އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ފުވައްމުލައް ސިޓީގެ ޓީމުތައް ފުރައިފި

މަކިޓާ ޖޫނިއާ އެތުލެޓިކްސް މުބާރާތް 2022 - ގދ.ތިނަދޫގައި
Share on facebook
Share on twitter
Share on google

މިއަހަރު ގދ. ތިނަދޫގައި ބާއްވާ އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ފުވައްމުލައް ސިޓީގެ ޓީމުތައް ފުރަން ފަށައިފިއެވެ.

އެގޮތުން އިއްޔެ ރަށުން ފުރާފައި ވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ)ގެ ޓީމާއި ހާފިޒު އަހުމަދު ސްކޫލް (ހޭޒް)ގެ ޓީމެވެ. މި ދެ ޓީމު އިއްޔެ އިރުއޮއްސުނު އިރު ތިނަދޫއަށް އައުމުންހޫނު މަރުހާބާއެއް ކިޔާފައި ވެއެވެ. ފުވައްމުލަކު ސްކޫލާއި އެމްޖޭއެސްގެ ޓީމުތައް ވެސް ފުރަން ތައްޔާރުވަމުން ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ވެސް މިމުބާރާތުގައި ބައިވެރިވާ އައްޑޫ ސަރަފުއްދީން ސްކުލާއި އައްޑޫ ބިލަބޮން ހައި އާއި ކްލަބް ރައިވެރިޔާ އިން ވެސް މިއަދު ތިނަދޫއަށް ގޮސްފައިވެއެވެ.

މަކިޓާ ޖޫނިއާ އެތުލެޓިކްސް މުބާރާތް 2022 – ބައިވެރިްނނަށް ގދ.ތިނަދޫއިން މަރުހަބާ ކިޔުން

މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޮކްޓޯބަރު މަހު 23-27 އަށް ގދ. ތިނަދޫ ސްޓޭޑިއަމްގައެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު 22 ވަނަ ދުވަހުގެ ރޭ ތިނަދޫ ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ރާވަފައެވެ.

މި ދެ ޓީމަށް މަރުޙަބާ ކިއުމަށާއި ރަށުތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތް ތިނަދޫގައި ވަރަށް ފޯރިއާއެކު ކުރަމުން އާދެއެވެ. އެގޮތުން ތިނަދޫ ސްޓޭޑިއަމްގެ ތައްޔާރީތަކުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ހާމަކުރެއެވެ.

މަކިޓާ ޖޫނިއާ އެތުލެޓިކްސް މުބާރާތް 2022 – ބައިވެރިްނނަށް ގދ.ތިނަދޫއިން މަރުހަބާ ކިޔުން

އެސްޓީއޯއިން ރާއްޖެ އތައރާފުކޮށްގެން އުޅޭ  މަކިޓާ ޓޫލްސް ބްރޭންޑއިން ސްޕޮންސާ ކޮށްގެން ކުރިޔަށްގެންދާ މިމުބާރާތުގައި 36 ޓީމަކުން ވާދަކުރެއެވެ. މިމުބާރާތުގައި މުޅިއެކު 1054 ހާ އެތުލީޓުންނާއި 198 އޮފިޝަލުން ބައިވެރިވާނެ ކަމަށް އިމްތިޒާމުކުރާ ތިނަދޫ ކައުންސިލުން ހާމަކުރެއެވެ. މުބާރާތުގެ އޮފިޝަލުންގެ ޓްރެއިނިން މީގެ ދެދުވަށް ކުރިން ވަނީ ނިންމާލާފައެވެ.

މިމުބާރާތުގައި ޖުމުލަ 1156 އިވެންޓް ހިމެނޭ ކަމަށް ހާމަކުރެއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމެގެ ޗެނެލްތައް މެދުވެރިކޮށް މިމުބާރާތް ލައިވް ކުރާގޮތަށް ވެސް ހަމަޖެހިފައިވާކަމަށް އިންތިޒާމުކުރާ ފަރާތުން ހާމަކުރެއެވެ.

މަކިޓާ ޖޫނިއާ އެތުލެޓިކްސް މުބާރާތް 2022 – ގައި ބައިވެރިވާ ޏ.އޭއީސީގެ ޓީމު

ދާދި ފަހުންވެސް ތިނަދޫ ކައުންސިލުން އިންތިޒާމުކުރި އެތުލެޓިކްސް މުބާރާތެއްގައި ފުވައްމުލައް ސިޓީގެ ޓީމުތަކުން ވާދަކުރިއެވެ. އަދި އެމުބާރާތުގެ އިންތިޒާމުތައް ފުރިހަމަކާމާއި ބައިވެރިންނަށް ތިނަދޫއިން ލިބުނު އެއްބާރުލުމަށް މުބާރާތުގައި ބައިވެރިވެި ހުރިހާ ޓީމުތަކުން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. މިމުބާރާތަށް ވެސް ތިނަދޫ އަންނަނީ ވަރަސް ފުރިހަމައަށް ތައްޔާރުވަމުންނެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments