A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް19 އަށް ތައްޔާރުވުމުގައި ފުވައްމުލަކު ހޮސްޕިޓަލުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދޭ

ފުވައްމުލަކު ހޮސްޕިޓަލްގައި އެމްއެްނޑީއެފް -ފުވައްމުލައް އަދި ފުވައްމުލައް-ޕޮލިސް އާއިއކެު ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އަމަލު ކުރަންޖެހޭ ގޮތުގެ މަޝްވަރާ ސެޝަން 7 މާރޗުގައި

ކޮވިޑް19 (ކޮރޯނާ ވައިރަސް) އާއި ގުޅޭ އިމަޖެންސީ ހާލަތެއްގައި ފުވައްމުލަކު ހޮސްޕިޓަލް، ފުވައްމުލައް-ޕޮލިސް، އެމްއެންޑީއެފް-ފުވައްމުލައް ހަރަކާތްތެރިވާނެ ގޮތާއި، ބަލިމީހަކު އެއްތަނުން އަނެއްތަނަށް އުފުލުމާ ގުޅޭގޮތުން އެ ދެ މުއައްސަސާތަކުގެ އިސް ފަރާތްތަކާއެކު ފުވައްމުލަކު ހޮސްޕިޓަލުން މަޝްވަރާ ބައްދަލުވުމެއް މ މާރިޗު މަހު 7 ގައި ބާއްވައިފައި ވެއެވެ. މި 3 މުއައްސައާއަކީ ވެސް ފުވައްމުލައް ސިޓީގެ ކޮވިޑް 19 ގެ ޓާސްކް ފޯހުގައި ހިމެނޭ 3 މުއައްސަސާއެވެ.

ރާއްޖޭއިން މިހާތަނަށް ވަނީ މިބަލި ޖެހިފައިވާ 4 މީހުން ފެނިފައެވެ. އެ 4 މީހުނަކީ ވެސް ބިދޭސީްނނެވެ. އެއީ އިއްޔެރޭ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޅ. ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފުން ނާއި މިރޭ ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް 2 މީހުން ނެވެ. މި ދެރިސޯޓުން ފާހަގަ ކުރެވުނު ކޭސް އާއި ގުޅުން ހުރި 173 މީހުން ފާހަގަ ކުރެވި އަދި އެއިގެ ތެރެިއން ގިނަ މީހުން މިޙާރު ވަނީ އެކަހެރި ކޮޓަރިތަކުގަިއ ބޭއްތިއްބިފައިކަމަށް ހެލްތު މިނިސްޓްރީން ޙާމަކުރައްވައެވެ.

މިހާތަނަށް މުޅި ދުނިޔޭގައި މިބަލި ޖެހިފައިވާކަމަށް 109648 މީހުންނެވެ. އެއިގެ ތެރެއިން 60956 މީހުން ވަނީ ބަލިން ރަނގަޅުު ވެފައެވެ. އަދި ބަލީގައި މަރުވެފައި ވަނީ 30802 މީހުންނެވެ.

ހޮސްޕިޓަލްގެ ފްރަންޓް އޮފީހުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅުން ހުންނަ ކޭސްތަކުގައި އަމަލު ކުރަންޖެހޭ އުސޫލުތަކަށް ތަމްރީނު ދިނުމުގެ ސެޝަނެއް މި މާރިޗް މަހު 6 ގައި ހޮސްޕިޓަލުން ބާއްވާފައި ވެއެވެ.

މީގެ އިތުރުން ވެސް ފުވައްމުލަކު ހޮސްޕިޓަލުން އަންނަނީ ކޮވިޑް19 އާއި ގުޅިގެން ތަފާތު ބައްދަލުވުންތައް ބާއްވާ ކަމާއި ގުޅުންހުރި ފަރާތްތަކަށް މިކަމުގައި ސަމާލުވާންވި ގޮތާއި އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކުރަމުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ ފްރަންޓް އޮފީހުގެ މުވައްޒަފުންނަށް ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅުން ހުންނަ ކޭސްތަކުގައި އަމަލު ކުރަންޖެހޭ އުސޫލުތަކަށް ތަމްރީނު ދިނުމުގެ ސެޝަން: 6 މާރޗު

އެގޮތުން މިއަދު ވަނީ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (PPE) ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ކަމާއި ގުޅުންހުރި މުވައްޒަފުނަށް ދިނުމުގެ ބައްދަލުވުމެއް ބާއްވާފައެވެ. ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (PPE)އަކީ ގައިންގަޔަށް އަރާ ބައްޔެއް ނުވަތަ ވައިރަހެއް ހުރި މީހަކަށް ފަރުވާ ދިނުމަށް ޖެހިއްޖެ ހާލަތުގައި ޑޮކްޓަރުންނާއި ނަރުހުން އަދި ބަލިމީހާއާއި އެންމެ ގާތުން މަސައްކަތް ކުރަންޖެހޭ ޞިއްޙީ އެހީތެރިން، ރައްކާތެރިވެ ތިބުމަށް ބޭނުންކުރާ މާސްކް، އަންގި، އަދި މުޅި ހަށިގަނޑު ނިވާ ކުރުމަށް ބޭނުންކުރާ އާލާތްތަކަށް ކިޔާ ނަމެކެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މުވައްމޒަފުްންނަށް ޕާސަނަލް ޕްރޮތެކްޓިވް އިކުއިޕްމެންޓް ބޭނުްުރާނެ ގޮތުގެ މައުލޫމަތު ދެނީ

ކޮވިޑް19އާއި ގުޅިގެން ހޮސްޕިޓަލުގެ މުވައްޒަފުން ޚާއްޞަ ޙާލަތެއްގައި ހަރަކާތްތެރިވާން ޖެހިއްޖެނަމަ PPE އަޅާނެގޮތާއި އެ އަޅައިގެން ޙަރަކާތްތެރިވާނެ ގޮތުގެ ތަމްރީން މިހާރު ދަނީ ދެވެމުން ކަމަށް ހޮސްޕިޓަލުން ހާމަރައްވައެވެ.

ފުވައްމުލައްސިޓީ ސްކޫލްތަކުގެ ދަރިަވރުންނާއި މުވައްޒަފުންނަށް ކްރޯނާ ވައިރަސް އާއި ގުޅެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް ފުވައްމުލަކު ހޮސްޕިޓަލުން ކުރިޔަށް ގެންގޮސްފައި ވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލްން ސްޚުލް ކުދިްނނަށް ކޯވިޑް19 ގެ މައުލޫމާތު ދެނީ

އެކި މުއައްސަސާތައް ގުޅިގެން ސިޓީ ފެންވަރުގައި އުފައްދާފައިވާ ކޮވިޑް19 (ކޮރޯނާ ވައިރަސް) ޓާސްކްފޯސްގެ ބައްދަލުވުމެއް މިއަދު ސިޓީ ކައުންސިލްގައި ވެސް ވަނީ ބާއްވާފައެވެ. މިއީ ރައްޔިތުން ރައްކާތެރި ކުރުމަށް ސިޓީ ފެންވަރުގައި ޙަރަކާތްތެރިވުމަށް އެކުލަވާލާފައިވާ ޓާސްކްފޯހެކެވެ. ޓާސްކް ފޯހުގެ އިސްފަރާތަކީ ފުވައްމުލަކުގެ މޭޔަރ ޢަބްދުﷲ ފަލާޙް ޝަރީފެވެ.

މިއަދުގެ ޓާސްކްފޯސް ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައި ވާ މައިގަނޑު ކަންތައްތަކަކީ:
1. ބަލީގެ އަސަރު ހުރި މީހަކު ފެނިއްޖެނަމަ ކަރަންޓީން ކުރުމަށް މިހާރު ތައްޔާރުވެފައިވާ ގޮތާއި އެފަދަ މީހުން ގިނަވާނަމަ ދެން އަމަލުކުރާނެ ގޮތަކާމެދު
2. ބަލި މީހަކު ކޮވިޑް19 އަށް ފަރުވާދިނުމަށް ޚާއްޞަ މަރުކަޒަކަށް ބަދަލުކުރަން ޖެހިއްޖެނަމަ އެކަމަށްވެފައިވާ ތައްޔާރީތައް
3. ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މުއައްސަސާތައް ގުޅިގެން ޚާއްޞަ ޕްރޮގްރާމެއް ހިންގުން ފަދަ ކަންކަމާ މަޝްވަރާ ކުރެވުނެވެ

ފަރުވާއެއް އަދި ހޯދިފައިނުވާ މިބަލީން ސަލާމަތްވުމަށް މިހާރަ ކުރެވެން ހުރި ކަންތައްތަކަކީ ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަލު އެޅުމެވެ. އެގޮތުން ރަނގަޅަށް އަތް ދޮވެ ސާފުކުރުމަށް ސަމާލުވާން ޖެހެއެވެ. ސާޖިކަލް މާސްކް ކޮންމެހެން އަޅަންވާނީ ރޯގާގެ އަލާމާތްތައް ފެންނަ މީހުންނާއި އެމީހުންނަށް ފަރުވާދޭ މީހުންނެވެ. އެގޮތުން ބޭނުންކުރާ މާސްކް އަދި ރޯގާ ފޮޅަން ގެންގުޅޭ ޓިޝޫ ވެސް ރައްކާތެރި ގޮތުގައި ނައްތާލުން މުހިއްމު ކަމަށް ސިއްހީ ފަރާތްތަކުްނ އިރުޝާދު ދެއެވެ. #ކޮވިޑް-19 އިން ރައްކާތެރިވުމަށް ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކުރެއްވުން މުހިންމެވެ.

ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ކޮވިޑް-19 ގެ އަސަރުކުރާ މިންވަރު އެނގިލައްވާތޯ؟
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !