އިއްޔެ ބޭއްވުނު ޕީޕީއެމްގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރަމަރީގައި ކާމިޔާބުކޮށް ފުވައްމުލައ ސިޓީގެ މޭޔަރުކަމަށް ވާދަކުރުމަށް ތޯރިގު އަހުމަދު(ޗެޓޫ) ނެރުޅު، ދަޑިމަގު ހޮވިއްޖެއެވެ.
މި ޕްރަމަރީގައި ތޯރިގު އާއި ވާދަކުރީ ކުރީގެ ފުވައްމުލަކު މެދުދާއިރާގެ މަޖުލިސް މެމްބަރު އަލީ ފަޒާދު (އަލިބެ) އާއެވެ. މިއިންތިޚާބުގައި ތޯރިގު ކުރިހޯދާފައި ވަނީ 258 ވޯޓު އިތުރަށް ހޯދައިގެންނެވެ.
އަލީ ފަޒާދުއަށް ވޯޓުގައި ކުރި ލިބިފައިވަނީ ފުނާޑު 4 އާއި މާލެގަން 5 އިން އެކަންޏެވެ. ތޯރިގުއަށް ދަޑިމަގުން %93 ގެ ބޮދު ތަފާތަކުން ކުރި ލިބުނު އިރު މާލެގަން، 5 އިން %73.1 އދި ފުނާޑު/މިސްކިތްމަގން ލިބުނީ %72.9 އެވެ. މިއިންތިާޚބުަގއި އެންމެ ގިނަ މީހުން ވޯޓު ލާފައިވަނީ ދަޑިމަގު/ދިގުވާނޑު ދާއިރާ 1އިން ނެވެ. އެއީ 281 މީހުންނެވެ. އަދި އެމްމމަދުން ވޯޓުލާފައިވާ މާދަޑު/ދިގުވާނޑު/މިސްކިތްމަގު ދާއިރާ 3 އިން ވޯޓު ލާފައިވަނީ 127 މީހުންނެވެ.
ޕްރައިމަރި ބޭއްވި ފުވައްމުލައް ސިޓީ އިރު އުތުރު ދާއިރާއިން ކުރި ހޯދީ މުހައްމަދު ޝުޖާޢު އެވެ.
- ހަސަން އަބްދުﷲ 67 ވޯޓު.
- މުހައްމަދު ޝުޖާޢު 138 ވޯޓު
- އަބްދުﷲ ހަބީބު 64 ވޯޓު
އަންހެނުންނަށް ޚާއްސަ ފުނާޑު/މިސްކިތްމަގު ދާއިރާ 4 އިން ކުރިހޯދީ ޚާދީޖާ ނާފިއާއެވެ.
އަދި ދޫނޑިގަމު ދާއިރާ 6 އިން އަބްދުﷲ އަލީ އަށް ޓިކެޓް ލިބިފަިއވާ ކަމުގެ މައލޫމާތު ލިބެއެވެ.
މިދެދާއިރާގެ ވޯޓް އާއި ގުޅޭ އިތުރު މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ޚިޔާލުތައް