A wide advertisement which will be shown on all devices. (700 x 100)

މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކްސް މުބާރާތް 2022ގެ ހުރިހާ ގޮތުކުން އެންމެ މޮޅު ސްކޫލަކަށް ޏ.އޭއީސީ

މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކް މުބާރާތު 2022 ގެ ހުރިހާ ގޮތަކުން އެންމެ މޮޅު ޓީމު - ޏ.އޭއީސީ

ރޭ ނިމިގެންދިޔަ މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކްސް މުބާރާތް 2022ގެ ހުރިހާ ގޮތުކުން އެންމެ މޮޅު ސްކޫލެއްގެ މަގާމު ނުވަތަ މުޅި މުބާރާތުގެ ޗެމްޕިއަންކަން ޏ. އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) އިން ޙާސިލުކޮށްފިއެވެ.

މިމުބާރާތުގައި 36 ޓީމަކުން ވާދަކުރި އިރު 1054 އެތުލީޓުން ވާދަކޮށްފައި ވެއެވެ. ޖުމުލަ 1156 އިންވެންޓުގެގެ އެގްރިގޭޓް ޕޮއިންޓުން އެއްވަނަ ހޯދައިގެން ޏ.އޭއީސީއިން ވަނީ މުބާރާތުގެ އޮވަރޯލް އަންހެން ކުރިންގެ ބައިންނާއި ފިރިހެން ކުރިންގެ ބައިން ވެސް އެއްވަނަ ހޯދާފައެވެ.

މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކް މުބާރާތު 2022 ގެ ހުރިހާ ގޮތަކުން އެންމެ މޮޅު ޓީމު – ޏ.އޭއީސީ

މުބާރާތުގެ 15 އަހަރުން ދަށުގެ 1 ވަނަ އެތުލީޓް – އަހްމަދު ނޫޙު ވަލީދު (509) ޏ.އޭއީސީ

މުބާރާތުގެ 15 އަހަރުން ދަށުގެ ފިރިހެން ކުރިންގެ ބައިން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ އަހްމަދު ނޫޙު ވަލީދު (509) ޏ.އޭއީސީއެވެ. އޭނާ ވަނީ 400 މީޓަރުގެ ދުވުމާއި އަދި ޖެވެލިން ތްރޯ އިން ގޯލްޑް މެޑެލް ހާސިލުކޮށް ޖެވެލިން ތްރޯއިން  މިމުބާރާތުގެ ރެކޯޑު ހަދާފައެވެ. އެއީ 34.30 މީޓަރަށް ޖެވެލިން އެއްލައިގެންނެވެ. ޖެވެލިންގައި އޭނާއާއި އެންމެ ކައިރިން ވާދަކުރި ވާދޫ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ނަވީން ޖެވެލިން އެއްލާފައި ވަނީ 25.83 މީޓަރަށެވެ. މިބައިން 3 ވަނަ އަދި 4 ވަނަ  އެމްޖޭއެސްގެ ދެ ދަރިވަރުން ކަމަށްވާ އަޔާދު އާއި ޝާނިފް ހޯދިއެވެ.

400 މީޓަރު ދުވުމުން ނޫހު އެއްވަނަ ހޯދާފައިވަނީ 58.32 ސިކުންތުން ރޭސް ނިންމައިގެނެވެ. މިއިވެންޓްގެ ދެވަނަ ހާސިލުކުރީ ހޭޒްގެ ދަރިވަރު މުހައްމަދު ލަޔާން އެވެ. އޭނާ ރޭސް ނިންމީ 1:00.80 އެއް މިނިޓުންނެވެ.

މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކް މުބާރާތު 2022 ގެ ޏ.އޭއީސީ އެތުލީޓުން ކުރީގައި

މުޅި މުބާރާތުގެ އަންހެން 1 ވަނަ އެތުލީޓަކަށް ހޮވިފައި ވަނީ އަހުނާ ނިޒާރު – ދަ ބްލެކް މާރލިން އެވެ. އޭނާ ވަނީ 3 ގޯލްޑް މެޑެލާއި، މިމުބާރާތުގެ 3 ރެކޯޑެއް ގާއިމުކޮށްފައެވެ.

މުޅި މުބާރާތުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ހޮވިފައިވަނީ އަހުމަދު ވިސާމު – ސާއިދު ސްޕޯޓްސް އެވެ. އޭނާ ވަނީ މުބާރާތުގައި 3 ރަން މެޑެލް ހޯދާފައެވެ.

މިފަހަރުގެ ޏ.އޭއީސީ ޓީމު ފެނިގެން ދިޔައީ ވަކިވަކި އެތުލީޓުންގެ ކާމިޔާބަށް ވުރެ ބޮޑަށް މުޅި ޓީމުގެ ޕާފޯމަންސްކަން މުބާރާތުގެ އިންވެންޓްތަކުގެ ނަތީޖާ އިން ހާމަވެގެން ދިޔައެވެ.

ޏ.އޭއީސީން ވަނީ މުބާރާތުގެ އެކިއުމުރު ފުރާތަކުން އެކިވަނަތައް ހާސިލުކޮށްފައެވެ.

މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކް މުބާރާތު 2022 ގެ ޏ.އޭއީސީ އެތުލީޓުން

ފުވައްމުލަކު ސްކޫލްތަކުގެ ވަނަތައް

19 އަހަރުން ދަށުގެ އަންހެން 10 ޓީމާއި 11 އިވެންޓުގެ ނަތީޖާއިން 1 ވަނަ ޏ.އޭއީސީ އަށް – 123 ޕޮއިންޓް

މިބައިން ފުވައްމުލައް ސިޓީގެ އެހެން ސްކޫލްތަކުން ބައިވެރިވެފައެއް ނުވެއެވެ.

19 އަހަރުން ދަށުގެ ފިރިހެން 11 ޓީމާއި 13 އިވެންޓުގެ ނަތީޖާއިން 2 ވަނަ ޏ.އޭއީސީއަށް – 92 ޕޮއިންޓް

މިބައިން ފުވައްމުލައް ސިޓީގެ އެހެން ސްކޫލްތަކުން ބައިވެރިވެފައެއް ނުވެއެވެ.

މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކް މުބާރާތު 2022 ގެ ޏ.އޭއީސީ އެތުލީޓުން ކުރީގައި

17 އަހަރުން ދަށުގެ އަންހެން

18 ޓީމާއިއެކު 13 އިވެންޓުގެ ނަތީޖާއިން 2 ވަނަ ޏ.އޭއީސީ އަށް – 107 ޕޮއިންޓް

އެމްޖޭއެސް އަށް 8 ވަނަ – 24 ޕޮއިންޓް،

އެފްއެސް އަށް 11 ވަނަ – 13 ޕޮއިންޓް،

ހޭޒް އަށް 13 ވަނަ – 8 ޕޮއިންޓް.

 

17 އަހަރުން ދަށުގެ ފިރިހެން

23 ޓީމާއިއެކު 13 އިވެންޓުގެ ނަތީޖާއިން 1 ވަނަ ޏ.އޭއީސީއަށް – 103.6 ޕޮއިންޓް

އެމްޖޭއެސް އަށް 3 ވަނަ – 62.6 ޕޮއިންޓް،

ހޭޒް އަށް 14 ވަނަ -12 ޕޮއިންޓް،

އެފްއެސް އަށް 23 ވަނަ – 1 ޕޮއިންޓް.

 

މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކް މުބާރާތު 2022 ގެ ޏ.އޭއީސީ އެތުލީޓުން

15 އަހަރުން ދަށުގެ އަންހެން

18 ޓީމާއިއެކު 14 އިވެންޓުގެ ނަތީޖާއިން 2 ވަނަ އެމްޖޭއެސް އަށް – 88 ޕޮއިންޓް

ޏ.އޭއީސީއަށް އަށް 4 ވަނަ – 73 ޕޮއިންޓް،

ހޭޒް އަށް 9 ވަނަ – 19 ޕޮއިންޓް،

އެފްއެސް އަށް 11 ވަނަ – 14 ޕޮއިންޓް،

 

15 އަހަރުން ދަށުގެ ފިރިހެން

20 ޓީމާއިއެކު 14 އިވެންޓުގެ ނަތީޖާއިން 2 ވަނަ ޏ.އޭއީސީއަށް – 98 ޕޮއިންޓް

އެމްޖޭއެސް އަށް 3 ވަނަ- 96 ޕޮއިންޓް،

ހޭޒް އަށް 5 ވަނަ – 45 ޕޮއިންޓް،

އެފްއެސް އަށް 15 ވަނަ – 7 ޕޮއިންޓް،

 

13 އަހަރުން ދަށުގެ އަންހެން

21 ޓީމާއިއެކު 13 އިވެންޓުގެ ނަތީޖާއިން 2 ވަނަ އެމްޖޭއެސް އަށް – 74.5 ޕޮއިންޓް

ހޭޒް އަށް 4 ވަނަ  – 52 ޕޮއިންޓް،

އެފްއެސް އަށް 14 ވަނަ – 8 ޕޮއިންޓް،

ބްރައިޓްވޭ އިންޓަނޭޝަނަލް -17 ވަނަ- 4ޕޮއިންޓް.

މިބައިގައި ޏ.އޭއީސީ ބައިވެރިއެއް ނުވެއެވެ.

 

13 އަހަރުން ދަށުގެ ފިރިހެން

22 ޓީމާއިއެކު 14 އިވެންޓުގެ ނަތީޖާއިން 2 ވަނަ އެމްޖޭއެސް އަށް – 98 ޕޮއިންޓް

އެފްއެސް އަށް 5 ވަނަ – 43 ޕޮއިންޓް،

ހޭޒް އަށް 6 ވަނަ – 40.5 ޕޮއިންޓް،

ބްރައިޓްވޭ އިންޓަނޭޝަނަލް -12 ވަނަ- 14 ޕޮއިންޓް.

މިބައިގައި ޏ.އޭއީސީ ބައިވެރިއެއް ނުވެއެވެ.

 

މިއީ މާޒީގައި ޏ.އޭއީސީޓީމުން އެތުލެޓިކްސް މުބާރާތްތަކުގައި ހޯދާފައިވާ ކާމިޔާބީތައް އިޔާދަކުރުމުގެ ފެށުމެއް ކަމަށް ބެލެވެއެވެ.

އޭއީސ ފިޔަވައި ފުވައްމުލައް ސިޓީއިން މިފަހަރުގެ މުބާރާތުން އެނެމް ކާމިޔާބީ އެމްޖޭއެސް އެވެ. އެމްޖޭއެސް ޓީމުން ވަނީ ފާއިތުވި ތިނަދޫ އެތުލެޓިކްސް މުބާރާތުގައި ފުވައްމުލަކުގެ ޓީމުތަކުން ވެސް އެނެމް ރަނގަޅު ނަތީޖާ ހޯދާފައެވެ. މިމުބާރާތުގައި ފުވައްމުލައް ސިޓީއިން ބައިވެރިވެފައިވަނީ 5 ސްކޫލަކުންނެވެ.

މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކް މުބާރާތު 2022 ގެ އެމްޖޭއެސް ޓީމު

އެއީ: ޏ.އޭއީސީ

އެމްޖޭއެސް

ހޭޒް

އެފްއެސް

ބްރައިޓްވޭ އިންޓަނޭޝަނަލް- ފުވައްމުލައް އެވެ.

މަކިޓާ ގައުމީ ޖޫނިއާ އެތުލެޓިކް މުބާރާތު 2022 ގެ ހޭޒްގެ ޓީމު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !