A wide advertisement which will be shown on all devices. (700 x 100)

ދާއިމީ ދިވެހި ޑޮކްޓަރުންނާއި އެކު ފުވައްމުލައް ހޮސްޕިޓަލް ތާރީހުގެ ތެރެއަށް

އަންނަ ހަފުތާ ނިމޭހާތަނުގައި ފުވައްމުލަކު ހޮސްޕިޓަލުގައި ދައީމީކޮށް ދިވެހި ޑޮކްޓަރުން ބައްލަވަން ފައްޓަވާނެ ކަމަށް ފުވައްމުލައް ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.

ފުވައްމުލައް ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ސައީދު ވިދާޅުވި ގޮތުގައިދާއިމީކޮށް ދިވެހި ދެ ޑޮކްޓަރުން ފުވައްމުލައް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއީ ފުވައްމުލައް ހޮސްޕިޓަލުގެ ތާރީޚުގައި، މުޅިން އާ ސަފްހާއެއް ކަމަށެވެ.

މި އަންނަ ހަފްތާގެ ފަހުކޮޅުގައި ފުވައްމުލައް ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދިވެހި 2 ޑޮކްޓަރުންނަކީ، ލޮލުގެ ބަލިތަކަށް ޚައްޞަ. ޑރ އަލްމާސް އަދުނާނު އިސްމާއީލް އާއި ފުވައްމުލަކަށް އުފަން މެޑިކަލް އޮފިސަރ ޑރ އަޙްމަދު އަބްދުﷲ އެވެ.

ޑރ. އަލްމާސް MBBS ނިންމެވުމަށްފަހު އައި.ޖީ.އެމް.އެޗްގައި މަސައްކަތް ކޮއްފައިވެއެވެ. އަދި ލޮލުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކަށް ވެވަޑައިގަތުމަށް އޮފްތާލްމޮލޮޖީއިން މާސްޓާސް ޑިގްރީ ހާޞީލު ކުރެއްވީ ނޭޕާލުގެ ޓްރިބުވާން ޔުނިވަރސިޓީ އިންސްޓިޓިއުޓް އޮފް މެޑިސިންގ ގައެވެ. ލޮލުގެ ބަލިތަކަށް ޚާއްޞަވެ ވަޑައިގަތުމަށްފަހުވެސް ޑރ އަލްމާސްވަނީ އަހަރެއްހާ ދުވަހަށް އައި.ޖީ.އެމް.އެޗް.ގައި މަސައްކަތް ކޮށްފައެވެ.

ޑރ. އަޙްމަދު އަބްދުﷲ ބަންގްލާދޭޝްގައި MBBS ނިންމެވުމަށްފަހު ވަޑައިގެން މިހާތަނަށް މަސައްކަތް ކުރެއްވީ އައި.ޖީ.އެމް.އެޗްގެ އިންޓާނަލް މެޑިސިންގ ޑިޕާޓްމެންޓްގައެވެ.

ދިވެހި ޑޮކްޓަރުން ތިއްބަވައިގެން ޚިދުމަތް ކުރެއްވުމަކީ ގިނަ ފައިދާތަކެއް ހޮސްޕިޓަލަށް ލިބި ޚިދުމަތުގެ ފެންވަރު މަތިކުރެވި، އާންމުގެ އިތުބާރު ފުވައްމުލަކު ހޮސްޕިޓަލަށް ލިބުމަށް މަގުފަހި ވެގެންދާނެ ކަމެއްކަމަށް ހޮސްޕިޓަލްގެ މެނޭޖަރ ޔަގީން ކުރައްވައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !