A wide advertisement which will be shown on all devices. (700 x 100)

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވާދަކުރަނީ 13 ކެންޑިޑޭޓުން

މެދުދާއިރާ އާއި އުތުރު ދާއިރާއިން އތމ ކޮމެޓީއަށް ވާދަކުރާ ކެންޑިޑޭޓުން

މިއަދަށް މުއްދަތު ހަމަވި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލީ 13 މެންބަރުން ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ. މި ފަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައި ވަނީ ފުވައްމުލަކު ދެކުނު ދާއިރާއިން ނެވެ. އެ ދާއިރާއިން 7 ކެންޑިޑޭޓަކު ވާދަކުރެއެވެ. އެއާއެކު ކެމްޕޭން ފޯރި ދެކުނު ދާއިރާގައި ވަރަށް ގަދައެވެ.

މެދު ދާއިރާއިން ކުރިމަތިލާފައި ވަނީ 4 ކެންޑިޑޭޓުންނެވެ. އަދި އުތުރު ދާއިރާއިން ކުރިމަތިލީ ޖުމްލަ 2 ކެންޑިޑޭޓުންނެވެ.

ކޮންމެ ދައިރާއަކުން ވެސް ކޮމެޓީއަށް ހޮވާނީ 1 މެންބަރެއެވެ.

މިފަހަރު ކުރިމަތިލީ ފަރާތްތަކަށް ބަލާއިރު ދޫނޑިގަމު އަވަށުން 6 ކެންޑިޑޭޓަކު ވާދަކުރާއިރު ފުނާޑުން ވާދަކުރަނީ 1 ކެންޑިޑޭޓެވެ.

މެދު ދާއިރާގެ ގޮނޑިއަށް މިސްކިތްމަގު 2 ކެންޑިޑޭޓާއި މާލެގަމު ކެންޑިޑޭޓަކާއި މާދަޑު ކެންޑިޑޭޓެއް ވާދަކުރެއެވެ.

އުތުރު ދާއިރާގެ ދަޑިމަގުން ކެންޑިޑޭޓަކު ވާދަނުކުރާ އިރު، މިބައިގައި ވާދަކުރާނީ އާބާދީ އެންމެ އާބާދީ ބޮޑު ހޯދަޑުގެ ކެންޑިޑޭޓަކާއި ދިގުވާނޑު ކެންޑިޑޭޓެކެވެ.

ދެކުނު ދާއިރާއަށްް ވަދަކުރާ ކެންޑިޑޭޓުން:

  1. ހަނީފާ އަލީ، ދުހެނބެރިގޭ، ދޫނޑިގަން
  2. މަރިޔަމް ޒުނޭރާ، ގޯލްޑެން ގޭޓް، ދޫނޑިގަން
  3. ސަބާހާ މޫސާ، އޭވަން، ދޫނޑިގަން
  4. ޝާއިރާ އަބްދުﷲ، ނޫ ފިޔަ، ދޫނޑިގަން
  5. މަރިޔަމް ސާދާ، ހެޕީރެސްޓް، ދޫނޑިގަން
  6. ޝަކީލާ އަލީ ދީދީ، ތީރު، ދޫނޑިގަން
  7. މަރިޔަމް ހަސީނާ، ހިއްސާ، ފުނާޑު

މެދު ދާއިރާއަށްް ވަދަކުރާ ކެންޑިޑޭޓުން:

  1. މަރިަޔމް އަލީ، ސައިޒު ހައުސް، މާދަޑު
  2. މަރިޔަމް ހަސަން ދީދީ، ކަރާންގެ، މިސްކިތްމަގު
  3. އާއިޝަތު އަލީ، އިރަސްމިކުގެ. މާލެގަން
  4. ޝަބާނާ ސައީދު، ސޯސަންވިލާ، މިސްކިތްމަގު

އުތުރު ދާއިރާއަށްް ވަދަކުރާ ކެންޑިޑޭޓުން:

  1. އާސިފާ އިބްރާހިމް ދީދީ، ދިގުވާނޑިގެ، ދިގުވާނޑު
  2. އާއިޝަތު އިބްރާހިމް، މެލްބަން، ހޯދަޑު

މި އިންތިޚާބުގެ ވޯޓުލުން އޮންނާނީ މިމަހު 29 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 ން ހަވީރު 4:00 އަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !