A wide advertisement which will be shown on all devices. (700 x 100)

މިއަހަރުގެ ފުރަތަމަ ބޮޑީ ބޯޑިންގ މުބާރާތް ފުވައްމުލަކުގައި

ބޮޑީ ބޯޑިން އެސޯސިއެޝަނުން އިންތިޒާމްކޮށްގެން މިއަހަރު ބާއްވާ ފުރަތަމަ ބޮޑީ ބޯޑިން މުބާރާތް މިމަހު 5-6 އަށް ފުވައްމުލަކު ތުޑީގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ. މިއީ ޒުވާން ރާޅާއެޅުންތެރިން އުފެއްދުމަށް ރަނގަޅު ފުރުސަތެއް ކަމަށާއި، މި މުބާރާތުގައި ޒުވާން ހުނަރުތައް ފުވައްމުލަކުން ފެނިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް މަޝްހޫރު ރާޅާއެޅުންތެރިޔާ އަލީ ހުޝްރުވާން (ކުޑަ އައްޔަ) މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

މުބާރާތް ފެށުމުގެ ކުރިން އޭޕްރީލް 3 ވަނަ ދުވަހާއި، 4 ވަނަ ދުވަހު އަދި ފަސްވަނަ ދުވަހު ފުވައްމުލަކުގައި ރާޅާއަޅާ ކުދިންނަށް ރާޅާއެޅުމަށް ދަސްކޮށްދިނުމުގެ ޕްރޮގްރާމުތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ސީ ސްޕޯޓްސްގެ އެހީތެރިކަމާ އެކު ބޮޑީބޯޑިންގެ މުބާރާތެއް މިދިޔަ އަހަރު ވެސް ފުވައްމުލަކުގައި ވަނީ ބާއްވާފައެވެ.

+1
0
+1
0
+1
0
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !