A wide advertisement which will be shown on all devices. (700 x 100)

ގާނޫނު ހަދާ މަޖުލީހަށް އައްޔަން ކުރަންޖެހެނީ ލާމަރުކަޒީ ގާނޫނާއި ފުށުއަރާ ގާނޫނުތައް އިސްލާހު ކުރާނެ މީހުން-ޑ.މޭޔަރ

ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި އެމަޖުލީހަށް އައްޔަން ކުރަންޖެހެނީ ލާމަރުކަޒީ ގާނޫނާއި ފުށު އަރާ ގާނޫނުތައް އިސްލާހު ކުރާނެ މީހުން ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަ މުހައްމަދު ޟިރާރު ވިދާޅުވެއެޖެއެވެ. މިއަދު ވީޓީވީގައި ވާހަކަ ދައްކަވަމުން ޟިރާރު ވިދާޅުވީ ލާމަރުކަޒީ ގާނޫނާއި ފުށުއަރާ އެތައް ބައިވަރު ގާނޫނުތަކެއް އެބަހުރި ކަމަށެވެ. އެގާނޫނު ތައް އިސްލާޙު ވާން ޖެހޭކަމަށް ޟިރާރު ފާހަގަ ކުރެއްވިއެވެ.

ގާނޫނުގައި ހުރިގޮތަށް ކަންކަން ތަންފީޒު ކުރަން ބަލާއިރު ވަރަށް ބައިވަރު ގާނޫނުތަކެއްގެ ފުށުއެރުން އެބަހުރިކަމަށް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ގާނޫނު ހަދާ މަޖުލީހަށް އިންތިޚާބު ކުރަން ވާނީ އެ ގާނޫނުތައް އިސްލާހު ކޮށްދޭނެ ފަރާތްތަކެއް ކަމަށެވެ.

މިވަގުތު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެކަންކަމަށް ވަރަށް ބޮޑަށް ވިސްނާ ގާނޫނު ހަދާ މަޖުލީހަށް ލެވޭ މީހާ އަކީ އެމަސައްކަތައް އަންނަ މީހެއްކަމަށް ހަދައި ރަނގަޅު މަޖުލީހެއް އިންތިޚާބުކުރުމަށް ޟިރާރު އެދިލެއްވިއެވެ.

ލާމަރުކަޒީ ގާނޫނާއި އެހެންގާނޫނުތަކާއި ހުރި ފުށު އެރުން ހާމަކޮށް ދެއްވަމުން ޟިރާރު ފާހަގަ ކުރެއްވީ “ބަޖެޓް ސަޕޯރޓް ދެއްވާފައި ފަހަތުން ވިދާޅުވާނެ، އޯޑިޓް ރިޕޯރޓުގައި ފާހަގަ ކުރައްވާނެ ބަޖެޓް އެގޮތަކަށް ތަންފީޒެއް ނުކުރެއޭ” ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި ހުރި ކަންކަމަށް ބަލާއިރު މިހާރުގެ ސަރުކާރުން މިދަނީ ރަނގަޅު މިސްރާބަކަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގެ ވިސްނުން ހުރީ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލަން ކަމަށެވެ.

ބައެއްފަރާތްތަކަށް ހީވަނީ ކައުންސިލްތަކުން ރަށު ތަރައްގީގެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ޟިރާރު އެކަމާއި ދެކޮޅެވެ. ޟިރާރު ހާމަކުރެއްވި ގޮތުގައި ކައުންސިލްތަކަށް ވެސް ތަރައްގީގެ މަސައްކަތްތައް ކުރެވޭނީ ކައުންސިލްތަކުގެ އޮނިގަނޑުގައި އެފަދަ ޓެކްނިކަލް މަސައްކަތް ކުރާނެ މަގާމުތައް ހިމެނިގެން ކަމަށެވެ. އޭރުން އެދާއިރާތަކުގެ މީހުން ކައުންސިލްތަކުގައި ތިބޭނެ ކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ފުވައްމުލަކުގެ އެމްޑީޕީ އިސް ފަރާތަކުން ހާމަކުރެއްވި ގޮތުގައި މިހާރު އޮތް ސިޓީ ކައުންސިލުން އެންމެ އެކަށީގެންވާ ގޮތުގައި ސިޓީގެ ތަރައްގީގެ މަސައްކްތް ކުރެވޭނެ ކަމާއި މެދު ސުވާލު އުފައްދައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !