ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރާނާ ރޯގާ ނުވަތަ ކޮވިޑް 19 ރާއްޖެއިންވެސް ފެނިއްޖެއެވެ. ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވު ވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފުންނެވެ. މިދެ މުވައްޒަފުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވުމާއިއެކު އެލާޓް ލެވެލް މިހާރުވަނީ މައްޗަށް ޖައްސާފައެވެ.
މިކަމާއި ގުޅޭ ގޮތުން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ޅ. ކުރެއްދޫ ރިސޯޓުން ކޮވިޑް-19 ފެނުމާއި އެކު އެ ރަށުގެ ސްޓޭޓަސް އޮރެންޖަށް ބަދަލުކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވި ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އަމީން ވިދާޅުވިއެވެ.
ޅ. ކުރެއްދޫ ރިސޯޓަށް އަރާ ފޭބުން އަދިވެސް ހުއްޓުވާފައިވާއިރު ސޭންޑީޒް ބަތަލާ ރިސޯޓުގައި ހުރި އިޓަލީ ފަތުރުވެރިއަކު ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުން، ރިސޯޓަށް މީހުން އެރުމާއި ފޭބުން މަނާކޮށްފި ކަމަށް ވަގުތު އޮންލައިނުން ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ސަމާ އައިލެންޑުން ވެސް ޝައްކުކުރެވޭ ހަތް މީހަކު ޓެސްޓުކުރެވުނެވެ. ނަމަވެސް ސަމާ އައިލެންޑުން ޓެސްޓުކުރެވުނު ފަރާތްތަކުގެ ކިބައިން އެވައިރަސް ފެނިފައެއްނުވުގެ ސަބަބުން ސަމާ އައިލެންޑު މިހާރުވަނީ ހުޅުވާލާފައެވެ. ސަމާ އައިލެންޑްގެ އިތުރުން ގެސްޓުން ގިނަ އަދަދަކަށް ދަތުރުކުރާ ވ. ތިނަދޫއިންވެސް އެބަލީގެ އަލާމާތްތަކަށް ފެނިގެން ޓެސްޓުކުރެވުނު އެއްވެސް ފަރާތެއްގެ ކިބައިން އެބަލީގެ ވައިރަސް ފެނިފައެއްނުވެއެވެ.
ރާއްޖެ އަށް އިޓަލީން މީހުން އައުން މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އިޓަލީގެ އިތުރުން ދެ އެ ލިސްޓުގައި އުޅެނީ ޗައިނާ އާއި އީރާން އަދި ސައުތު ކޮރެއާގެ ދެ ސަރަހައްދެކެވެ.
ޚިޔާލުތައް