތިޚާބަށް ފުވައްމުއް ސިޓިކައުންސިލުން ވަނީ ހުޅުވާލާފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ކަމަށްް ކުރިމަތިލާން އެދޭ ފަރާތްތަކުން މިއަދު 17 ޑިސެމްބަރުގެ 12:00 ގެ ކުރިން އެ ކައުންސިލަށް ހުޅަހެޅުމަށް އިއުލާން ކޮށްފައި ވެއެވެ.

އަންހެނުންގެ ތައްރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއަކީ ގާނުނޫ ނަމްބަރު 7/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނުގެ 35 ވަނަ މާއްދާއާއި 57 ވަނަ މާއްދާގެ ދަށުން، އެ ދާއިރާއެއްގެ ކައުންސިލްގެ ދަށުން ހަރަކާތްތެރިވުމަށް އުފެއްދާ ކޮމެޓީއެކެވެ.

އެގޮތުން ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ މަސައްކަތް ކުރާނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ދަށުނެނެވެ.

ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމެޓީއަށް އިންތިޚާބު ކުރެވޭނީ ކޮންމެ އިންތިޚާބީ ދާއިރާއަކުން، 3 އަހަރު ދުވަހުގެ މުއްދަތަށް 1 މެންބަރެވެ.

އެކަމަކު އެމީހުކު ވާންޖެހެނީ އެ އިންތިޚާބީ ދާއިރާގައި، ރަށްވެހިވެ، ދިރިއުޅޭ މީލާދީ ގޮތުން 18 އަހަރު ފުރިހަމަވެފައިވާ ބުއްދި ސަލާމަތުން ހުރި މީހަކަށެވެ. އަދި އެއްވެސް މީހަކަށް އަދި ކުޑަ ކުއްޖަކަށް ޖިންސީ ހާނިކައެއް ކުރިކަން ސާބިތުވެފައި ނެތުމާއި ފާއިތުވި 5 އަހަރު ތެރޭ އިސްލާމްދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެ ތަންފީޒު ކޮށްފައިވާ މީހެއްކަމުގައި ނުވުމާއި ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުމާއި އިންތިޚާބީ މަގާމެއްގައި ހުރި މީހެއްކަމުގައި ވެގެން ނުވާނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !