ފުވައްމުލައް ސިޓީ އަކީ ދިވެހިރާއްޖޭގެ “ސިލިކަން ވެލީ” ގޮތުގައި ތަރައްގީ ކުރާނެ ސިޓީއެއް ކަމަށް ކޮމިއުނިކޭޝަން، ސައިން އެންދް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅު ވެއްޖެއެވެ. މަލީހު މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ މޯލްޑިވްސް ޕާރޓްނަޝިޕް ފޯރަމް 2019 ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެއް ރަށެއްގެ މައްޗަށް އެކުލެވޭ މިއަތޮޅުގެ ޒުވާނުންގެ އީޖާދީ މަސައްކަތަކީ ފާހަގަ ކުރެވޭ ކަމެެއްކަން މަލީހު ފާހަގަ ކުރައްވާފައިވެއެވެ.
ފުވައްމުލައް އަޓީ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
އެގޮތުން ދިވެހިރާއްޖޭގެ ސިލިކަންވެލީގެ ގޮތުގައި ތަރައްގީކުރުމަށް މަސައްކަތް ކުރެވެމުންދާ ފުވައްމުލައް ސިޓީގެ އެންމެ މުހިންމު ކަމަކީ އެސިޓީގައި ގާއިމުކުރެވޭ ޓެކްނޮލޮޖީީ ޕާކެވެ. މިޕާކުގައި ގާއިމުކުރެވޭ ހައިޓެކް އޮފިސްތަކުގައި ތިބެގެން ދުނިޔޭގެ އެކި ގައުމުތަކުގެ ބޮޑެތި ކުންފުނިތަކުގެ ވަޒީފާ ރަށުގައި ތިބެގެން އަދާކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެކަމަށް މަލީހު ވިދާޅުވެފައި ވެއެވެ.
މީިގެ އިތުރުން އަލަށް ފަށައިގަންނަ ކުދި ކުންފުނިތަކާއި، ބިޒިނަސް ޕޮރޮސެސް އައުޓްސޯސް (ބީޕީބީއޯ) ތަކުގެ ފުރުސަތުގެ އިތުރުން އައިޓީ ދާއިރައިން މަތީ ތައުލީމުގެ ކެމްޕަހަކާއި އައިޓީ އިންކިއުބޭޝަން ޔުނިޓްތަކާއި އައު ވިޔަފާރިތަކަށް އެތަނުން ފުރުސަތު ހުޅުވިގެން ދާނެކަމަށް މަލީހު ހާމަކުރައްވާފައި ވެއެވެ.
ޚިޔާލުތައް