A wide advertisement which will be shown on all devices. (700 x 100)

މިރޭ ކަރަންޓް ކެނޑިފައި ވަނީ އެޗްވީކޭބަލެއް އަނދައިގެން ކަމަށް ބެލެވޭ -ފެނަކަ

ރޭފަތިހުވެސް ފުވައްމުަލައް ސިޓީ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނު

މި މޭމަހު ފުވައްމުލައް ސިޓީން ގިނަގިނައިން ކަރަންޓް ކެނޑެމުން އަންނަކަން ފާހަގަވެއެވެ. އެގޮތުން މިރޭ ވެސް ފުވައްމުލަކުގެ ގިނަ އަވަށްތަކަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

މިރޭ ކަރަންޓް ކެޑެން ދިމާވެގެން އުޅެނީ ހައިވޯލްޓޭޖް ކޭބަލެއް އަނދައިގެން ކަމަށް ލަފާކުރެވޭކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

ކަރަންޓަށް މައްސަލަ ދިމާވި ގޮތެއް އެއްކޮށް ބަލައި ނިމުމުން އަލުން ކަރަންޓް ދެވޭނެ ވަގުތެއް ހާމަކުރެވޭ ވަރުވާނެކަަމށް ފެނަކަ-ފުވައްމުލައް އިން މައުލޫމާތު ދެއްވައެވެ. ކަރަންޓް ކެނޑުމާއެކު ަމއްސަލަ ބެލުމުގެ މަސައްކަތް ފަށައިގެންކުރިޔަށް އެބަދާކަަށް ހާމކުރެއްވިއެވެ.

ކަރަންޓް ނެތިގެން އުއްބައްތި ދިއްލައިގެން

 

ފެނަކައިން ހާމަކުރަައްވާ ގޮތުގައި ކަރަންޓްގެ މައްސަލަ ބޯޑަށް ދިމާވެގެން އުޅެނީ ދޫނޑިގަމު ހިސާބަށެވެ. ނަމަވެސް މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދިގުވާނޑު، ހޯދަޑު މާދަޑު އަވަށާއި ދޫނޑިގަމުން ވެސް މިރޭ ކަނރަންޓް ކެނޑިފައިވާ ކަމަށް އެ އަވަށްތަކުގެ ގޭގެއިން ހާމަކުރެއެވެ.

ނަމަވެސް މިމަހު 5 ވަނަ ދުވަހު ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމަވެގެން ކަމަށާއި އެކަން ހައްލުކޮށް އެދުވަހު 11:00 ގައި ކަރަންޓް ދެވޭވަރު ވާނެކަމަށް ފެނަކައި ހާމަކުރިއެވެ.

އެއިގެ ކުރިން މޭމަހު 2 ވަނަ ދުވަހު ރަށުގެ އުތުރުގެ 3 އަވަށް ކަމަށްވާ ދަޑިމަގު، ދިގުވާނޑު އަދި ހޯދަޑުން ކަރަންޓް ކަނޑާލީ އިތުރު ފޯމަރެއް ގުޅުމަށާއި މައި އިންޖީނުގޭގެ ކަރަންޓްގެ މަސައްކަތެއް ކުރުމަސް ކަމަށް އންޖީނުގެއިން ވަނީ އާއްމުކޮށް އިއުލާންކޮށްފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !