ފވމ – ސީ އެމްބަިއުލަންސްގެ މުވައްޒަފުންނަށް ވެސް ޕީޕީއީ ބޭނުންކުރާނެ ގޮތުގެ ތަމްރީން ދީފި

ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (PPE) ބޭނުންކުރާނެ ގޮތުގެ ތަމްރީނު ސީއެމްބިއުލާންސްގެ މުވައްޒަފުންނަށް ދެނީ - ފުވައްމުލަކު ހޮސްޕިޓަލް
Share on facebook
Share on twitter
Share on google

ގައިންގަޔަށް އަރާ ބަލި ނުވަތަ ވައިރަހެއް ހުރި މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ މީހުން ރައްކާތެރިވުމުގެ ގޮތުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (PPE) ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނު ދިނުން ސއްޙީދާއިރާއާއި ގުޅުންހުރި މުވައްޒަފުން ދިނުން މިއަދު ވެސް ކުރިޔަށް ގެންގޮސްފިއެވެ.

އެގޮތުން ބަލިމީހުންނަށް ފަރުވާ ދިނުމުގައި އެންމެ ގާތުން މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުން އަދި އެޓެންޑެންޓުން ނުވަތަ އެންމެ ގާތުން ޚިދުމަތްދޭ ޞިއްޙީ އެހީތެރިން، ޚިދުމަތް ދިނުމުގައި ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރާ PPE އަޅާނެގޮތާއި، އެ އަލާތްތަކުގައި ތިބެ ކަން ކުރަންވީ ގޮތުގެ ތަމްރީނު، މިއަދުގެ ސެޝަނުގައި ބައިވެރިންނަށް ދީފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ.

މިއަދުގެ ސެޝަނުގައި އެމްއެންޑީއެފް-ފުވައްމުލައް ގެ ބެލުމުގެ ދަށުގައި ތިބޭ ސީ އެމްބިއުލާންސްގެ ފަޅުވެރިންނަށް ވެސް ތަމްރީނު ދީފައި ވެއެވެ.

ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (PPE) ބޭނުންކުރާނެ ގޮތުގެ ތަމްރީނު މުވައްޒަފުންނަށް ދެނީ – ފުވައްމުލަކު ހޮސްޕިޓަލް

އެފަދަ ބަލިމީހަކަށް ފަރުވާ ދޭންޖެހޭ ހާލަތްތަކުގައި ޑޮކްޓަރުންނާއި ނަރުހުން އަދި ޞިއްޙީ އެހީތެރިން ރައްކާތެރިވެ ތިބުމުގެ ގޮތުން ބޭނުންކުރާ މާސްކް، އަންގި، އަދި މުޅި ހަށިގަނޑު ނިވާ ކުރުމަށް ބޭނުންކުރާ ކޯޓް ފަދަ އާލާތްތަކަށް ބޭނުންކުރާނެ ގޮތް ދައްކުވައިދީ އަމަލިގޮތުން އެކަން ތަޖުރިބަ ކުރުވާފައި ވެއެވެ.

ރާއްޖެއިންވެސް ކްރޯނާ ވައިރސް ފެނުމާއި ގުޅިގެން މިދުވަސްކޮޅު އަތް ސާފުތާހިރުކޮށް ބެހެއްޓެވުމަށް ސަމާލުކަން ދެއްވުމަށް ސިއްޙިދާއިރާއިން އަންނަނީ ކެނޑީނޭޅި އިލްތިމާސް ކުރަމުންނެވެ.

ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (PPE) ބޭނުންކުރާނެ ގޮތުގެ ތަމްރީނު މުވައްޒަފުންނަށް ދެނީ – ފުވައްމުލަކު ހޮސްޕިޓަލް

ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ ސައިބޯނި ލަިއގެން އަތްދޮވުން ކަމަށް ހާމަކުރައްވައެވެ. ހޭންޑް ސެނިޓައިޒާ ބޭނުންކުރި ކަމުގައިވިޔަސް އަތްދޮންނަން ޖެހެއެވެ. ފަރުދީ ޒިންމާއެއްގެ ގޮތުން ރަނގަޅު ސައްޙަ މައުލޫމާތުތައް  ހޯއްދަވައި ރައްކާތެރި ކަމަށް މިދުވަސްކޮޅު އިސްކަމެއް ދެއްވުމަސ ްފުަވއްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވެސް ވަނީ ގޮވާލައްވާ ފައެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments