އުރީދޫ މޯލްޑީވްސް އިން ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ފައިބަރ އޮޕްޓިކް ނެޓްވަރކް މެދުވެރިކޮށް، ސުޕަނެޓް ޙިދުމަތް ޚިދުމަތް ފެށުމާއިއެކު ރާއްޖޭގެ ފުރަތަމަ ގިގަބައިޓް ސިޓީއަކަށް ފުވައްމުލައް ވެއްޖެއެވެ.
އިއްޔެ އުރީދޫއިން ތައާރަފުކޮށްފައިވާ ފައިބާ ބްރޯޑްބޭންޑް ސްޕާނެޓްގެ ޚިދުމަތް ތައާރަފުކޮށްފައިވަނީ ފުވައްމުލަކު ތުޑީގައި އުރީދޫއިން ބޭއްވި ޚާއްސަ މާހެފުމެއްގައި ފުވައްމުލަކުގައި ތައާރަފްކޮށްފައިވަނީ، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހް ޖަމާލް އާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު އާއި ފުވައްމުލަކުގެ މޭޔަރ އަބްދުﷲ ފަލާހް ޝަރީފް އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާންއެވެ.
“ފުވައްމުލައް ސިޓީ އަކީ އިވޯލްވްވަމުން އަންނަ ޑިޖިޓަލް ހަބެއް. މި ސިޓީގެ ޑިޖިޓަލް ކުރިއެރުންތަކަށް އިތުރު އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަޅުގަނޑުމެންގެ ގިގަބިޓް ކޭޕަބަލް ފައިބަރ ނެޓްވާކް ގާއިމްކޮށް، ހަލުވި ސްޕީޑުގެ ސުޕަރނެޓް ބްރޯޑްބޭންޑް ފޯރުކޮށްދެވުމީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެއް.” އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީގެ ސުޕަނެޓް ކަސްޓަމަރުންނަށް މިހާރު މާކެޓްގެ އެންމެ ރަނގަޅު އަގުތަކުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.
ސުޕަނެޓްގެ ޚިދުމަތް ފުވައްމުލަކުގައި ތައާރަފްކުރުމުގެ އުފަލުގައި، 5 ޖޫން 2019 ގެ ކުރިން ޚިދުމަތް ބައްލަވައިގަންނަ ކަސްޓަމަރުންނަށް އުރީދޫ އިން ވަނީ ވަރަށް ފުރިހަމަ އޮފަރ ތަކެއް ތައާރަފްކޮށްފައެވެ.
“ލަވަ ފޮއްޓާއި، އައިބޭ އާއި ފޮލޯމީ އަކީ ފުވައްމުލަކު ޒުވާނުންގެ އީޖާދުތައް، އިނޮވޭޝަން އަކީ ފުވައްމުލަކު ޒުވާނުންގެ ލެއާއި ގުޅިފައިވާ ކަމެއް. އެހެންފަރާތްތަކުންވެސް އުރީދޫ ފަދައިން އާއީޖާދުތައް ފުވައްމުލަކަށް ތައާރަފުކުރަންވީ” ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓާ މަލީހު ވިދާޅުވިއެވެ.
އަދި ފުވައްމުލަކުގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫއިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށް ވެސް ވަނީ ހަމަޖައްސާފައެވެ.
2 އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ. މި ޕެކޭޖުތައް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ.
އުރީދޫގެ ސުޕަރނެޓް ބްރޯޑްބޭންޑް މެދުވެރިކޮށް، އިންޓަނެޓް ޕެކޭޖުތަކުގެ ސްޕީޑު އިތުރު ކޮށްދޭ ފުރަތަމަ ޕެކްތައް ކަމަށްވާ ސުޕަރނެޓް ޓާރބޯ އާއި ދިގު މުއްދަތަކަށް ޙިދުމަތް ޚިޔާރުކުރެއްވުމުން ވަރަށް ފުރިހަމަ ޑިސްކައުންޓުތަށް ލިބޭ ސޭވަރ ޕްލޭން ފަދަ، ކަސްޓަމަރުންނަށް ބޭނުންތެރި އީޖާދީ ޙިދުމަތްތައް ވެސް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.
ޚިޔާލުތައް