ފުވައްމުލައް ސިޓީގެ އާރބަން ޑިވެލޮޕްމެންޓް ޕްލޭން އާއި ގުޅޭ ބައްދަލުވުމެއް މާލޭއި ބާއްވަނީ

ތަރައްގީއަށް ފުވައްމުލަކުން ބިން ލިބެން އޮތީ ކިހާވަރަކަށް ބާ؟
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގެ އާރބަން ޑިވެލޮޕްމެންޓް ޕްލޭނިން އާއި ގުޅޭ ބައްދަލުވުމެއް މާލޭއި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ފުވައްމުލައް ސިޓީގެ “ލޭންޑް ޔޫޒް ޕްލޭން އޮފް އާރބަން ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭން” ގެ މަސައްކަތް ކުރަމުން އަންނަނީ ސީޑީއީ ކޮންސަލްޓިން ފާމަކުންނެވެ.

މާދަމާ، 12 ނޮވެމްބަރު 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕަބްލިކް ކޮންސަލްޓޭޝަން ބައްދަލުވުން އޮންނާނީ މާލެ ސިޓީ ޖަޒީ ބިލްޑިންގ ގެ 8 ވަނަ ފަންގިފިލާގައި ރޭގަނޑު 7:45 ގައެވެ. މިއީ މާލެއާއި މާލެ ކައިރީރަށްރަށުގައި ތިބި ފުވައްމުލައް ސިޓީގެ މީހުންނަށް އަމާޒުކޮށްގެން ބާއްވާ ޚިޔާލު ހޯދުމުގެ ބައްދަލުވުމެކެވެ.

ޚިޔާލު ހޯދުމުގެ ބައްދަލުވުން

މިބައްދަލުވުމުގައި ބައިވެރިވާން އެދޭ ފުވައްމުލަކުގެ ރައްޔިތުން ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ހޮޓް ލައިން 7315001 އަށ ގުޅައިގެންނާއި ސަިޓީކައުނސިލްގެ ފޭސްބުކް ޕޭޖުން އަދި ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ފާއިތުވި 46 އަހރުތެރޭގައި (1969-2015) ފުވައްމުލައް ސިޓީގައި ގެތައް އިތުރު ވެފައިވާ ގޮތްސީޑީއީ ކޮންސްލްޓިން ފާމުން ވަނީ ފުވައްލައް ސިޓީގެ ބިންތަކާއި މީހުނާއިބެހޭ މައުލޫމާތާއި އެކު ސާވެއެއް ކުރިޔަށްގެންދަން ފަށާފައެވެ.

މިހާރު ފުވައްމުލައް ސިޓީގެ ބިން ބޭނުން ކުރެވެމުންދާ ގޮތް، މުސަތަގުބަލަށް އޮތީ %23.2 ބިން.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments