A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރަކަށް އަޙްމަދު ސަޢީދު

ފުވައްމުލައް ސިޓީ ސިއްޙީ ޚިދުމަތުގެ އިސް މީހަކަށް އަހޫމަދު ސައީދު ރަންދުވަރު، މިސްކިތްމަގު

ޏ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރަކަށް މިސްކިތްމަގު ރަންދުވަރު އަހުމަދު ސައީދު ހަމަޖައްސަވައިފިއެވެ.

އަހުމަދު ސައީދު އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙު ވަނީ މި ފެބްރުއަރީ މަހު 6 ވަނަ ދުވަހު އޭނާހެލްތު ސާރވިސް އޮފް ފުވައްމުލައްއަތޮޅު ހޮސްޕިޓަލުގެ މެނޭޖަރުކަމަށް އައްޔަން ކުރައްވާފައެވެ.

ވަރަށް އަވަހަށް ހޮސްޕިޓަލުގެ ފެސިލިޓީސްތައް އިތުރަށް ރަނގަޅުކޮށް ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް އުއްމީދު ކުރާކަމަށް އަހުމަދު ސައީދު ހާމަކޮށްފައި ވެއެވެ.

އަހުމަދު ސައީދު އަކީ ފުވައްމުލަކުގެ ގިނަ އިންސްޓިޓިއުޝަންތަކެއްގެ ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އެގޮތުން ރަށުގެ ތައުލީީމީ މަރުކަޒުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާ ކުރެއްވިއެވެ. އަދި އޭގެ ފަހުން ޏ. އަތޮޅު އޮފީސް (މިހާރުގެ ސިޓިކައުންސިލް އިދާރާ) ގައި ވެސް މަސައްކަތް ކުރެއްވިއެވެ. މީގެ އިތުރުން ފުވައްމުލަކު ޔޫތު ސެންޓަރު ހިންގުމުގައި ވެސް މަސައްކަތްކުރެއްވިއެވެ.

އަހުމަދު ސައީދު ވަނީ މާލެ އަތޮޅު ކައުންސިލް މެމްބަރުކަމާއި އެކައުންސިލްގެ ރައީސް ކަން ވެސް ކުރައްވާފައެވެ.

އަހުމަދު ސައީދަކީ ރަށުގެ އިޖުތިމާޢީ ހަރަކާތްތަކުން ވަރަށް އިސްކޮށް ފެނުނު މޫނެކެވެ.

ފުވައްމުލަކުގެ ސިއްހީ ޚިދުމަތުގެ ފެންވަރާއި މެދު އާއްމުންގެ ގިނަ ކަންބޮޑު ވުންތަކެއް އެބަހުއްޓެވެ. އެގޮތުން އެ ހޮސްޕިޓަލުގައި ހުރި ޑެންޓަލް ފެސިލިޓީސްތައް ބޭނުން ނުކުރެވި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަމާއި ސްޕެޝަލިސްޓް ޑޮކްޓަރުން ރަށުން ފުރައިގެން ދިއުމުން ޚިދުމަތް މެދު ކެނޑުން ފަދަ ތަފާތު ޝަކުވާތައް ސޯޝަލް މީޑިއާއިން ވެސް ހާމަވަމުން ދެއެވެ.

ދާދި ފަހުން ފެންމަތިވެގެން ދިޔައީ ފުވައްމުލަކު ހޮސްޕިޓަލަށް ދިޔަ އުމުރުން ދުވަސްވީ، ކޮޅަށް ހުރުމަށް ދަތި ބަލިމީހަކު އަނބުރާ ގެއަށް ދާންވެގެން ޓެކްސީއެއް ނުލިބި ގެން ހޮސްޕިޓަލުގެ އެމްބިއުލޭންސް ލިބޭތޯ މަސައްކަތް ކޮށްގެން ވެސް އެކަން ހަމަނުޖެހި އެންމެފަހުން ކައިރީގައި ހުރި ގެއަކަށް ބަލިމީހާ ގެންދަން ޖެހުނު ވާހަކަ އެކެވެ.

އައު މެނޭޖަރާ އެކު ރައްޔިތުންގެ ގިނަ އުއްމީދުތަކެއް އެބަހުއްޓެވެ. އަޙުމަދު ސައީދު އަކީ އެއުއްމީދުތައް ހަގީގަތަކަށް ބަދަލުކޮށްލަދެވޭ ވަރުގެ ގާބިލް މީހެއްކަން އޭނާގެ ކުރީގެ ވަޒީފާތަކުން ވަނީ ހާމަކޮށްދީފައެވެ. އަނެއްކާވެސް ގާބިލުކަން ދެއްކުމަށް ފުރުސަތު މިއޮތީ އޭނާއަށް ފަހިވެފައިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޓިނު

    ތީނާއަކީތިދާއިރާއިން ކިޔަވާފަހުރިމީހެއްނުން.