A wide advertisement which will be shown on all devices. (700 x 100)

‘ތިބާ’ އިން ބާއްވާ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުމުގެ އާއްމު ބައްދަލުވުމެއް މިރޭ

ނަފުސާނީ ދުޅަހެޔޮކަމުގެ އާމު މައުލޫމާތުގެ ސެޝަނެއް މިރޭ ޏ.އޭއީސީ ހޯލު

ނަފުސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ ފަރާތެއް ކަމަށްވާ ‘ތިބާ’އިން މިރޭ ފުވައްމުލައް ސިޓީގައި ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުމުގެ އާއްމު ބައްދަލުވުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި ބައްދަލުވުން ބާއްވަނީ މިރޭ 8؛30ގައި ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) ހޯލުގައެވެ. މިބައްދަލުވުމުގައި މިދާއިރާގެ ތަޖުލިބާ ލިބިފައިވާ ފަރާތްކުން އާއްމުނަށް މިކަމުގެ މައުލޫތު ދިނުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން ނަފްސާނީ ގޮތުން ދިމާވާ އުނދަގޫތައް އަމިއްލައަށް ފާހަގަކުރާނެ ގޮތާއި، އެކަންތައްތައް ރަގަޅުކުރުމަށް އަމިއްލައަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދިނުމަށް ރޭވިފައި ވެއެވެ.

‘ތިބާ’ގެ ސައިކޮލެޖިސްޓުން ފުވައްމުލަކު ހޮސްޕިޓަލުގައި ޚިދުމަތް ދީފައި ވޭ.

އަދި ނަފުސާނީ މައްސަލަތަައް އަމިއްލައަށް ހައްލު ނުކުރެވޭ ހާލަތްތަކުގައި ސައިކޮލޮޖިސްޓެއް ނުވަތަ ސައިކޭޓްރިސްޓެއްގެ ލަފަޔާއި އިރުޝާދު ހޯދުމުގެ މުހިންމުކަމުގެ މައުލޫމާތު ވެސް މިރޭ ސެޝަނުގައި ދިނުމަށް ހަމަޖެހިފައި ވެއެވެ.

މިރޭގެ ބައްދަލުވުމަކީ އާއްމުކޮށް ހުޅުވާލެވިފައިވާ ބައްދަލުވުމެއް ކަމަށާއި ބައްދަލުވުމަށް ވަޑައިގެން ސުވާލުކުރުމުގެ ފުރުސަތު ވެސް ހުޅުވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ތިބާ އިން އަންނަނީ ފުވައްމުލަކު ހޮސްޕިޓަލާއި ގުޅިގެން މި ނޮވެމްބަރު މަހު 3-6 އަށް ފުވައްމުލައް ސިޓީގައި ނަފުސާނީ މައްސަލަތަކުގައި އަމަލުކުރާނޭ ގޮތާއި ގުޅެ ގޮތުްނ މީހުން ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމުތައ ހިންގަމުންނެވެ. އަދި މިދާއިރާގައި މަސައްކަތް ކުރާ ފަރާތަކަށް އިތުރު މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

‘ތިބާ’ އަކީ ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ސައިކޮލޮޖިކަލް ނުވަތަ ސައިކޭޓްރިސްޓުންގެ ލަފަޔާއި އިރުޝާދު ދިނުމުގެ ލައިސެންސް ލިބިފައިވާ ފަންނީ އެތައް މާހިރުންގެ މައްޗަށް އެކުލެވޭ ޖަމާއަތެކެވެ. އެޖަމާއަތުން ނަފުސާނީ މައްސަލަތަކުގައި ލަފާދިނުމާއި ވަކިވަކި ޚިދުމަތްތައް ވެސް ފޯރުކޮށްދެއެވެ. މާލެ، މާފަންނު ފްލެމިންގޯ ގޭގެ 3 ވަނަ ފަންގިފިލާގައި ކްލިނިކް ހުންނަ މިތަނުގެ ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކުން 7567030 ނަމްބަރާއި ގުޅައިގެން ނުވަތަ Info@thibaa.com އީމެއިލް އިންވެސް ކުރިޔަށް ދެވިދާނެކަމަށް އެފަރާތުގެ ވެބްސައިޓްގައި ހާމަކޮށްފައި ވެއެވެ.

ނަފުސާނީ މައްސަލަތަކުގައި ފަންނީ ލަފާ ދޭ ‘ތިބާ’ ގެ ޓީމު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !