އެތުލެޓިކްސް ޗެމްޕިއަން ޓީމަށް ހޫނު މަރުހާބާއެއް ކިޔައިފި

މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކް މުބާރާތު 2022 ގެ ހުރިހާ ގޮތަކުން އެންމެ މޮޅު ޓީމު - ޏ.އޭއީސީ
Share on facebook
Share on twitter
Share on google

ރޭ ގދ. ތިނަދޫގައި ނިމިގެން ދިޔަ މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކްސް މުބާރާތް 2022ގެ މުޅި މުބާރާތުގެ ޗެމްޕއިންކަން ހޯދި ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ)ގެ ޓީމު މިއަދު ފުވައްމުލައް ސިޓީއަށް އައުމުން ބަނދަރުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކް މުބާރާތު 2022 ގެ ހުރިހާ ގޮތަކުން އެންމެ މޮޅު ޓީމު – ޏ.އޭއީސީ އަށް މަރުހާބާ ކިއުން

މިއަދު ހެނދުނު އޭއީސީގެ އެތުލެޓިކްސް ޓީމު ފުވައްމުލަކަށް ފޭބުމުން ޓީމުގެ ކޯޗުންނާއި އޮފިޝަލުން، އެތުލީޓުން އަދި ޓީމުގައި ހިމެނުނު ބެލެނިވެރިންނަށް ވެސް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން ސްކޫލުގެ އިސްފަރާތްތަކާއި ދަރިވަރުން ވަނީ ފުވައްމުލަކު ބަނދަރުގެ ފައިބާ ފާލަމުގެ ދެފަރާތުން ދިގު ސަފުތަކަށްް އެތުރިގެން ތިބެ ފައިބަމުންދިޔަ ޓީމު މެމްބަރުންގެ ކަރުގައި މާބޮނޑިތައް އަޅުވާފައެވެ. ޓީމުގެ މެމްބަރުން ފޭބުމާއެކު ހޫނު ތަރުހީބުގެ އަތްތިލަބަޑިތަކާއެކު މާބޮނޑިތައް އަޅަން ފެށިއެވެ.

ދަރިވަރުން ފޭބީ އެދަރިވަރުން ޙާސިލުކުރި ރަންމެޑެއްޔާއި ރިހިމެލޑެލް، އަދި ލޯ މެޑެލްތައް ކަރުގައި އަޅައިގެން ހާސިލުކުރި ވަނަތަކުގެ ތަށިތައް ވެސް ހިފައިގެންނެނެވެ.

މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކް މުބާރާތު 2022 ގެ ހުރިހާ ގޮތަކުން އެންމެ މޮޅު ޓީމު – ޏ.އޭއީސީ އަށް މަރުހާބާ ކިއުން

ޏ.އޭއީސީ އަކި މިފަހަރުގެ މުބާރާތުގައި މުބާރާތް ބޭއްވުނު ތިނަދޫ، ގދ.އޭއީސީ ފިޔަވައި އެންމެ ގިނަ އެތުލީޓުން ބައިވެރިވި ސްކޫލެވެ.

މުބާރާތާއި ގުޅޭ ގޮތުން އޭއީސީގެ ޕްރިންސިޕަލް އިސްމާއިލު ސައުދުﷲ ވިދާޅުވެފައި ވަނީ މިމުބާރާތް ޏ.އޭއީސީއަށްް ކާމިޔާބުކުރެވުނީ “ސުކޫލުގެ އެތުލެޓިކްސް މެނޭޖްކުރެވެމުން އައި ފަލްސަފާ ބަދަލުކޮށް، އާ އަޒުމަކާއި، ހިތްވަރަކާއިއެކު ދެމެހެއްޓެނިވި ގޮތެއްގައި މިކަންކުރުމުގެ މާސްޓާ ޕްލޭނެއްގެ ދަށުން” ކަމަށެވެ.

މި މަސައްކަތުގައި ޒުވާން ކޯޗް އަލީ ޝާމް އާއި އެތުލެޓިކްސްގެ ދާއިރާގައި ފުވައްމުލަކުގެ ތަޖުރިބާކާރު ކޯޗް، ޓީމު ލީޑަރެއްގެ ގޮތުން މަސައްކަތް ކުރެއްވި މުހައްމަދު އިބްރާހިމް ދީދީ (ޑީޑީ) ގެ މޮޅު ރޭވުންތެރިކާމާއި ހިކުމަތް ބޭނުންކޮށްފައިވާ ކަމަށެވެ. ހަމައެގޮތަށް ސްކޫލުގެ ޑީޕީ އާމިނަތު އަހުމަދު އާއި ޓީޗާ ފިރާޝް އާއި ޓީޗާ އާމިނަތު ނާސިރު އާއި މަރިޔަމް އަބްދުލް ގާދިރުގެ ބުރަ މަސައްކަތް ފާހަގަ ކުރައްވާ ކަމަށް ވިދާޅުވެއެވެ.

މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކް މުބާރާތު 2022 ގެ ހުރިހާ ގޮތަކުން އެންމެ މޮޅު ޓީމު – ޏ.އޭއީސީ އަށް މަރުހާބާ ކިއުން

“މީގެ އިތުރުން ބެލެނިވެރިން ޖާނާއި މާލުން ވި ގުރުބާނީ އަކީ މިކަމުގެ އަސްލު. ދަރިވަރުން ކަށިން ހިތްވަރު ނެރެ ލެއިން ޤުރުބާންވެގެން ކުރި ބުރަ މަސައްކަތް” ޕްރިން ސިޕަލް ސައުދު ހާމަކުރައްވާފައި ވެއެވެ.

ޏ.އޭއީސީގެ މިކާމިޔާބީ ހާސިލުކުރުމަށްޓަކައި އެކިގޮތްގޮތުން އެހިތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރަމުން ފުވައްމުލައް ސިޓީ ކައުންސިލާއި ވައިޓް ރެބިޓް ސްޕޯޓްސް، އަދި މެދުދާއިރާގެ އެމްޕީ ހުސޭން މުހައްމަދު ދީދީ އާއި އެސްކޫލުގެ އެކިއެކި ކަންކަމުގައި އެހިތެރިވެދެއްވާ ސްކޫލުގެ މުސްކުޅި ދަރިވަރެއްކަމަށްވާ ، އޯޝަނިކޯ މޯލްޑިވްސް- އަލީ މަސީހުގެ ނަން ފާހަގަ ކޮށްފައި ވެއެވެ.

މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކް މުބާރާތު 2022 ގެ ޏ.އޭއީސީ އެތުލީޓުން ކުރީގައި

މިމުބާރާތަށް ގދ.ތިނަދޫއަށް ފުވައްމުލައް ސިޓީގެ ޓީމުތަކުން ދިއުމުގެ ދެކޮޅު ދަތުރު ހަމަޖައްސާދީފައި ވަނީ ފުވައްމުލައް ސިޓީ ކައުންސިލުންނެވެ.

5.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments