ފުވައްމުލަކުން ބަނގުރާ އުފެއްދުމަށް ބޭނުން ކުރާ ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގްރޫޕުތަކުން ބަނގުރާ އުފެއްދުމަށް ގެންގުޅޭ ބައެއް ސާމަނު ފޮޓޯ: ޕޮލިސް މީޑީއާ
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީއިން އަމިއްލައަށް ބަނގުރާ އުފެއްދުމަށް ބޭނުން ކުރާ ސާމާނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށް “ޕޮލިސްލައިފް” ގައި ހާމަކުރެއެވެ. މިއީ އާހަަރާއި ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފާވާ ސާމާނުތަކެކެވެ.

އާ އަހަރު ފާހަގަކުރުމަށް ގުރޫޕަކުން ބަނގުރާ އުފައްދާ ކަަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނެއްގައި، ފުވައްމުލަކުގައި ހަރަކާތްތެރިވާ ގުރޫޕަކުން ބަނގުރާ އުފައްދަމުންދާ ކަމަށް ޝައްކުކުރެވޭ ސަރަޙައްދުތައް ބަލައި ފާސްކުރަނިކޮށް ފެނުނު ސާމާނުތަކެއް ކަމަށް ވެއެވެ.

ދުވަސް ދުވަސްވަރާ ފުވައްމުލަކުގައި ވެސް ބަނގުރާ އުފެއްދުމަށް ގްރޫޕުތަކުން ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު ހާމަވެއެވެ.

މީގެ ިއތުރުން ވައްކަމުގެ އަމަލުތައްވެސް ދޭތެރެދޭތެރެއިން އަންނަނީ ކުރިމަތި ވަމުންނެވެ. އެގޮތުން ފާއިތުވި ހަފުތާގައި (ޑިސެމްބަރު މަހު 27ގައި) ފުުވައްމުލަކު ދިގުވާނޑު އަވަށުގެ ގެއަކުން ވައްކަންކުރި މައްސަައެއް ވެސް ފުލުހުންނަށް ރިޕޯރޓް ކޮށްފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

ވަގުން އެގެއަށް ވަދެފައި ވަނީ ކުޑަދޮރެއް ހަލާކުކޮށްލައިގެންނެވެ. އަދި އެގޭ މީހުން ނިދާފައި ތިއްބާ، ގެއަށް ވަދެ ގެންގުޅޭ ފޯނުތަކާއި އެގޭގެ ޓީވީ ވެސް ވަގަށް ގެންގޮސްފައި ވާ ކަމަށް އެގެއިން މައުލުމާތު ދެއެވެ.

މިދެ މައްސަލަ އާއި ގުޅިގެން ވެސް އެއްވެސް މީހަކު ހައްޔަރުކޮށް ފައިނުވަކަމަށް ވެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments