2015 ވަނަ އަހަރުގެ އިންޓާސްކޫލް އެތުލެޓިކްސް މުބާރާތުގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުން ވިދާލި އިބްރާހިމް އަޝްފާން އަލީ (އައްޕި) އާއިއެކު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމު އިއުލާންކޮށްފިއެވެ. މިހިގާ އެޕްރީލް މަހު 19 އިން 24 ގަތަރުގެ ދޯހާގައި ބާއްވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ސްކޮޑްގައި އައްޕިގެ އިތުރުން ހިމެނެނީ ރާއްޖޭގެ ބާރު ދުވުންތެރިއާ ހަސަން ސާއިދާއި ނުޖޫމް ހަސަން އާއި ހުސެއިން ފަޒީލް ހާރޫނާއި ސަރީސް އަހުމަދާއި އިބާދުﷲ އާދަމާއި ހުސެއިން ރިޒާ އެވެ.
މި ޓީމު ފައިނަލް ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައި އެ ގައުމުގެ ބެންގަލޫރުގައި ހެދި ދެ މަސް ދުވަހުގެ ތަމްރީންތަކަށް ފަހު އެވެ. މި ޓީމުގެ މިޑްލް ޑިސްޓެންސް ކޯޗަކީ އިންޑިއާގެ އަލަގަވްޑީ ޝިވަނަޑާ އެވެ. ސްޕްރިންޓް ކޯޗަކީ އަހުމަދު ފާއިލް އެވެ.
ޚިޔާލުތައް