ފުވައްމުލަކު ހޮސްޕިޓަލުން ނަފްސާނީ ބަލީގެ ޚާއްސަ ވިޒިޓިން ޑޮކްޓަރަކު ޚިދުމަތްދެނީ

Share on facebook
Share on twitter
Share on google

ކުރިޔަށ އޮތް މާރޗް މަހުގެ ފުރަތަމަ ހަފުތާގައި ނަފްސާނީ ބަލީގެ ޚާއްސަ ވިޒިޓިން ޑޮކްޓަރެއްގެ ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލުން ހަމަޖައްސައފިއެވެ.

އެގޮތުން ޚިދުމަތް ދިނުމަށް ހަމަޖައްސާފައި ވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ނަފްސާނީ ބަލިތަކަށް ޚާއްސަ ޑޮކްޓަރ، ޑޮކްޓަރ ޗަންޗަލް އާޒާދު އެވެ.

މީގެ ކުރިންވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ބަލިމީހުން ބައްވާފައިވާ ޑރ. އާޒާދު މިފަހަރު ފުވައްމުލަކު ހޮސްޕިޓަލުގައި ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައި ވަނީ އަންނަ މާރޗް 03 އިން 06 އަށެވެ.

ޑޮކްޓަރަށް ދެއްކެވުމަށް ނަންނޯޓު ކުރުން 24 ފެބްރުއަރީ 2020 ދުވަހު ހެނދުނު 8:00 އިން ފެށިގެން ރިސެޕްޝަނުން ކުރިއަށް ގެންދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައެވެ. މީގެ އިތުރުން ފޯނުންވެސް ނަން ނޯޓުކުރުމަށް ހަމަޖެހިފައިވެއެވެ. ފޯނުން ނަންނޯޓު ކުރެއްވުމަށް އެ ހޮސްޕިޓަލުގެ 6861611 އަށް ގުޅުވުމަށް އެދިފައިވެއެވެ.

ފާއިތުވި އަހަރު ޖުލައި މަހުގައި ވެސްް ޑރ. އާޒާދު ވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވާފައެވެ. މީގެ އިތުރުން ވެސް ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ނަފްސާނީ ބަލީގެ ޑރ. ވިޝަވަނަތު ވެސް ފުވައްމުލަކަށް ވަޑައިގެން ބަލިމީހުން ބައްލަވާފައި ވެއެވެ. މިއީ ކޮންމެ 3 މަހަކުން 1 ފަހަރު ވިޒިޓިން ޑޮކްޓަރެއްގެ ޚިދުމަތް ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލުން ކުރިޔަށް ގެންދާ މަސައްކަތުގެ ބޮޅެކެވެ.

މިކަލް ނޫހާއް ވާހަކަ ދެއްކި ފުވައްމުލަކު މީހަކު ބުނީ މިއީ ހޮސްޕިޓަލުން ކުރިޔަށް ގެންދާ ވަރަށް މުހިންމު ކަމެއް ކަމަށާއި ނަމަވެސް ބޭނުން ވަނީ ތަފާތު ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި ނަމަވެސް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން ކަމަށެވެ.

ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި އަދި މުޅިންވެސް ޚިދުމަތް ލިބިފައިވަނީ ހިތަދޫ ހޮސްޕިޓަލުގެ ނަފްސާނީ ބަލީގެ ޚާއްސަ ޑޮކްޓަރުންގެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް މީހަކު ވަންނަނީ. ފޮޓޯ: މިކަލް ނިއުސް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments