ފުވައްމުލައް ސިޓީގެ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ފުވައްމުލައް ސިޓީގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މަސްތުވާތަކެތިގެ ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސާއި ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަން ގުޅިގެން މާރިޗް 14 ވަނަ ދުވަހު ހިނގި މިއޮޕަރޭޝަނުގައި މިމީހާ ދިރިއުޅޭގެ ކޯޓު އަމުރެއްގެދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ހާމަކުރައްވައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ފުވައްމުލައް ސިޓީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއްދީފައިވާކަމަށް ވެސް ފުލުހުން ހާމަކުރައްވައެވެ
މި މައްސަލަ ފުވައްމުލައް ސީޓީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންދާއިރު، މި އޮޕްރޭޝަނަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ.
5
4
3
2
1
- ފުލުހުންގެ ސަދަން އޭރިއާ ކޮމާންޑަރު ފުވައްމުލައް ސިޓީ ކައުންސިލާއި އެކު ބައްދަލުކުރައްވައިފި
- ފުވައްމުލައް-އައްޑޫ ފެރީން ގެނައި މަސްތުވާތަކެތި އަތުލައިގެންފި
- ފުވައްމުލައް ސިޓީން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 225 ހޯދައިފި
- ފުވައްމުލައް ސިޓީ ފުލުހުންގެ ކޮމާންޑަރަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޟްވާން
- ފުވައްމުލައް ސިޓިން ރާކައްކާ 4 ގެއް ހޯދައި، 23 މީހުން ހައްޔަރުކޮށްފި