މިމަހު 17 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ފައިނަލް ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތަށް ހުޅުވާލައިފިއެވެ. އެލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ 1 ދުވަހެވެ. އެގޮތުން މިއަދު (20 މާރޗު) އިން ފެށިގެން މާދަމާ (21 މާރޗް)ގެ 15:00 އަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކަމިޝަނުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މިފަހަރުގެ ޝަކުވާ ހުށަހެޅޭނީީ ކުރިން ހުށަހަޅާފައިވާ ރަޖިސްޓްރޭޝަންގެ ކަމެއް ރަނގަޅު ކުރުމަށެވެ.
މިފަހަރު މުޅި ރާއްޖެއިން ވޯޓު ލުމުގެ ހައްގު ލިބިގެންވާ 264،589 މީހުން އެބަތިއްބެވެ. ފުވައްމުލަކުގެ ރަޖިސްޓރީން ވޯޓު ލުމަގެ ހައްގު ލިބިގެންވާ 8860 މީހުން އެބަ ތިއްބެވެ. އެއީ:
ފުވައްމުލަކު އުތުރު ދާއިރާގައި 3394 މީހުން، – ވާދަކުރަނީ (3 ކެންޑިޑޭޓުން)
ފުވައްމުލަކު މެދު ދާއިރާ ގައި 2821 މީހުން، – ވާދަކުރަނީ (2 ކެންޑިޑޭޓުން)
ފުވައްމުލަކު ދެކުނު ދާއިރާގައި 2645 މީހުން، – ވާދަކުރަނީ (3 ކެންޑިޑޭޓުން) ނެވެ.
ރާއްޖެއިން ބޭރުން ސްރީލަންކާގެ ކޮލޮމްބޯ އަދި އިންޑިއާގެ ޓްރިވެންޑްރާމާއި މެލޭޝިއާގެ ކުއާލާލަމްޕޫރާއި އިނގިރޭސިވިލާތުގެ ލަންޑަނުގައި ބަހައްޓާ ވޯޓު ފޮށްޓަށް ވެސް ފުވައްމުލަކުގެ މީހުން ވޯޓު ލާނެއެވެ. މީގެ ތެރެއިން ފުވައްމުލަކުގެ އެންމެ ގިނަ މީހުން ވޯޓު ލާނީ ކޮލޮމްބޯގައި ހުންނަ ފޮށަތަށެވެ. ދެން އެންމެ ގިނަ މީހުން ވޯޓުލާނީ މެލޭޝިއާގައި ބަހައްޓާ ވޯޓު ފޮށްޓަށެވެ.
ފުވައްމުލަކު މީހުން ވޯޓުލާނީ ސްރީ ލަންކާގެ ކޮލޮމްބޯގެ 1 ނަމްބަރު ވޯޓު ފޮށްޓަަށެވެ.
ފުވައްމުލަކު މީހުން ވޯޓު ލާނީ މެލޭޝިއާގެ ކުއާލާލަމްޕޫރުގައި ބަހައްޓާ 2 ނަމްބަރު ވޯޓު ފޮށްޓަަށެވެ.
ޓްރިވެންޑްރަމާއި ލަންޑަނުގައި ބަހައްޓަނީ 1 ވޯޓު ފޮށްޓެވެ.
ޚިޔާލުތައް