A wide advertisement which will be shown on all devices. (700 x 100)

ކޮރޯނާ ރޯގާ: ރާއްޖެއިން މިބަލި ޖެހިފައިވާ 8 މީހުން ފެނިއްޖެ، ޔޫރަޕުގައި އަދިވެސް ހަލުވިކަމާއިއެކު ފެތުރެނީ

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާއަށް ރާއްޖެއިން އިތުރު ދެމީހަކު އިއްޔެ ފެނުމާއިއެކު މިރޯގާ ޖެހިފައިވާ މީހުންގެ އަދަދު 8 އަށް އަރައިފިއެވެ. މިފަހަރުވެސް މިރޯގާގެ ވައިރަސް ފެނިފައިވަނީ ދެބިދޭސީންގެ ގައިންކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. މި ފަހަރު މިވައިރަސް ފެނިފައިވަނީ އއ. ކުރަމަތި އައިލެންޑް ރިސޯޓުއިން ކަމަށާއި “ކޮންޓެކްޓް ޓްރޭސިން” ގެ ކަންކަން ކުރިއަށް ގެންދާތީ ކުރަމަތި ރިސޯޓަށް އަރައިފޭބުން އަދިވެސް އޮތީ މަނާކޮށްފައި ކަމަށް އިއްޔެ އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އަށް މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކާއި ބަތަލާ ރިސޯޓުގެ ދެ މީހަކާއި އަދި އެންމެ ފަހުން އެ ބަލި ފެނުނު ކުރަމަތި ރިސޯޓުގެ ދެ މީހުންނެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. ރޭގެ ނިޔަލަށް މިބަލީގެ ވައިރަސްއާއި ގުޅިގެން ވިލިވަރުގައި ކަރަންޓީނު ކުރެވިފައިވަނީ 13 މީހުންކަމަށާއި އަދި ފަރުކޮޅުގެ އައިސޮލޭޝަންގައި 15 މީހަކެވެ.

ރާއްޖެއިން މިބަލި ފެންނަމުންދަނީ ފަތުރުވެރިންނާއި ގުޅުންހުރި ކޭސްތަކުންކަމަށްވާއިރު، ރާއްޖެއަށް ފަތުރުވެރިން އަންނަ ޔޫރަޕުގައި އަދިވެސް ދަނީ މިބަލި ހަލުވިކަމާއިއެކު ފެތުރެމުންނެވެ. އެގޮތުން، ރާއްޖެއައުން މަނާކޮށްފައިވާ އިޓަލީއިން ފާއިތުވީ 24 ގަޑިއިރުތެރޭ 2313 މީހުން ފެނިފައިވާއިރު، ޖަރުމަން، ފްރާންސް އަދި ސްޕެއިނުންވެސް 400 އަށްވުރެ ގިނަމީހުން ފެނިފައިވެއެވެ.

މިބަލި މިހާތަނަށް 124 ވަރަކަށް ގައުމުން ފެނިފައިވާއިރު، މިބައްޔާއި ގުޅޭ ގޮތުން އަވަސް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުންޏެވެ. އަދި މިރޯގާއަކީ ބައިނަލްއަގްވާމީ “ޕެންޑަމިކް” އެއް ކަމަށް ވެސް އެޖަމިއްޔާއިން ކަނޑައަޅައިފިއެވެ.

 

  ގައުމު ޖުމްލަ ކޭސްތައް އާ ކޭސްތައް މަރުވި މީހުންގެ އަދަދު
1 China 80,796 +18 3,169
2 Italy 12,462 +2,313 827
3 Iran 9,000 +958 354
4 S. Korea 7,869 +356 66
5 France 2,281 +497 48
6 Spain 2,277 +582 55
7 Germany 1,966 +401 3
8 USA 1,322 +328 38
9 Diamond Princess 696 7
10 Switzerland 652 +155 4
11 Japan 639 +52 15
12 Norway 629 +229
13 Denmark 514 +252
14 Netherlands 503 +121 5
15 Sweden 500 +145 1
16 UK 456 +73 8
17 Belgium 314 +47 3
18 Qatar 262 +238
19 Austria 246 +64
20 Bahrain 195 +85
21 Singapore 178 +12
22 Malaysia 149 +20
23 Australia 139 +23 3
24 Hong Kong 130 +9 3
25 Canada 118 +23 1
26 Greece 99 +10
27 Israel 97 +22
28 Czechia 94 +31
29 Iceland 85 +4
30 UAE 74
31 Kuwait 72 +3
32 Iraq 71 7
33 San Marino 69 +7 2
34 Lebanon 68 +16 2
35 Egypt 67 +8 1
36 Finland 65 +25
37 India 62
38 Portugal 61 +20
39 Thailand 59 +6 1
40 Slovenia 57 +23
41 Brazil 52 +18
42 Philippines 49 +16 2
43 Taiwan 48 +1 1
44 Romania 47 +18
45 Saudi Arabia 45 +25
46 Ireland 43 +9 1
47 Vietnam 39 +5
48 Indonesia 34 +7 1
49 Poland 31 +9
50 Palestine 30 +1
51 Russia 28 +8
52 Georgia 24 +1
53 Chile 23 +6
54 Costa Rica 22 +9
55 Argentina 21 +2 1
56 Pakistan 20 +1
57 Algeria 20
58 Croatia 19 +4
59 Serbia 18 +13
60 Oman 18
61 Peru 17 +6
62 Ecuador 17
63 Estonia 16 +3
64 Albania 15 +5 1
65 Panama 14 +13 1
66 South Africa 13 +6
67 Hungary 13 +1
68 Mexico 12 +5
69 Brunei 11 +5
70 Azerbaijan 11
71 Slovakia 10 +3
72 Latvia 10 +2
73 Macao 10
74 Colombia 9 +6
75 Belarus 9
76 Maldives 8 +2
77 Afghanistan 7 +2
78 Malta 7 +2
79 Bulgaria 7 +1 1
80 Tunisia 7 +1
81 Luxembourg 7
82 North Macedonia 7
83 Bosnia and Herzegovina 7
84 Cyprus 6 +4
85 Morocco 6 +3 1
86 Paraguay 5 +3
87 Dominican Republic 5
88 New Zealand 5
89 French Guiana 5
90 Senegal 4
91 Cuba 3 +3
92 Liechtenstein 3 +2
93 Cambodia 3
94 Lithuania 3
95 Bangladesh 3
96 Martinique 3
97 Moldova 3
98 Honduras 2 +2
99 Sri Lanka 2 +1
100 Jamaica 2 +1
101 Nigeria 2
102 Bolivia 2
103 Burkina Faso 2
104 Cameroon 2
105 Channel Islands 2
106 Faeroe Islands 2
107 Saint Martin 2
108 Ivory Coast 1 +1
109 French Polynesia 1 +1
110 Réunion 1 +1
111 Andorra 1
112 Armenia 1
113 Jordan 1
114 Monaco 1
115 Nepal 1
116 Ukraine 1
117 Bhutan 1
118 DRC 1
119 Gibraltar 1
120 Vatican City 1
121 Mongolia 1
122 St. Barth 1
123 Togo 1
124 Turkey 1
  Total: 126,362 7,414 4,633

ބައިނަލް އަގްވާމީ ތަފާސް ހިސާބު ނަގާފައިވަނީ: ވޯލްޑޯ މީޓަރު ވެބްސައިޓުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !