އެމްޑީޕީން ބާއްވާ ޕްރަމަރީގެ ވޯޓަސް ލިސްޓަށް ޝަކުވާއަށް ހުޅުވާލައިފި

އެމްޑީޕީގެ ހަރަކާތުގެ ތެރެއިން - ފުވައްމުލައް ސިޓީ
Share on facebook
Share on twitter
Share on google

މި ޖެނުއަރީ މަހު 31 ގައި ބާއްވާ އެމްޑީޕީ ޕްރަމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެމްޑީޕީން ހުޅުވާލައިފި އެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހުޅުވާލާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ އިރުއޮއްސި 6:00ގެ ނިޔަލަށެވެ.

މިހިނގާ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގަ އެމްޑީޕީގެ ފަރާތުން ވާދަކުރާ ފަރާތްތަކައް ކަނޑައެޅުމަށް ބާއްވާ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގަ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓާއި، މެންބަރޝިޕް ޗެކް ކުރާނެ ލިންކެއް އެޕާޓީގެ ވެބްސައިޓްގައި ވަނީ އާއްމުކޮށްފައެވެ. ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އެކަމަށް ކަނޑައެޅިފައިވާ ފޯމާއެކު އީމެއިލް (mdp.lce2020.vl@gmail.com) މެދުވެރިކޮށެވެ.

އެމްޑީޕީ ކައުންސިލަރުންނާއި ފުވައްމުަލއް ސިޓީގެ ބައެއް އިސް މެމްބަރުން

ނަމަވެސް އެމްޑީޕީން އާމުކޮށްފައި ވަނީ ކުރިން އޮތް ރައްޔިތުންގެ މަޖުލީހަށް ފުވައްމުލައް ސިޓީ 3 ދާއިރާއަށް ބައިކޮށްފައިވާ ގޮތުގެ ދާއިރާ ލިސްޓެކެވެ.
އެލިސްޓްގައިވާ ގޮތުން ފުވައްމުލައް ސިޓީ ދާއިރާ ތަކުގައި ތިބީ:
ފުވައްމުލައް ސިޓީ ދާއިރާ 1 ގައި ތިބީ 1181 މީހުންނެވެ.
ފުވައްމުލައް ސިޓީ ދާއިރާ 2 ގައި ތިބީ 1519 މީހުންނެވެ.
އަންނަ އޭޕްރީލް މަހު4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެވޭނީ އަދި މިޕްރައިމަރީގައި ވޯޓުދެވޭނީ 1 ޖެނުއަރީ 2020 ގެ ކުރިން އެމްޑީޕީގެ މެންބަރުންގެ ދަފުތަރުގައި ހިމެނިފައިވާ ޕާޓީ ފަރާތްތަކަށް ކަމަށް އެމްޑީޕީން ހާމަކުރެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް އެމްޑީޕީން ޢާންމުކޮށްފައިވާ ޓައިމްލައިން:

ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު – 30 ޑިސެމްބަރު 2019 އިން 10 ޖެނުއަރީ 2020 އަށް

ކެންޑިޑޭޓުންގެ ލިސްޓު އާއްމުކުރުން – 13 ޖެނުއަރީ ވާ ހޯމަ ދުވަހު

ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު އާއްމު ކުރުން – 15 ޖެނުއަރީ ވާ ބުދަ ދުވަހު

ވޯޓު ލުން – 31 ޖެނުއަރީ

މި ޖެނުއަރީ 31 ގައި ބާއްވާ ޕްރައިމަރީއަށް ފުވައްމުލައްސިޓީގެ ގިނަ ކެންޑިޑޭޓުންތަކެއް ވަނީ ކެމްޕޭން ކުރަން ފަށާފައެވެ. މި ޕްރަމަރީން ހޮވޭ ކެންޑިޑޭޓުން ވާދަކުރަނީ އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު ކަމަށެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments