A wide advertisement which will be shown on all devices. (700 x 100)

ކޮރޯނާ ރޯގާ: ބަލި ޖެހިފައިވާ 6 މީހުން، 4 ރިސޯޓު ބަންދު

ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާއަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވުވެފައިވަނީ 6 މީހެކެވެ. މި6 މީހުންނަކީވެސް ބިދޭސީންކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗުޕީއޭ) އިން ހާމަކުރެވެއެވެ. މި6 މީހުންވެސް ފެނިފައިވަނީ ރިސޯޓުތަކުންނެވެ. އެންމެ ފުރަތަމަ ކޭސް ފެނުނު ޅ.ކުރެއްދޫ ރިސޯޓުން އެރިސޯޓުގައި މަސައްކަތް ކުރާ 4 މީހެއްގެ ގައިން މިބަލީގެ ވައިރަސް ދެފަހަރެއްގެ މަތިން ވަނީ ފެނިފައެވެ. މީގެ އިތުރުން އއ. އަތޮޅުގައި ހިންގާ ބަތަލާ ރިސޯޓުންވެސް މިބައްޔަށް 2 މީހަކު ވަނީ ޕޮޒިޓިވުވެފައެވެ. އެއާއިއެކު މިބައްޔަށް ޕޮޒިޓިވު މީހުންގެ އަދަދު މިހާރުވަނީ 6 އަށް އަރާފައެވެ. މިބައްޔަށް 6 މީހުން ޕޮޒިޓިވު ވި ނަމަވެސް، މިބަލީގެ ވައިރަސް މީހުން ދިރިއުޅޭ އެއްވެސް ރަށަކުން މިހާތަނަށް ފެނިފައެއް ނުވެއެވެ. މިބައްޔަށް ޕޮޒިޓިވި 6 މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހަކުގެ ހާލުދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް އޭނާ ވަނީ މިހާރު ބަދަލުކޮށްފައެވެ.

ރޭގެ ނިޔަލަށް ކޮރޯނާ ޖެހިފައިވާ 6 މީހުން ފެނިގައިވާއިރު، ފަރުކޮޅު ފުށީގެ އައިސޮލޭޝަންގައި ތިބީ 15 މީހެއްކަމަށާއި، ވިލިވަރު ގައި ކަރަންޓީނު ކުރެވިފައިވަނީ ޖުމްލަ 11 މީހެއްކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. ވިލިވަރުގައި ކަރަންޓީނު ކުރެވިފައިވަނީ މަބި ޖެހުނު މީހުންނާއި މިބައްޔަށް ޝަކުކުރެވިގެން ޓެސްޓުކުރެވޭ މީހުންނެވެ. އައިސޮލޭޝަންގައިވަނީ މިބަލި ޖެހިފައިވާ މީހުންނާއި ބައްދަލުވުމުގެ ސަބަބުން މިބަލި ޖެހިދާނެކަމަށް ބެލެވޭ އެހެންނަމަވެސް މިބަލީގެ އަލާމާތްތައް ނުފެންނަ މީހުންނެވެ.

މިބައްޔަށް ޝައްކުކުރެވޭ ކޭސްތައް ހުރުމާއިއެކު މިބަލި ފެނުނު ދެ ރިސޯޓުގެ އިތުރުން މާލެ އަތޮޅުގައި ހިންގާ ވަންއެންޑް އޮންލީ ރީތިރަށާއި އއ އަތޮޅު ކުރަމަތި ރިސޯޓަށް މީހުން އަރާފޭބުންވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާއަށް މީހަކު ރާއްޖޭގައި ޕޮޒިޓިވު ވުމާއިއެކު ގިނަ ދިވެހިންތަކަކަށް ލިބުނު ހާސްކަން ފިލާ ކޮންމެވެސް ވަރެއްގެ ހަމަޖެހުމަކަށް މިހާރުވަނީ އައިސްފައެވެ. ރާއްޖޭގައި ފެނުނު ފުރަތަމަ ކޭސް މިދިޔަ ހޮނިހިރު ދުވަހުރޭ އިއުލާންކުރުމާއިއެކު އެފަރާތަށް އެބަލި ވާސިލުވި ފަރާތާއި ބައްދަލުވެފައިވާ ފަރާތްތައް ހޯދާ މިރޯގާއަށް ޝައްކުކުރެވޭ މީހުންތައް ޓެސްޓުކުރުމުގައި ސަރުކާރުން އަވަދިނެތި ކުރި މަސައްކަތުން ދެދުވަހެއްގެ ތެރޭގައި ޝައްކުކުރެވޭ ފަރާތްތައް ޓެސްޓުކުރެވި ނަތީޖާ ލިބުމާއިއެކު ދިވެހިންގެ ނުތަނަވަސްކަމަށް ލުޔެއްލިބުނެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !